ކ. މާލެ
|
11 ޖޫން 2020 | ބުރާސްފަތި 18:25
ކ. މާފުށި ފަޅުތެރެއިން ހިއްކާފައިވާ ސަރަހައްދު: 25 ހެކްޓަރުގެ ބިން ހިއްކާ ނިމިއްޖެ
ކ. މާފުށި ފަޅުތެރެއިން ހިއްކާފައިވާ ސަރަހައްދު: 25 ހެކްޓަރުގެ ބިން ހިއްކާ ނިމިއްޖެ
ޓްވިޓަރ
މާފުށީ ބިންހިއްކުން
މާފުށި ބިން ހިއްކުމުގެ މަޝްރޫއުގެ ތެރެއިން 25 ހެކްޓަރު ބިން ހިއްކައި ނިމިއްޖެ
 
މާފުށި ފަޅުން ބައެއް ހިއްކުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދެއް
 
މި މަޝްރޫޢު ފަށާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރުގައި

ކ. މާފުށި ބިންހިއްކުމުގެ މަޝްރޫއުގެ ތެރެއިން އެ ރަށު ފަޅު ތެރެއިން ހިއްކަން ނިންމި 25 ހެކްޓަރުގެ ބިން ހިއްކާ ނިމިއްޖެއެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ގައި ފެށި މި މަޝްރޫޢަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ރަށެއްގެ ބިން ހިއްކުމަށް އިއުލާންކޮށް ފެށި ފުރަތަމަ މަޝްރޫއެވެ. އެގޮތުން މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން އެންޑް އިންފްރާ ސްޓަރަކްޗަރއިން އެމްޓީސީސީއާ މި މަސައްކަތް ހަވާލުކުރީ 249 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.

ދައުލަތުގެ ބަޖެޓުން 99،981،373ރ. ހަރަދުކޮށްގެން ހިންގާ މަޝްރޫއުގެ ދަށުން 25 ހެކްޓަރުގެ ބިން ހިއްކާ 1110 މީޓަރުގެ ރިވެޓްމަންޓް ގާއިމްކުރުމަށް ވަނީ ނިންމާފައެވެ.

ގެސްޓްހައުސްގެ ވިޔަފާރި އެންމެ ފުރަތަމަ ތައާރަފްކުރެވުނު އެއް ރަށްކަމުގައިވާ މާފުއްޓަށް ދިމާވެފައިވާ ގޯތި ގެދޮރާއި، ބިމުގެ ދަތިކަމާއި ގޮނޑުދޮށް ސަރަހައްދުގެ ކުޑަކަމާއި، ތޮއްޖެހުމުގެ މައްސަލައަށް ލުއި ހޯދުމަށްޓަކައި މާފުށި ފަޅުން ބައެއް ހިއްކުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
100%
ކޮމެންޓް