ކ. މާލެ
|
14 ޖޫން 2020 | އާދީއްތަ 09:01
މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްގެ މާލެ ޖަލު
މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްގެ މާލެ ޖަލު
ރާއްޖެއެމްވީ
ޖަލަށް މަސްތުވާތަކެތި އެތެރެކުރުން
ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އޮފިސަރަކު ހައްޔަރުކޮށްފި
 
ޖަލަށް ފޯންވެއްދުން ހުއްޓުވުމުގެ މަސައްކަތް ދަނީ ކުރެވެމުން
 
އޮފިސަރު ހުރީ ފުލުހުންގެ ބެލުމުގެދަށުގައި

ޖަލަކަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އޮފިސަރަކު ހައްޔަރުކޮށްފައިވާކަމަށް ކޮނިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ފުޅު ވިދާޅުވެއްޖެ އެވެ.

ހޮނިހިރު ދުވަހުގެރޭ ރާއްޖެ ޓީވީ "ފަލަސުރުޚީ" ގައި ވާހަކަދައްކަވަމުން އަހަމަދު މުހައްމަދުފުޅު ވިދާޅުވީ މި މައްސަލައިގެ ތަހުޤީގު ކުރިއަށްދާ ކަމަށާއި އޮފިސަރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށެވެ. އަދި އެ އޮފިސަރާއިމެދު އަޅަންޖެހޭ އިދާރީ ފިޔަވަޅު އެޅުމަށްޓަކައި ސްޕްރީމް ކޯޓުން އެމައްސަލަ ބަލަމުންދާ ކަމަށެވެ.

އަހުމަދުފުޅު ވިދާޅުވީ އެ މައްސަލަ ޑިސިޕްލިން ބޯޑުން ނިންމާ ގޮތެއްގެ މަތިން އެ މައްސަލައާއި މެދު ފިޔަވަޅު އަޅަމުންގެންދާނެ ކަމަށެވެ. ޖަލަށް ތަފާތު ގޮތްތަކަށް އެއްޗިހި ވެއްދުމަކީ ޒަމާނުއްސުރެ ހިނގަމުންދާ ކަމެއްކަން ފާހަގަ ކުރައްވާ އޭނާ ވިދާޅުވީ އެ މައްސަލަ ހައްލުކުރުމަށްޓަކައި އެކި މަރުހަލާގައި މަސައްކަތް ކުރެވެމުންދާ ކަމަށެވެ. އަދި އޭނާ މަޤާމާއި ހަވާލުވި ހިސާބުންފެށިގެން ވަރަށް މުހިއްމު ތިން ކަމެއް ކުރައްވަމުންގެންދަވާ ކަމަށް ވިދާޅުވިއެވެ.

އެގޮތުން އެކަންކަމާއި ގުޅިވައިގެން ޖަލުތަކުގައި ވަރަށް ޚާއްސަ އޮޕަރެޝަންތަކެއް ހިންގަމުންދާ ކަމަށާއި އެ އޮޕަރޭޝަން ތަކުން އަތުލައިގަންނަ ތަކެއްޗަކީ ކޮބައިކަން ކޮންމެ މަހަކު އެއްފަހަރު ހާމަކުރަމުންދާ ކަމަށެވެ.

ހޯމް މިނިސްޓަރ އިމްރާން އަބްދުﷲގެ އިސްނެންގެވުމުގެ ދަށުން ޖަލުތަކަށް ވަންނަ ފޯންތައް މޮނިޓަރ ކުރެވޭނެ ގޮތްތަކާއި ޖަލުގައި ފޯނު ބޭނުން ނުކުރެވޭނެ ގޮތް ހެދުމަށްޓަކައި ޚާއްސަ މަޝްވަރާތަކެއް ފުލުހުންނާއި، ޓެލެކޮމިއުނިކޭޝަން އޮތޯރިޓީ އާއި، މޯލްޑިވްސް ކަރެކްޝަނަލް ސާރވިސް އަދި މިނިސްޓްރީ އޮފް ހޯމް އެފެއަރޒް ގުޅިގެން ކުރެވެމުންދާ ކަމަށް އަހުމަދު ފުޅު ވިދާޅުވިއެވެ. އަދި މިކަމުގެ އަމަލީ މަސައްކަތް ކައިރި މުސްތަޤްބަލެއްގައި ފެށޭނޭ ކަމަށާއި މި މަސައްކަތް ކާމިޔާބު ކުރެވިއްޖެނަމަ ޖަލުގެ ތެރޭގައި ކުރެވޭ މުއާމަލާތްތައް މުޅިން ހުއްޓުމަކަށް ގެނެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
25%
54%
2%
13%
4%
2%
ކޮމެންޓް
15 ޖޫން 2020 | ހޯމަ 08:51
ބޮންދު
ހޮނިހިރު ދުވަހުގެރޭ ރާއްޖެ ޓީވީ "ފަލަސުރުޚީ" ގައި ވާހަކަދައްކަވަމުން އަހަމަދު މުހައްމަދުފުޅު ވިދާޅުވީ މި މައްސަލައިގެ ތަހުޤީގު ކުރިއަށްދާ ކަމަށާއި އޮފިސަރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށެވެ. އަދި އެ އޮފިސަރާއިމެދު އަޅަންޖެހޭ އިދާރީ ފިޔަވަޅު އެޅުމަށްޓަކައި ސްޕްރީމް ކޯޓުން އެމައްސަލަ ބަލަމުންދާ ކަމަށެވެ. ސްޕްރީމް ކޯޓުންތަ ޖަލު އޮފިސަރުންނަށް އިދާރީ ފިޔަވަޅު އަޅަނީ
15 ޖޫން 2020 | ހޯމަ 05:36
ދިވެ ހި
އަ ހަރެން ހިތާމަ ކުރަން މިގައުމު މި އޮތް ހާލުން
14 ޖޫން 2020 | އާދީއްތަ 18:11
މުހައާ
ތިއެގެނީ ކޮންބައެއްކަން ޖަލަށް މަސްތުވާ ތަކެއްޗާއި، ފޯނު ފަދަތަކެތި ވައްދަނީ. ކިހިނެއް ތިކަން ހުއްޓުވާނީ. ތީހުއްޓުވަން ތިބި މީހުންނަކީ.
14 ޖޫން 2020 | އާދީއްތަ 12:32
ޢެމްސީ ޕޮލިސް
ތިކަމެއް ނުބެލޭނެ އްޑޕީ އއކްޓިވިސްޓް އިބް ތިޔަކަންކުރަންީ