ކ. މާލެ
|
16 ޖޫން 2020 | އަންގާރަ 22:52
ކޮވިޑް-19 އަށް ޓެސްޓް ސާމްޕަލް ނަގަނީ
ކޮވިޑް-19 އަށް ޓެސްޓް ސާމްޕަލް ނަގަނީ
ކަރެކްޝަން ސަރވިސް
ރާއްޖޭގެ ކޮވިޑްގެ ހާލަތު
ރާއްޖޭގެ ކޮވިޑުގެ ހާލަތު: މިއަދު ޕޮޒިޓިވްވީ 29 މީހުން، އެކްޓިވް ކޭސްތަކުގެ އަދަދު 414ށް
ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 2094ށް ވަނީ އަރާފައި
އެކްޓިވް ކޭސްތަކުގެ އަދަދު މި ވަގުތު އުޅެނީ 414ގައި
ފިލިޕީނޯ ރައްޔިތަކު ފުރަތަމަ ފަހަރަށް ވަނީ ޕޮޒިޓިވްވެފައި

ރާއްޖެއިން ކޮވިޑް-19ށް އިތުރު 29 މީހަކު ޕޮޒިޓިވްވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، ހޯމަ ދުވަހު ޕޮޒިޓިވްވި 29 މީހުންގެ ތެރޭގައި ހިމެނެނީ، ދިވެއްސަކާއި، ބަންގްލަދޭޝްގެ 15 މީހަކާއި ނޭޕާލްގެ 9 މީހަކާއި އިންޑިއާގެ 2 މީހެއްގެ އިތުރުން ފިލިޕީންސް މީހަކާއި ކޮން ގައުމެއްކަން ނޭންގެ އެކަކު ހިމެނެއެވެ.

ރާއްޖޭގައި ކޮވިޑް-19ށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 2094ށް އަރާފައެވެ. އެކްޓިވް ކޭސްތަކުގެ އަދަދު މި ވަގުތު އުޅެނީ 414 މީހުންނެވެ. ބަލިން ފަސޭހަވި މީހުންގެ އަދަދު 1670ށް އަރަފައިވާއިރު ކޮވިޑް ޖެހިގެން ރާއްޖެއިން މިހާތަނަށް މަރުވެފައިވަނީ 8 މީހެކެވެ.

- ކޮމެންޓް