ކ. މާލެ
|
14 ޖޫން 2020 | އާދީއްތަ 12:05
ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި މަގާމުގެ ފަތްކޮޅު އެރުވުން
ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި މަގާމުގެ ފަތްކޮޅު އެރުވުން
ރައީސް އޮފީސް
ޕްލޭނިންގް މިނިސްޓަރ
މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ކަމުގެ މަގާމަށް އަސްލަމް
 
ހައުސިން މިނިސްޓްރީ އުވާލާފައިވަނީ މިނިސްޓަރ އާތިފާ މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން
 
ފަތްކޮޅު ހަވާލުކޮށްފައިވަނީ ހޯމަ ދުވަހުގެ ހެނދުނު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި
 
މަގާމުގެ ހުވާލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް ޑޮކްޓަރ އަޒްމިރާލްދާ ޒާހިރު

ރައީސުލްޖުމްހޫރިއްޔާ، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ކަމުގެ މަގާމަށް މުޙައްމަދު އަސްލަމް އިސްކުރައްވައި، އެމަނިކުފާނަށް މަގާމުގެ ފަތްކޮޅު ދެއްވައިފިއެވެ.

އާދިއްތަ ދުވަހުގެ ހެނދުނު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި މަގާމުގެ ހުވާލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް ޑޮކްޓަރ އަޒްމިރާލްދާ ޒާހިރެވެ.

11 ޖޫން 2020 ވަނަ ދުވަހު މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް އުވާލައްވައި، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނަން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ބަދަލުކުރައްވާފައެވެ.

މިގޮތަށް ހަމަޖެއްސެވުމާ ގުޅިގެން ކުރިން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ކުރައްވަމުން ގެންދެވި އެންމެހައި މަސައްކަތްތައް ދެން ކުރައްވަމުން ގެންދަވާނީ، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިންނެވެ. އަދި އެ މަސައްކަތްތައް ކުރެއްވުމަށްޓަކައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްގައި ތިބި މުވައްޒަފުން އާ މިނިސްޓްރީއަށް ބަދަލުކުރެއްވުމަށްވެސް ވަނީ ނިންމަވާފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ހައުސިންގ މިނިސްޓްރީ އުވާލެއްވީ މިނިސްޓަރުކަމުގެ މަޤާމުގައި ކުރިން ހުންނެވި އާތިފާ ޝަކޫރު މަޤާމުން އިސްތިއުފާ ދެއްވުމުންނެވެ. ރައީސް އޮފީހުން ބުނިގޮތުގައި އާމިނަތު ޢާޠިފާ މިނިސްޓަރ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްގެ މަގާމުން އިސްތިޢުފާ ދެއްވީ އެކަމަނާގެ ޞިއްޙީ ހާލުކޮޅު ހުރި ގޮތުން އެމަގާމުގެ ވާޖިބު އަދާކުރެއްވުމަށް ޢުޒުރުވެވަޑައިގަންނަވާތީއެވެ. އެކަމަނާގެ ޞިއްޙީ ހާލުކޮޅު ރަނގަޅުވަމުންނުދާތީ އެކަމުގެ މަޢުލޫމާތުވެސް އެކަމަނާ ރައީސް ސޯލިހާއި ހިއްސާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުނެއެވެ.

މިނިސްޓަރު އާތިފާއަކީ، ދައުލަތަށް ގިނަ ދުވަހު އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވި ބޭކަނބަލެކެވެ. ހައުސިން މިނިސްޓްރީގެ އެކި މަޤާމުތަށް ފުރުއްވާފައިވާއިރު، އެކަމަނާއަކީ އެ ދާއިރާގެ ކަންކަން އެނގިވަޑައިގެން ހުންނެވި ބޭކަނބަލެކެވެ. އަދި މިނިސްޓަރުކަމުގެ މަޤަމުގަޔާއި، ދައުލަތަށް އެތަށް އަހަރަކު ހިދުމަތްކޮށްދެއްވިއިރު، ކޮރަޕްޝަންގެ ތުހުމަތުތަކެއް އެކަމަނާއަށް ކުރެވިފައެއް ނުވެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
75%
0%
13%
0%
13%
ކޮމެންޓް
14 ޖޫން 2020 | އާދީއްތަ 13:46
ސީދާ
ހިތައް އަރަނީ މި ބަދަލާ ގުޅިގެން އަޅުގަނޑުމެންގެ ޙައްޤުތަކަށް ވާނީ ކިހިނެއް ބާއޭ ! ފުރިހަމައަށް އަދާކޮށް ދެއްވުމުގައި އެއްވެސް ކަހަލަ ހަލުވި ކަމެއް އަންނާނެ ބާއޭ ! މި ބޭފުޅާއަކީ ރައްޔިތުންނަށް ލިބިދީފައިވާ ޙައްޤުތަކަށް އެއްވެސް ވަރެއްގެ ދަހިވެތިކަމެއް ހުންނާނެ ބޭފުޅެއްބާވައޭ ! އެކި މީހުންގެ ޙައްޤުތައް އަދާ ވިޔަ ނުދީ ލަސްކުރާ މީހުންގެ ނުފޫޒުން އެއްކިބާވެ ފަރުދުންނަށް އެޙައްޤުތައް އަދާކޮށްދެއްވާނެބާއޭ !
14 ޖޫން 2020 | އާދީއްތަ 12:36
ހަހަ
މިއަދު ހޯމަ އެއް ނޫން