ކ. މާލެ
|
11 ޖޫން 2020 | ބުރާސްފަތި 19:34
މިނިސްޓަރ އާތިފާ ވަޒީރުކަމުގެ ހުވާކުރެއްވި ދުވަހު: އިސްތިއުފާ ދެއްވީ ސިއްހީ ހާލުކޮޅު ތަންނުދޭތީ
މިނިސްޓަރ އާތިފާ ވަޒީރުކަމުގެ ހުވާކުރެއްވި ދުވަހު: އިސްތިއުފާ ދެއްވީ ސިއްހީ ހާލުކޮޅު ތަންނުދޭތީ
ރައީސް އޮފީސް
އެމްއާރްއެމްގެ ޝުކުރު އާތިފާ އަށް
މިނިސްޓަރު އާތިފާގެ މަސައްކަތަށް އެމްއާރްއެމްގެ ތައުރީފު
 
ހައުސިން މިނިސްޓަރު ކަމަށް ވަޑައިގެންނެވީ އެމްއާރްއެމްގެ ސްލޮޓްގައި
 
ހައުސިން މިނިސްޓްރީ ވަނީ އުވާލާފައި
 
އިސްތިއުފާ ދެއްވީ ސިއްހީ ސަބަބުތަކަށްޓަކައި

ހައުސިން މިނިސްޓަރު ކަމުން އާތިފާ ޝަކޫރު އިިސްތިއުފާ ދެއްވުމުން، އެކަމަނާގެ އަގުވަޒަންކޮށް ސަރުކާރު ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ މޯލްޑިވްސް ރިޕޯމް މޫވްމަންޓް (އެމްއާރްއެމް) މެމްބަރުން ތައުރީފުކޮށްފިއެވެ.

ސިއްހީ ހާލަތު ތަން ނުދޭތީ މިނިސްޓަރު ކަމުން އާތިފާ އިސްތިއުފާ ދެއްވާފައިވަނީ ބުދަ ދުވަހުއެވެ. އާތިފާގެ އިސްތިއުފާގެ ސިޓީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ގަބޫލުފުޅު ކުރައްވާފައެވެ.

އާތީފާ އިސްތިއުފާ ދެއްވުމުން އެކަމަނާއަށް ހިއްވަރު ދެއްވައި ރައީސް މައުމޫން ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ، އާތިފާއަކީ އިހުލާސްތެރިކަމާއި، ކެތްތެރި ކަމުގެ ނަމޫނާއެއް ކަމަށެވެ. އަދި އެކަމަނާ ރައްޔިތުންނަށް ހިދުމަތް ކޮށްދެއްވީ އިހުލާސްތެރިކަމާއި، ތެދުވެރިކަމާއިއެކު ކަމަށް ވިދާޅުވިއެވެ.

ވަޒީރުކަމުގައި އާތިފާ ކުރެއްވި މަސައްކަތަށް ޝުކުރު އަދާކުރައްވަމުން ހެރިޓޭޖް މިނިސްޓަރު އަދި ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫން ވިދާޅުވީ، އާތިފާއަކީ ރައްޔިތުންގެ މަސްލަހަތު އިސްކުރައްވައިގެން ރައްޔިތުންނާއި ގާތުން މަސައްކަތް ކުރެއްވި ވަރަށް ތަޖުރިބާ ހުރި ގާބިލު ބޭކަނބަލެއް ކަމަށެވެ.

އެމްއާރްއެމްގެ ވަގުތީ ނައިބު ރައީސް އާމިނަތު ނާދިރާ ވިދާޅުވި ގޮތުގައި އާތިފާ އަކީ ކޮރަޕްޝަންގެ އެއްވެސް އަމަލެއް ހިންގާފައިވާ ބޭފުޅެއް ނޫނެވެ. އެއީ ހިވާގި އަދި ހިތްވަރުގަދަ ކަނބަލެއް ކަމަށް ވިދާޅުވެ، ނާދިރާވެސް ވަނީ އާތިފާއަށް ޝުކުރު އަދާކުރައްވާފައެވެ.

އާތިފާ އިސްތިއުފާ ހުށައެޅުއްވުމާއިއެކު އެ މަގާމަށް ރައީސް މައުމޫނުގެ ދަރިކަލުން ފާރިސް މައުމޫން އައްޔަން ކުރަން ކަމަށް އުޅޭ ކަމުގެ އަޑުތަކެއްވެސް ފެތުރުނެވެ. އެކަމަކު އެވާހަކަތައް އެމްއާރްއެމުން ދޮގުކުރި އެވެ.

އާތިފާގެ އިސްތިއުފާއާ އެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ހައުސިން މިނިސްޓްރީ އުވާލާއި، ޕްލޭނިން މިނިސްޓްރީގެ ދަށަށް އެ މިނިސްޓްރީގެ މަސައްކަތް ގެންގޮސް މިނިސްޓްރީގެ ނަން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަށް ބަދަލު ކުރައްވާފައެވެ. އެ ވުޒާރާގެ އިސްވެރިޔާ އަކީ އެމްޑީޕީގެ ވަޒީރު މުހައްމަދު އަސްލަމް އެވެ. ކުރީ ސަރުކާރުގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝަކޫރްގެ ދައްތާފުޅު އާތިފާ އިސްތިއުފާ ދެއްވުމުން މިހާރު ސަރުކާރުގެ ވަޒީރުންގެ ތެރޭގައި ހިމެނޭނީ އެމްއާރްއެމްގެ ހަތަރު ވަޒީރުންނެވެ.

އެއީ، ހެރިޓޭޖް މިނިސްޓަރު އަދި ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫން، ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑޮކްޓަރ އިބްރާހީމް ހަސަން، ފިޝަރީޒް މިނިސްޓަރު ޒަހާގެ އިތުރުން ކުރިން އިންޑިއާގެ ސަފީރުކަން ކުރެއްވި އަދި ދާދި ފަހުން ޖެންޑަރ މިނިސްޓަރު ކަމުގެ މަގާމަށް އައްޔަން ކުރެއްވި އައިޝަތު މުހައްމަދު ދީދީ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް