ކ. މާލެ
|
11 ޖޫން 2020 | ބުރާސްފަތި 22:33
ރަށްރަށަށް ފުރާ މީހުންގެ އެންޓިބޮޑީ ޓެސްޓު ހެދުމުގައި އެޗްޕީއޭގެ އޮފިޝަލުން ހަރަކާތްތެރިވަނީ
ރަށްރަށަށް ފުރާ މީހުންގެ އެންޓިބޮޑީ ޓެސްޓު ހެދުމުގައި އެޗްޕީއޭގެ އޮފިޝަލުން ހަރަކާތްތެރިވަނީ
ރާއްޖެއެމްވީ
ރާއްޖޭގެ ކޮވިޑް-19 ގެ ހާލަތު
ރާއްޖޭގެ ކޮވިޑުގެ ހާލަތު: އިތުރު 14 މީހަކު ޕޮޒިޓިވް، ބަލިން ފަސޭހަވީ 32 މީހަކު
ޕޮޒިޓިވްވި ކޭސްތަކުގެ އަދަދު ވަނީ 1976ށް ވަނީ އަރާފައި
އެކްޓިވް ކޭސްތަކުގެ އަދަދު އުޅެނީ 813 ގައި
ލޮކްޑައުން އަކަށް ލުއިތަކެއް ދޭން ވަނީ ފަށާފައި

ރާއްޖެއިން ކޮވިޑް-19 އަށް އިތުރު 14 މީހަކު ޕޮޒިޓިވްވެ، 32 މީހަކު ބަލިން ފަސޭހަވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާއްމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ޕޮޒިޓިވްވި 14 މީހުންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 8 މީހުންނާއި، 5 ދިވެހިންގެ އިތުރުން ލަންކާގެ މީހެކެވެ. އެއާއިއެކު ރާއްޖެއިން މިހާތަނަށް ފެނުނު ޕޮޒިޓިވް ކޭސްތަކުގެ އަދަދު ވަނީ 1976ށް އަރާފައެވެ.

އޭގެ އިތުރުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 32 މީހެއްގެ ބަލި ވަނީ ފަސޭހަވުމާއިއެކު، ރާއްޖެއިން ރިކަވަރވި މީހުންގެ ޖުމްލަ އަދަދު ވަނީ 1153ށް އަރާފައެވެ. އަދި އެކްޓިވް ކޭސްތަކުގެ އަދަދު އުޅެނީ 813ށް ދަށަށް ޖެހިލާފައެވެ.

- ކޮމެންޓް