ކ. މާލެ
|
11 ޖޫން 2020 | ބުރާސްފަތި 21:27
މިޔަހެލި ކޭމްޕް 2019ގެ ތެރެއިން
މިޔަހެލި ކޭމްޕް 2019ގެ ތެރެއިން
ތާނަ މެލޯ އެޕް ލޯންޗްކުރުން
ލޯފަން މީހުންނަށް ޚާއްސަކޮށްގެން ތައްޔާރުކުރި "ތާނަ މެލޯ" އެޕް ލޯންޗްކޮށްފި
 
އެޕް ލޯންޗްކޮށްފައިވަނީ ހޮނިހިރު ދުވަހު
 
މި އެޕް މިހާރު ގޫގުލް ޕްލޭސްޓޯއިން ޑައުންލޯޑް ކުރެވޭނެ

ލޯފަން މީހުނަށް ޚާއްސަކޮށް ތައްޔާރުކުރި "ތާނަ މެލޯ" އެޕްލިކޭޝަން ލޯންޗްކޮށްފިއެވެ.

ހޮނިހިރު ދުވަހު ލޯންޗް ކުރި މި އެޕްއަކީ ސްކްރީންތަކުގައި ހުންނަ ލިޔުންތައް ކިއުމަށް ޚާއްސަކޮށް ތައްޔާރުކޮށްފައިވާ އެޕެކެވެ. މި ސޮފްޓްވެއަރ އެޅުމުން ފޯނުގެ ސްކްރީނާއި ކޮމްޕިއުޓަރުގައި ދިވެހިން ލިޔެފައި ހުންނަ ލިޔުންތައް ލޯފަން މީހުންނަށް އަޑުއިވިގެންދެއެވެ. މި އެޕް މިހާރު ގޫގުލް ޕްލޭސްޓޯރއިން ޑައުންލޯޑް ކުރެވޭނެއެވެ.

މި އެޕް އުފެއްދުމުގެ ޚިޔާލަކީ ޔޫއެންޑީޕީއާއި އުރީދޫ މޯލްޑިވްސް ގުޅިގެން 2019 ވަނަ އަހަރު ބޭއްވި "މިޔަހެލި 2019" އަށް ހުށަހެޅި ޚިޔާލްތަކުގެ ތެރެއިން އެއްވަނައަށް ހޮވިފައިވާ ޚިޔާލެވެ. މި ޚިޔާލު ހުށަހަޅާފައިވަނީ ބްލައިންޑް އެސޯސިއޭޝަންގެ ފަރާތުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް