ކ. މާލެ
|
13 ޖޫން 2020 | ހޮނިހިރު 17:52
ވިއްސާރަ ދުވަހެއް ދައްކުވައިދޭ ފޮޓޯއެއް
ވިއްސާރަ ދުވަހެއް ދައްކުވައިދޭ ފޮޓޯއެއް
ޔޫސުފް ސޮފްވާން ރަޝީދު
މޫސުން ގޯސްވުން
ރާއްޖޭގެ ބޮޑު ބަޔަކަށް ޔެލޯ އެލާރޓް ނެރެފި
 
ޔެލޯ އެލަރޓް ނެރެފައިވަނީ ހޮނިހިރު ދުވަހުގެ ހަވީރު 5:30 އިން ރޭގަނޑު 8:30 އަށް
 
ޔެލޯ އެލާރޓް ނެރެފައިވަނީ ހއ. އިން ތ. އަތޮޅާއި ދެމެދުގެ ރަށްތަކަށް

މޫސުން ގޯސްވުމުގެ ސަބަބުން ރާއްޖޭގެ ބޮޑު ބަޔަކަށް ޔެލޯ އެލަރޓް ނެރެފިއެވެ.

މެޓް އޮފީހުން ޔެލޯ އެލާރޓް ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ. ޔެލޯ އެލަރޓް ނެރެފައިވަނީ ހޮނިހިރު ދުވަހުގެ ހަވީރު 5:30ން ރޭގަނޑު 8:30 އަށެވެ.

މެޓް އޮފީހުން ބުނީ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅުގެ ރަށްތަކަށް ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށާއި އަދި ވިލާގަނޑުގައި ގަޑިއަކު 55 މޭކަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށެވެ. ވައި ގަދަވެ ކަނޑު ދަގަވާނެކަމަށް ލަފާކުރެވޭތީ އާއްމުކޮށް ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަމަން ހަލީމް
0%
100%
0%
0%
0%
0%
ކޮމެންޓް