ކ. މާލެ
|
14 ޖޫން 2020 | އާދީއްތަ 08:37
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ރާއްޖެއެމްވީ
ބީއެމްއެލް ކާޑުގެ މައުލޫމާތުތައް
އެއްވެސް ކާޑެއްގެ މައުލޫމާތެއް ބޭންކުން ލީކެއް ނުވޭ: ބީއެމްއެލް
 
މިހާރު މިކާޑުތައް ޑީއެކްޓިވޭޓް ކޮށް އެކަސްޓަމަރުންނަށް އައު ކާޑުތައް މިހާރު ދަނީ ދޫކުރަމުން
 
ބީއެމްއެލްގެ ކާޑު ޕާޓްނަރުންގެ ތެރެއިން ބޮޑު ވިޔަފާރިއަކުން ކާޑުތަކެއްގެ މައުލޫމާތު ލީކްވެފައިވާކަން އަންގާފައިވޭ
 
ބީއެމްއެލްއިން ދޫކޮށްފައިވާ އެބޭންކުގެ 350 ކާޑަކަށް ވަނީ އަސަރުކޮށްފައި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އެއްވެސް ކާޑެއްގެ މައުލޫމާތެއް އެބޭންކުން ލީކު ނުވާކަމަށް ބީއެމްއެލްއިން ބުނެފި އެވެ.

ބީއެމްއެލްގެ ކާޑުގެ މައުލޫމާތުތަކެއް ޑާކް ވެބްގައި ލީކުވެފައިވާކަމަށް ބުނެ ބައެއް ކަސްޓަމަރުން ވަނީ ސޯޝަލް މީޑިޔާގައި އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެކަމާއި ގުޅިގެން ބީއެމްއެލް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބޭންކުތެރެއިން ކާޑުގެ އެއްވެސް މައުލޫމާތެއް ލީކްނުވި ނަމަވެސް، ފިހަރަތަކާއި އޮންލައިން މާޗެންޓުން އަތުން ކާޑުގެ މައުލޫމާތު ލީކްވެދާނެ ކަމަށެވެ.

އެގޮތުން މިދިޔަ ބުރާސްފަތި ދުވަހު ބީއެމްއެލްގެ ކާޑު ޕާޓްނަރުންގެ ތެރެއިން ބޮޑު ވިޔަފާރިއަކުން ކާޑުތަކެއްގެ މައުލޫމާތު ލީކްވެފައިވާކަން ބޭންކަށް އަންގާފައި ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ. މިކަމުގެ ސަބަބުން ބީއެމްއެލްއިން ދޫކޮށްފައިވާ އެބޭންކުގެ 350 ކާޑަށް އަސަރު ކޮށްފައިވާކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ. އަދި މިފަދަ ކަންކަމުގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބޭ އެތައް މިލިއަން މީހުންނަށް މިކަމުގެ އަސަރުކުރާނެ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

މިކަމާއި ގުޅިގެން މިހާރު މިކާޑުތައް ޑީއެކްޓިވޭޓް ކޮށްފައިވާ ކަމަށާއި އެކަސްޓަމަރުންނަށް އައު ކާޑުތައް މިހާރު ދޫކުރަމުންދާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އަދި ވިޔަފާރިތަކުން މައުލޫމާތު ލީކުވެ ދިމާވާ މިކަހަލަ ކަންކަމުގައި އެއްވެސް ކަސްޓަމަރަކަށް މާލީ ގޮތުން ގެއްލުމެއް ނުވާނެ ކަމަށްވެސް ބީއެމްއެލްގެ ބަޔާނުގައި ބުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް