ކ. މާލެ
|
11 ޖޫން 2020 | ބުރާސްފަތި 17:51
މިނި ކަށިތައް ފެނުނީ ބުރާސްފަތި ދުވަހުގެ މެންދުރުގެ ވަގުތުގައި
މިނި ކަށިތައް ފެނުނީ ބުރާސްފަތި ދުވަހުގެ މެންދުރުގެ ވަގުތުގައި
ރާއްޖެއެމްވީ
މިނި ކަށިތަކެއް ފެނުން
ކަނޑޫދޫ އަތިރި މަތިން މިނި ކަށިތަކެއް ފެނިއްޖެ
 
ފުލުހުން ގެންދިޔައީ ހަށިގަނޑުގެ ތިރީ ދަށްޕިލަ
 
އެސަހަހައްދަކީ މީހުން މީގެ ކުރިން ވެސް ވަޅުލާފައިވާ ސަރަހައްދެއް ނޫން
 
ހަށިގަނޑު އޮތީ ވަޅުޖެހިފައި

ތ. ކަނޑޫދޫ އަތިރި މަތިން މިނި ކަށިތަކެއް ފެނިއްޖެއެވެ.

މިކަމާއި ގުޅިގެން ރާއްޖެ.އެމްވީއަށް މައުލޫމާތު ދެއްވަމުން ކަނޑޫދޫ ކައުންސިލްގެ ރައީސް އަލީ ނާސިހު ވިދާޅުވީ ރަށުގެ ދެކުނު ފަރާތުގެ ހިރިލަންދޫއާ ވީފަޅިން އަތިރިމަތިން ވަޅުޖެހިފައި އޮތް މިނި ކަށިތަކެއް ފެނިގެން ބުރާސްފަތި ދުވަހުގެ މެންދުރު ފެނިގެން ރިޕޯޓުކޮށްފައިވާ ކަމަށެވެ.

ނާސިހު ވިދާޅުވީ އިންސާނެއްގެ ކަށިގަނޑުގެ ބައިތައް ފެނުނީ ކުޑަކުދިންތަކެއް ގޮވައިގެން އެ ސަރަހައްދަށް ދިޔަ މީހަކަށް ކަމަށެވެ. އަދި އެ ސަރަހައްދުން އިތުރު ހަށިގަނޑެއްގެ ބައިތަކެއް ފެނުނުތޯ ބެލުމަށް ކޮނެފައިވާ ކަމަށާއި، އިތުރު ހަށިގަނޑެއްގެ ބައިތައް ފެނިފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ސަހަހައްދަކީ އެއްވެސް އިރެއްގައި މީހުން ވަޅުލާފައިވާ ސަރަހައްދެއް ނޫން ކަމަށް އިސް ރަށްވެހިންނާއި ހަވާލާދީ ނާސިހު މައުލޫމާތު ދެއްވިއެވެ. އަދި ހަށިގަނޑު ފެނުނު ސަރަހައްދަކީ މޫދާ ކައިރި ދިޔަވަރު ބޮޑު ދުވަސްވަރު ރާޅު ވެސް އަރާ ސަރަހައްދެއް ކަމަށް ނާސިހު ވިދާޅުވިއެވެ.

ނާސިހު އިތުރަށް ވިދާޅުވީ އިންސާނެއްގެ ބޮލުގެ ނާށިގަނޑު އޮތް ކަމަށާއި، ކޮނޑުހުޅުން ބައެއް ވެސް އޮތް ކަމަށެވެ. އަދި އެނެއް ހަށިގަނޑުގެ ބައިތައް އެއީ ސީދާ ކޮން ތަންތަނެއްކަން ބުނަން ނޭނގޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ބޮޑަށް ބެލެވެނީ އަންހެނެއްގެ ހަށިގަނޑުހެން. ދެން އަޅުގަނޑުމެންނަށް އެހެން ކަށަވަރުކޮށް ބުނާކަށް ނޭނގެ. ބޯ އޮތް ގޮތަށް އޮތް ހަމަ. އިތުރު މީހެއްގެ ހަށިގަނޑެއް ނުފެނޭ. އެ ހަށިގަނޑު ފެނުމާ ގުޅިގެން އެ ސަރަހައްދުން އަޅުގަނޑުމެން ވަރަށް ބޮޑަށް ކޮނެ ބަލައިފިން
ކައުންސިލްގެ ރައީސް އަލީ ނާސިހު

ނާސިހު ވިދާޅުވީ އެ ހަށިގަނޑުގެ ބައިތައް ވަޅުލުމުގެ މަސައްކަތްތައް މިހާރު ކުރަމުން އަންނަ ކަމަށާއި، ފުލުހުން އައިސް ގެންދިޔައީ ހަށިގަނޑުގެ ތިރީ ދަތްޕިލައިގެ ބައެއް ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަމަން ހަލީމް
22%
0%
67%
11%
0%
0%
ކޮމެންޓް