ކ. މާލެ
|
12 ޖޫން 2020 | ހުކުރު 09:40
ކޮވިޑް-19އާއި ގުޅިގެން މާލެސިޓީގެ މިސްކިތްތައް ބަންދުކޮށްފައި
ކޮވިޑް-19އާއި ގުޅިގެން މާލެސިޓީގެ މިސްކިތްތައް ބަންދުކޮށްފައި
ރާއްޖެއެމްވީ
ފިޔަވަޅުތަކަށް ލުއިތަކެއް ދިނުން
އަންނަ މަހު މިސްކިތްތަކާއި ސްކޫލްތައް ހުޅުވާލަނީ
 
ޖުލައި މަހު ޓީމް ކުޅިވަރު ހަރަކާތްތައް ބޭއްވުމުގެ އިންތިޒާމް ހަމަޖެހިގެންދާނެ
 
މާލެ ލޮކްޑައުން ކުރެވުނީ އޭޕްރިލް މަހުގެ 15 ވަނަ ދުވަހު

އަންނަ ޖުލައި މަހުން ފެށިގެން މާލޭގެ މިސްކިތްތަކާއި ސްކޫލްތަކާއި ކޮލެޖުގެ އިތުރުން، އޮފީސްތައް ހުޅުވާލުމަށް ނިންމައިފިއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ)ން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަަށް ދޭ ލުއިތަކާއި ގުޅިގެން މައުލޫމާތު ދެއްވަމުން ހެލްތު މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު އާމިނަތު ޝައިނާ އަބްދުﷲ ވިދާޅުވީ އެތަންތަން ހުޅުވުވާލުމުގެ ތައްޔަރީތައް މިހާރު ވަމުންދާ ކަމަށެވެ. އެގޮތުން ކަމާގުޅުން ހުރި މިނިސްޓްރީތަކުން ދަނީ އެޗްޕީއޭ އިން ކަނޑައަޅާފައިވާ ގައިޑްލައިންތަކާ އެއްގޮތަށް މި ތަންތަން ހުޅުވާލުމުގެ ތައްޔާރީތައް ވަމުން ކަމަށެވެ.

މާލެ ސަރަހައްދުން ކޮވިޑް-19 ގެ ކޭސްތަކެއް ފެނުމާއި ގުޅިގެން މާލެ ލޮކްޑައުން ކުރެވުނީ އޭޕްރިލް މަހުގެ 15 ވަނަ ދުވަހުއެވެ. އެއާއި އެކު، ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލާ، ސްކޫލްތަކާއި ކޮލެޖުތައް ބަންދުކޮށް، ސަރުކާރު އޮފީސްތައް ބަންދުކުރެވުނެވެ.

މީގެ އިތުރުން ޝައިނާ ވިދާޅުވީ ޖުލައި މަހުގެ 15 ވަނަ ދުވަހުން ފެށިގެން 10 މީހުންނަށް ވުރެން ގިނަ ނުވާނެ ގޮތައް އެއްވެ އުޅެވޭނެ ކަމަށެވެ. އެގޮތުން، ޖުލައި މަހު ޓީމް ކުޅިވަރު ހަރަކާތްތައް ބޭއްވުމުގެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށާއި ރެސްޓޯރެންޓް ކެފޭގެ ޚިދުމަތްތައް އެތަނުގައި ތިބެގެން ހޯދޭނެ ކަމަށެވެ.

ކްލޯސް ކޮންޓްކްޓްގައި ވާ ކުޅިވަރު ޓީމް ހަރަކާތްތައް ވެސް ޖުލައި މަހުގައި ސްޕޯޓްސް މިނިސްޓްރީ އާއި ވާހަކަ ދައްކާފައި ކަނޑައެޅޭ އުސޫލެއްގެ ދަށުން ހުޅުވާލެވޭނެ އިންތިޒާމެއް ގާއިމް ކުރެވޭނެ. ޖިމްތަކާއި ރެސްޓްޓޯރެންޓްތައް އަދި ކެފޭތަކުގައި ތިބެގެން ހިދުމަތް ހޯދަ އުސޫލު އަދި ސެލޫން ބޯކޮށާތަންތަން ސްޕާ ފަދަ ތަންތަން ވެސް ޖުލައި މަހު ހުޅުވޭނެ އިންތިޒާމްތައް އަޅުގަނޑުމެން ގާއިމް ކުރެވޭތޯ މަސައްކަތް ކުރަނީ
ހެލްތު މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު އާމިނަތު ޝައިނާ އަބްދުﷲ

ޖޫން މަހުގެ 15 ވަނަ ދުވަހުން ފެށިގެން ރެސްޓޯރެންޓް ކެފޭ ތަކުން ޑެލިވަރީގެ އިތުރުން ޓޭކްއަވޭ ކުރެވޭނެ ކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
0%
50%
0%
50%
0%
0%
ކޮމެންޓް