ކ. މާލެ
|
14 ޖޫން 2020 | އާދީއްތަ 11:39
ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު
ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު
އަވަސް
ޑރ ވަހީދަށް ބަހުގެ ހަމަލާ ދިނުން
ރައީސް ވަހީދަށް ހަޑިހުތުރު ބަހުން މުއަމަލާތް ކުރި މައްސަލަ ފުލުހުން ބަލަން ފަށައިފި
 
އެ ހާދިސާ ހިނގި އިރު އެމަނިކުފާނުގެ ބޮޑީ ގާޑުން ތިއްބެވި
 
ބަހުގެ ހަމަލާތަކެއް ދީފައިވަނީ އެމަނިކުފާނާއި އަނބިކަނބަލުން ކަސްރަތު ކުރެއްވުމަށް އުޅުއްވަނިކޮށް
 
މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށް ހަޑިހުތުރު ބަހުން މުއާމަލާތް ކުރި މައްސަލަ މޯލްޑިވިސް ޕޮލިސް ސާރވިސް އިން ބަލަން ފަށައިފިއެވެ.

މިކަމާއި ގުޅިގެން މީޑިއާތަކަށް މައުލޫމާތު ދެމުން ފުލުހުން ބުނެފައިވަނީ، ކުރީގެ ރައީސް ޑރ ވަހީދް ފަތާ ޓްރެކް ސަރަހައްދުގައި އުޅުއްވަނިކޮށް، އެމަނިކުފާނަށް ހަޑި ހުތުރު ބަހުން އެއްޗެހި ކިޔައި ފުރައްސާރަ ކުރި މައްސަލައެއް ހޯމަ ދުވަހުގެ ހެނދުނު 7:07 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާކަމަށެވެ.

މިކަން ހިއްސާކޮށް، ޑރ ވަހީދު ޓުވިޓަރ މެދުވެރިކޮށް ވިދާޅުވީ އެމަނިކުފާނުގެ އަނބިކަނބުލަންނާއި އެކު ހޯމަ ދުވަހުގެ ހެނދުނު ކަސްރަތުކުރަން އުޅުއްވަނިކޮށް އެމްޑީޕީގެ އެކްޓިވިސްޓަކު ހަމަލާދީފައިވާކަމަށެވެ. އަދި އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށް އެމަނިކުފާނު ވަނީ އުސްފަސްގަނޑު ސަރަހައްދުގައި އެވަގުތު ކަސްރަތު ކުރަން ތިއްބެވި ފަރާތްތައް އެ ނާތަހުޒީބީ އަމަލު ފެންނާނެކަމަށް ވިދާޅުވެފައެވެ.

މި މައްސަލައާއި ބެހޭ އިތުރު ތަފްސީލްކޮށް، ކުރީގެ ރައީސް ވަހީދުގެ އޮފީހުން ނެރުނު ބަޔާނެއްގައި ވާގޮތުން، މި ބަހުގެ ހަމަލާތައް ރައީސް ވަހީދާއި އެމަނިކުފާނުގެ އަނބިކަނބަލުންނަށް އަމާޒުވެފައިވަނީ، ހޯމަ ދުވަހުގެ ހެނދުނުގެ 6:30 ހާއިރުއެވެ. އެމްޑީޕީގެ އެކްޓިވިސްޓެއް ރައީސް ވަހީދާއި އަނބިކަނބަލުންނަށް ފާރަލައި، ބަހުގެ ހޫނު ހަމަލާތަކެއް ރައްދުކޮށްފައިވާއިރު، އެމަނިކުފާނުގެ ސެކިއުރީޓީއެއްގެ ގޮތުގައި ހުންނެވި އެމްއެންޑީއެފްގެ ބޮޑީގާޑުވަނީ އެ މައްސަލަ ވަގުތައް ފުލުހުންނަށް ހުށަހަޅާފައެވެ.

އެ ހާދިސާ ހިނގިއިރު، އެކްޓިވިސް ހުރީ ރައީސް ވަހީދުގެ ވަރަށް ކައިރީގައި ކަމަށާއި އަނިޔާއެއް ނުކުރާކަމަށް ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ. އަދި އެމްއެންޑީއެފްގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީން) އެ މައްސަލައިގެ ތެރެއަށް ވަދެފައިނުވާ ކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. ބަހުގެ ހަމަލާތައް ރައީސް ވަހީދުގެ އޮފީހުން ކުށްވެރިކޮށް ވަނީ އެއީ އިޖްތިމާއި މިންގަނޑާއި ހިލާފު ދަށު ދަރަޖައިގެ އަމަލެއްކަން ފާހަގަކޮށްފައެވެ.

ޑރ. ވަހީދަކީ އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ރައީސް މުހައްމަދު ނަޝީދުގެ ނައިބެވެ. އަދި 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހު ރައީސް ނަޝީދުގެ ވެރިކަން ވައްޓާލުމަށްފަހު، ވެރިކަމާއި ހަވާލުވެވަޑައިގެން، ދައުރުން ބޭރުންވެސް ހަފްތާއެއްހާ ދުވަހު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަން އެމަނިކުފާނު ވަނީ ކުރައްވާފައެވެ. ޑރ. ވަހީދުގެ ވެރިކަމުގެ ފުރަތަމަ ދުވަހު، ފެބްރުއަރީ 8 ވަނަ ދުވަހު އަވަސް އިންތިޚާބަކަށް ގޮވާލައި މާލޭގެ މަގުތަކަށް ނިކުތް އެތައް ހާސް ބަޔަކަށް ފުލުހުން ވަނީ ބޮޑެތި އަނިޔާތަކެއްވެސް ދީފައެވެ.

މި މައްސަލައިގައި ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
12%
82%
0%
0%
6%
0%
ކޮމެންޓް
15 ޖޫން 2020 | ހޯމަ 14:50
ބާޢީ ވާނީ ހަމަ ބާޢީ އަށް.
14 ޖޫން 2020 | އާދީއްތަ 18:20
ކަޅުކާޅު
ރަނގަޅުތާ. ވެރިކަމަށް އެރުނުގޮތަކަށް އަރާ، 3 ދުވަހު ވެރިކަމުގަ ހުރެވުނަސް ސަރުކާރަށް ބަލަދުއަރާ، ޓެކްސް ޕޭޔާރސްގެ ލާރިން ޚަރަދުކުރަން ޖެހޭވިއްޔާ.
14 ޖޫން 2020 | އާދީއްތަ 15:43
1828
ވެރިކަން ވައްޓަލީ ތޯ ނުވަތަ އަމިއްލަ ފުޅަށް ނަޝީދު އިސްތިއުފާ ދއއްވީ ތޯ؟ އޮޅުވާ ނުލައްވާ.
14 ޖޫން 2020 | އާދީއްތަ 15:28
‘ޜައީސް’ ވަހީދަށް އަނގަބަހުން ހަމަލަ ދިނީއޭތޯ. އަނގަ ބަހުންނާ މަންމަންބަހުން ‘ރައީސް’ ވަހީދަށް ހަމަދިނުމަކީ ވަރަށްބޮޑުކުށެއް. ކީއްވެބާ އަނގަބަހުން ދިފާއުވެ ވަޑައިނުގަތީ. މީހަކުއެހާނުރައްކާތެރި ހަމަލަ ތަކެއް ދިނުމުން ދައުވާކޮށް އޭނައަށް ބޮޑުއަދަބުދޭންޖެހޭ.