ކ. މާލެ
|
13 ޖޫން 2020 | ހޮނިހިރު 15:10
ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު
ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު
ރައްޔިތުންގެ މަޖިލިސް
ކޮވިޑް-19: އައްޑޫގައި ޓެސްޓްކުރެވޭނެ ގޮތް ހަދަނީ
މިއަދު ނޫނީ މާދަމާ އައްޑޫއަށް ޓެސްޓްކުރެވޭނެ މެޝިނާއެކު ވަސީލަތްތައް ދާނެ: ނިހާދު
 
އައްޑޫގައި ވަރަށް އަވަހަށް ކޮވިޑް-19އަށް ޓެސްޓު ކުރުމުގެ ހިދްމަތް ލިބޭނެ
 
މިއަދު ނޫނީ މާދަމާ މެޝިނާއެކު ގުޅުންހުރި ސާމާނުތައް އައްޑޫއަށް ފޯރާނެ

ކޮވިޑް-19 ރޯގާއަށް ޓެސްޓް ކުރެވޭނެ މެޝިނާއެކު، ގުޅުންހުރި ސާމާނުތައް ހޮނިހިރު ދުވަހު ނޫނީ އާދިއްތަ ދުވަހު އައްޑޫ ސިޓީއަށް ގެނދެވޭނެ ކަމަށް، އައްޑޫ ސިޓީ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެ އެވެ.

ހޮނިހިރު ދުވަހު ނިހާދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، އައްޑޫ ސިޓީގައި ކޮވިޑް-19ށް ޓެސްޓްކުރުމުގެ އިންތިޒާމް ވަރަށް އަވަހަށް ހަމަޖެހިގެންދާނެ ކަމަށެވެ. އަދި އައްޑޫ ސިޓީން ކޮވިޑް-19ށް ޕޮޒިޓިވްވި ކޭސްއެއް ފެނުމާއެކު ކޮވިޑް-19ށް ޓެސްޓްކުރެވޭނެ މެޝިނާއެކު އެއާގުޅޭ ސާމާނު ފޮނުވުމުގެ މަސައްކަތް ފެށިފައިވާ ކަމަށް ވެސް ނިހާދު ވިދާޅުވެފައި ވެއެވެ.

މީގެއިތުރުން ނިހާދު ވިދާޅުވެފައިވަނީ، މިއަދު (ހޮނިހިރު) ނޫނީ މާދަމާ (އާދިއްތަ) އައްޑޫ ސިޓީއާ ހަމައަށް އެތަކެތި ދާނެ ކަމަށެވެ. އަދި މިއީ އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީގެ ރައްޔިތުންގެ ރައްޔިތުންނަށް އުފާވެރި ޚަބަރަކަށް ވާނެ ކަމަށްވެސް ނިހާދު ވިދާޅުވި އެވެ.

އައްޑޫ ސިޓީން 65 އަހަރުގެ މީހަކު ކޮވިޑް-19ށް ޕޮޒިޓިވް ވެފައިވަނީ ހުކުރު ދުވަހު އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފައިވާ ގޮތުގައި އެ އަންހެން މީހާއަކީ މާލެއިން އައްޑުއަށް ދިޔުމަށްޓަކައި ޓްރާންސިޓް ކަރަންޓީން ފެސިލިޓީގައި ހުރި މީހެކެވެ. އަދި އެ މީހާ ކަރަންޓީންގައި ހުރީ މާމަ ދަރިފުޅާ އެއް ކޮޓަރިއެއްގައި ކަމަށާއި، ނަމަވެސް އެ ކުއްޖާ ކޮވިޑް-19ށް ނެގެޓިވްވެފަައިވާކަމަށް އެޗްޕީއޭއިން ބުންޏެވެ. އެޗްޕީއޭއިން ބުނީ އެ މީހާގެ ހާލު ރަނގަޅު ކަމަށެވެ.

މާލެ ސިޓީގެ ލޮކްޑައުންއަށް ފަހު، އެނބުރި ރަށްރަށަށް ދާ މީހުން ރަށަށް ދިއުމަށްފަހު ގޭގައި ކަރަންޓީން ކުރެވޭގޮތަށް ހަމަޖެހިފައިވާ ކަމަށް އެޗްޕީއޭއިން ވަނީ ހާމަކޮށްފައެވެ. މި އުސޫލުގައި ބުނެފައިވަނީ މާލޭގައި ލޮކްޑައުންވެފައިވާ ފަރާތްތައް އެނބުރި ރަށަށް ދިއުމަށްފަހު، 24 ދުވަހު ގޭގައި ނުވަތަ ކަރަންޓީން ފެސިލިޓީއެއްގައި ކަރަންޓީނު ވާންޖެހެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް