ކ. މާލެ
|
13 ޖޫން 2020 | ހޮނިހިރު 16:29
ފުވައްމުލަކު ސިޓީ ފްލެޓްތައް، 140 ފެލެޓެއް ދޫކޮށްފައި ވެސް ވޭ
ފުވައްމުލަކު ސިޓީ ފްލެޓްތައް، 140 ފެލެޓެއް ދޫކޮށްފައި ވެސް ވޭ
ސޯޝަލް މީޑިއާ
ފުވައްމުލައް ސިޓީން ފުލެޓް ދޫކުރުން
ފުވައްމުލަކު އިމާރާތްކޮށްފައިވާ ފްލެޓްގެ ތެރެއިން، ފްލެޓް ލިބުނު މީހުންގެ ދާއިމީ ލިސްޓް އާންމުކޮށްފި
 
ފުވައްމުލަކުގައި އިތުރު 800 ހައުސިން ޔުނިޓް އަޅުމަށް ވަނީ ނިންމާފައި
 
ގުރުއަތު ނެގުން އޮތީ ޏ.އަތޮޅު ތައުލީމީ މަރުކަޒުގެ ހޯލުގައި
 
14 ޖޫން ވާ އާދީއްތަ ދުވަހު ހަވީރު 04:00 ގައި ގުރުއަތުން ނެގުން އޮންނާނެ

ސަރުކާރުގެ "ގެދޮރުވެރިކުރުން" ޕްރޮގްރާމްގެ ދަށުން، ފުވައްމުލަކު ސިޓީގައި އިމާރާތްކޮށްފައިވާ 200 ފްލެޓްގެ ތެރެއިން، ފްލެޓް ލިބުނު މީހުންގެ ދާއިމީ ލިސްޓް އާންމުކޮށްފިއެވެ.

ފުވައްމުލަކު ސިޓީ ކައުންސިލުން ބުނީ ފްލެޓްތަކަށް އެދި ފޯމް ހުށަހަޅާފައިވާ މީހުންގެ ތެރެއިން، ޝަރުތު ހަމަވެ ކެޓަގަރީ "އޭ" އާއި ކެޓަގަރީ "ބީ" އިން ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓް އިއުލާން ކޮށްފައިވާ ކަމަށެވެ. އަދި މި ލިސްޓް ކައުންސިލްގެ ވެބްސައިޓް، ފޭސްބުކް ޕޭޖް އަދި ނޯޓިސް ބޯޑުގައި ބެހެއްޓިފައި ހުންނާނެ ކަމަށެވެ.

ފްލެޓް ގުރުއަތުލުން 14 ޖޫން 2020 ވާ އާދީއްތަ ދުވަހު ހަވީރު 04:00 ގައި ޏ. އަތޮޅު ތައުލީމީ މަރުކަޒުގެ ހޯލުގައި އޮންނާނެ ކަމަށް ކައުންސިލުން ބުނެއެވެ. އަދި ފްލެޓް ލިބުނު މީހުން ގުރުއަތުލުމުގައި ބައިވެރިވުމަށް ވެސް ކައުންސިލުން ވަނީ އެދިފައެވެ.

މީގެ އިތުރުން ފްލެޓް ލިބޭ މީހާގެ ބަދަލުގައި އެހެން މީހަކު ގުރުއަތުލުމުގައި ބައިވެރިވާނަމަ ފްލެޓް ލިބޭ މީހާގެ ސިޓީއަކާއި އައިޑީ ކާޑް ގެނައުމަށް ވެސް ކައުންސިލުން އެދިފައިވެއެވެ.

ސަރުކާރުގެ ''ގެދޮރުވެރިކުރުން'' ޕްރޮގްރާމްގެ ދަށުން، ފުވައްމުލަކުގައި ޢިމާރާތްކޮށްފައިވާ 200 ފްލެޓްގެ ތެރެއިން، 2019 ވަނަ އަހަރު 140 ފްލެޓް ވަނީ ދޫކޮށްފައެވެ. އަދި ރައީސް ސޯލިހު ސަރުކާރުގެ ބޯހިޔާވަކަމުގެ ޕްރޮގްރާމްގެ ދަށުން ފުވައްމުލަކުގައި އިތުރު 800 ހައުސިން ޔުނިޓް އަޅަން ވެސް ވަނީ ނިންމައިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
100%
0%
0%
0%
0%
ކޮމެންޓް