ކ. މާލެ
|
13 ޖޫން 2020 | ހޮނިހިރު 17:04
ަބަންގްލަދޭޝްގެ އަސްކަރީ މަތިންދާބޯޓެއްގައި ގެނައި ދިވެހިންތަކެއް: ނޭޕާލުން ގެނައި 18 ކުއްޖަކު ހިމެނޭ
ަބަންގްލަދޭޝްގެ އަސްކަރީ މަތިންދާބޯޓެއްގައި ގެނައި ދިވެހިންތަކެއް: ނޭޕާލުން ގެނައި 18 ކުއްޖަކު ހިމެނޭ
ފޮރިން މިނިސްޓްރީ
ނޭޕާލުގައި ތާށިވެފައި ތިބި ދިވެހިން
ނޭޕާލުން އަންނަން ބޭނުންވެފައި ތިބި ދިވެހިންނަށް ފްލައިޓުތަކެއް ހަމަޖެހިއްޖެ
 
ނޭޕާލުން އަންނަން ބޭނުންވެފައި ތިބި 8 ދިވެއްސަކު އެބަތިބި: ފޮރިން މިނިސްޓްރީ
 
ފްލައިޓުތައް އަންނަން ހަމަޖެހިފައިވަނީ ޖޫން މަހުގެ 15 އަދި 16 ވަނަ ދުވަހު
 
އެ ފްލައިޓުތަކަކީ ރާއްޖޭގައި ތިބި ނޭޕާލް ރައްޔިތުން އަނބުރާ ގެންދިއުމަށް ބާއްވާ ދެ ފްލައިޓް

ނޭޕާލުން ރާއްޖެއަށް އަންނަ ފްލައިޓްތަކުގައި ރާއްޖެ އަންނަން ބޭނުންވާ ދިވެހިންނަށް އެ ފުރުސަތު އެބައޮތް ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދީފިއެވެ.

މި ފްލައިޓުތައް އަންނަން ހަމަޖެހިފައިވަނީ ޖޫން މަހުގެ 15 އަދި 16 ވަނަ ދުވަހެވެ. މިއީ ގައުމަށް ނުދެވި ރާއްޖޭގައި ތާށިވެފައި ތިބި ނޭޕާލްގެ ރައްޔިތުން އަނބުރާ ގައުމަށް ގެންދިއުމަށް ބާއްވާ ފްލައިޓުތަކެކެވެ.

ފޮރިން މިނިސްޓްރީން މައުލޫމާތު ދީފައިވާ ގޮތުގައި، މި ފްލައިޓުތަކުން އަންނަން ބޭނުންވާ ފަރާތްތަކަށް ރާއްޖެ އައުމަށް ބޭނުންވާ ހުއްދަ ދިނުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ. މި ވަގުތު ރާއްޖެ އަންނަން 8 މީހަކު އެދިފައިވާކަން ފާހަގަކޮށް، ފޮރިން މިނިސްޓްރީން ވަނީ، ނޭޕާލުން ރާއްޖެ އަންނަން ބޭނުންވާ އިތުރު ދިވެހިން ތިބިނަމަ، ޕާކިސްތާނުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނަށް އެންގުމަށް އެދިފައެވެ.

ކޮވިޑުގެ ހާލަތާއި ގުޅިގެން ބޯޑަރުތައް ބަންދުކުރުމާއި ގުޅިގެން ނޭޕާލުގައި ތާށިވެފައި ތިިބި ދިވެހިންތަކެއް އެންމެ ފަހުން ރާއްޖެ ގެނައީ އޭޕްރިލް މަހުގެ ތެރޭގައެވެ. ބަންގްލަދޭޝްގެ އަސްކަރީ މަތިންދާބޯޓެއްގައި ރާއްޖެއަށް އެފަހަރު ގެނެސްފައިވަނީ 18 ދިވެހިންނެވެ. އޭގެ ތެރޭގައި ގިނައީ ނޭޕާލުގައި ތިބި ކިޔަވާ ކުދިންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އިސްމާޢީލް ޝާހް
0%
0%
0%
0%
100%
0%
ކޮމެންޓް