ކ. މާލެ
|
8 އޭޕްރިލް 2017 | ހޮނިހިރު 22:54
ޗެލްސީ އަށް ކުޅެމުން އަންނަ އެންގޯލޯ ކަންޓޭ
ޗެލްސީ އަށް ކުޅެމުން އަންނަ އެންގޯލޯ ކަންޓޭ
ސްކައި ނިއުސް
އެންގޯލޯ ކަންޓޭ
އަހަރެންނަކީ ދުނިޔޭގެ އެންމެ މޮޅު މިޑްފިލްޑަރެއް ނޫން: ކަންޓޭ
ކަންޓޭ ވަނީ ލެސްޓާއާ އެކު މިދިޔަ ސީޒަނުގައި ޕްރިމިއާ ލީގު ކާމިޔާބުކޮށްފަ
ކަންޓޭ ވަނީ ޗެލްސީ އަށް ކުޅުނު 33 މެޗުގައި ދެ ލަނޑު ކާމިޔާބުކޮށްފަ

ދުނިޔޭގެ އެންމެ މޮޅު އެއް މިޑްފިލްޑަރަކީ އޭނާ ނޫން ކަމަށް ޗެލްސީ އަށް ކުޅެމުން އަންނަ އެންގޯލޯ ކަންޓޭ ބުނެފި އެވެ.

ޑެއިލީ މިރާ އަށް ދިން އިންޓަވިއުއެއްގައި ކަންޓޭ ބުނީ މިދިޔަ ސީޒަނުގައި އޭނާ ލެސްޓާ ސިޓީއާ އެކު ޕްރިމިއާ ލީގު ކާމިޔާބުކޮށްފައިވާނެ ކަމަށާއި، މި ސީޒަނުގައި ޗެލްސީއާއެކު ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލުގެ އެއްވަނައިގައި ޗެލްސީއާ އެކު އޭނާ ހުރި ކަމަށެވެ.

އެގޮތުން ކަންޓޭ ބުނީ ލެސްޓާ އަދި މިހާރު ޗެލްސީގައިވެސް އޭނާ ދައްކަމުން އަންނަ ކުޅުމަށް ސަޕޯޓަރުން ތައުރީފްކުރަމުން އަންނަ ކަމަށާއި، އެހެންނަމަވެސް އޭނާ ގަބޫލުކުރާ ގޮތުގައި އަދިވެސް ދުނިޔޭގެ އެންމެ މޮޅު އެއް ޑިފެންޑަރަށް ނުވެވޭކަމަށެވެ.

ކަންޓޭ ބުނީ ހުނަރުވެރި މިޑްފިލްޑަރުން ކަމަށްވާ މަޓިކް އަދި ފެބްރިގހާސްއާ އެކު އޭނާ ކުޅެމުން އަންނަ ކަމަށާއި، އެ ކުޅުންތެރިން ކުޅެނީ ތަފާތު ގޮތްގޮތަށް ކަމަށެވެ. އެގޮތުން އެ ކުޅުންތެރިންގެ ކުޅުން ވަރަށް ރަނގަޅަށް ދަސްކުރާ ކަމަށްވެސް ކަންޓޭ ވަނީ ބުނެފައެވެ.

ޓެކްނިކަލީ، ޑިފެންސިވްކޮށް އަދި އޮފެންސިވްކޮށް އެންމެ ފަހު ޕާސް ދިނުމަށް ދަސްކުރަންޖެހޭ ކަމަށާއި، ޝޮޓްތައް ހެދުމަށްވެސް ދަސްކުރަންޖެހޭ ކަމަށް ކަންޓޭ ބުނެފައިވާއިރު، އޭނާ ބުނީ އަބަދުވެސް މަސައްކަތްކުރަނީ ހުރި ހުނަރަކުން އެންމެ މޮޅު ކުޅުން ދެއްކުމަށް ކަމަށެވެ.

ފުޓުބޯޅައަކީ ފުރުސަތު ހޯދުމުން ކުޅެން ލިބޭނެ ކުޅިވަރެއް ކަމަށާއި، އެ ކުޅެން ލިބޭ ފުރުސަތުގައި ތަފާތު ދެއްކުމަކީ މުހިންމުކަމެއް ކަމަށް ފާހަގަކުރަމުން ކަންޓޭ ބުނީ ރަނގަޅު ސިއްހަތެއްގައި ޑިސިޕްލިންކަމާއެކު ހުރުމަކީވެސް މުހިންމު ކަމެއް ކަމަށެވެ.

ކަންޓޭ ވަނީ މި ސީޒަނުގައި ޗެލްސީ އަށް 33 މެޗު ކުޅެފައެވެ. އޭގެ ތެރެއިން ދެ މެޗެއްގައި އޭނާ ވަނީ ލަނޑު ޖަހާފައެވެ. އެގޮތުން އެއީ އެފްއޭކަޕްގައި މެންޗެސްޓާ ޔުނައިޓެޑް އަދި ޕްރިމިއާ ލީގުގައި ޔުނައިޓެޑާ ދެކޮޅަށް ކާމިޔާބުކުރި ލަނޑެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް