ކ. މާލެ
|
11 ޖޫން 2020 | ބުރާސްފަތި 21:50
ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރް، އަރިހުގައި ހެލްތް މިނިސްޓަރު
ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރް، އަރިހުގައި ހެލްތް މިނިސްޓަރު
ހެލްތު މިނިސްޓްރީ
ލޮކްޑައުން އަށް ލުއިތަކެއް ދިނުން
ލުއިތަކާއިއެކު ލޮކްޑައުންގެ މުއްދަތު ތިން ދުވަހަށް އިތުރުކޮށްފި
 
ބޭރަށް ނިކުމެ އުޅޭވޭނީ ހުއްދަ ލިބިގެން
 
މާލެ އެންމެ ފުރަތަމަ ލޮކްޑައުން ކޮށްފައިވަނީ އޭޕްރީލް މަހުގެ 15 ވަނަ ދުވަހު
 
ޖޫން މަހުގެ 14 ވަނަ ދުވަހާ ހަމަޔަށް ލުއިތައް ދޭން ވަނީ ނިންމާފައި

ކޮވިޑް-19އިން ރައްކާތެރިވުމުގެ ގޮތުން ގްރޭޓަރ މާލެ ސަރަހައްދުގައި އިއުލާންކޮށްފައިވާ ލޮކްޑައުންއަށް ލުއިތަކެއް ދޭން ނިންމައި, އިތުރު ތިން ދުވަހަކަށް މާލެ ލޮކްޑައުން ކޮށްފިއެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ، ބުރާސްފަތި ދުވަހު ނެރުއްވާފައިވާ ބަޔާނެއްގައި ވިދާޅުވީ، މާލެ ސަރަހައްދުގައި އިއުލާންކޮށްފައިވާ ލޮކްޑައުންގެ ސަބަބުން ބަލި ފެތުރޭ ހާލަތަށް އައިސްފައިވާ ބަދަލުތަކަށް ބަލައި މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން އިތުރު ލުއިތަކެއް ދިނުމަށް ރާވާފައިވުމާއި އެކު ޖޫން މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ފިޔަވަޅުތައް އަޅަން ނިންމާފައިވާ ކަމަށެވެ.

ދޭން ނިންމާފައިވާ ލުއިތަކުގެ ތެރޭގައި ހިމެނެނީ،ޒަރޫރީ ބޭނުންތަކަށް ބޭރަށް ނުކުތުމަށް ދޫކުރެވޭ ހުއްދަތައް ދިނުން އިތުރުކުރުމާއި، އުމުރުން 60 އަހަރުން މަތީގެ ފަރާތްތަކަށް (އެހީތެރިޔަކު ބޭނުންވާނަމަ އެ މީހަކާއެކު) ހުއްދަ ފަތިހު 5:00 އާއި ހެނދުނު 8:00 އާ ދެމެދު 3 ގަޑިއިރަށް ގެއިން ބޭރަށް ނުކުމެ އުޅުމުގެ ހުއްދަ އާއި، އެއް ތަނުން އަނެއް ތަނަށް ގެންދިޔުމަށް ޓެކްސީތަކަށް ހުއްދަ ދިނުން އިތުރުކުރުމާއި، މާލެއާއި ތިލަފުށްޓާ ދެމެދު މުދާ އުފުލުމަށް ދަތުރުކުރުމުގެ ހުއްދަދިނުން އިތުރުކުރުމެވެ.

އަދި އޭގެ އިތުރުން ހުއްދަ ލިބިގެން ސިނާއީ މަސައްކަތްކުރާ ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުން އެ މަސައްކަތް ކުރުމަށް ކަނޑައެޅިފައިވާ ތަނަކަށް ދިއުމާއި، އެ މީހުން ދިރިއުޅޭ ތަންތަނަށް އެނބުރި އައުމުގެ ހުއްދައާއި، އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅާފައިވާ ގޮތުގެ މަތިން ފިހާރަތައް ހުޅުވުމާއި އަމިއްލަ އޮފީސްތައް ހުޅުވަން ހުއްދަ ދިނުމާއި، ކޮންސްޓްރަކްޝަންގެ މަސައްކަތްތައް މާލެ ސިޓީ ކައުންސިލާއި، އެޗްޑީސީން ކަނޑައަޅާ ގޮތުގެ މަތިން އެ ފަރާތްތަކުގެ ހުއްދަ ލިބިގެން ކުރިޔަށް ދިޔުމާއި، ބޭންކުން ކަނޑައަޅާ އުސޫލުގެ ދަށުން ބޭންކުތަކުން ދެވޭ ހިދުމަތް އިތުރުކުރުމުގެ އިތުރުން ސިއްހީ ހިދުމަތްތަކާއި އެހެނިހެން އާންމު ހިދުމަތް ދިނުން އިތުރު ކުރުން ހިމެނެއެވެ.

މާލޭގެ ލޮކްޑައުންއަށް ލުއިދޭން ފަށާފައިމިވަނީ ފެންނަ ކޭސްތަކުގެ އަދަދު ތިރިވެ ބަލިން ފަސޭހަވާ މީހުންގެ އަދަދު ގިނަވާން ފެށުމުންނެވެ. ލުއިތަކެއް ދިންނަމަވެސް އަދިވެސް އިތުރު ކޭސްތަކެއް ފެނުމުގެ ބިރު އެބައޮތެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
25%
50%
0%
25%
ކޮމެންޓް