ކ. މާލެ
|
11 ޖޫން 2020 | ބުރާސްފަތި 17:52
ބާ ކައުންސިލްގެ މެމްބަރުން ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީގެ ބައްދަލުވުމެއްގައި
ބާ ކައުންސިލްގެ މެމްބަރުން ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީގެ ބައްދަލުވުމެއްގައި
ރައްޔިތުންގެ މަޖިލިސް
ބާ ކައުންސިލް
ބާ ކައުންސިލްގައި ދަފްތަރު ކުރުމުގެ ފުރުސަތު ސެޕްޓެމްބަރު 15އަށް އިތުރުކޮށްފި
 
މި ގަވާއިދަކީ ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނުގެ 65 ވަނަ މާއްދާއިން ބާރު ލިބިގެން އެކުލަވައިލައިފައިވާ ގަވާއިދެއް
 
ގަވާއިދުގައި ކުރިން އޮތީ ޖޫން 15 ވަނަ ދުވަހުގެ ކުރިން ދަފްތަރު ކުރުމަށް ހުށަހެޅުމަށް

ލޯ ފަރމްއާއި ލީގަލް ޕްރެކްޓިސް ދަފްތަރު ކުރުމަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހެޅުމުގެ ފުރުސަތު މޯލްޑިވްސް ބާ ކައުންސިލުން އިތުރުކޮށްފިއެވެ.

ބާ ކައުންސިލުން ބުރާސްފަތި ދުވަހު ކޮށްފައިވާ ޓްވީޓެއްގައި ވަނީ، ކޮވިޑް-19 އާ ގުޅިގެން, ލޯ ފަރމްއާއި ލީގަލް ޕްރެކްޓިސް ދަފުތަރު ކުރުމަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހޯދުމުގައި ދަތިތަކެއް ހުރިކަމަށް ބާ ކައުންސިލަށް ފާހަގަވެފައިވާތީ, ދަފުތަރު ކުރުމަށް ހުށަހަޅަންޖެހޭ ތާރީޙު، 15 ސެޕްޓެމްބަރު 2020 އަށް ވަނީ ފަސްކުރެވިފައިވާ ކަމަށެވެ.

މީގެއިތުރުން، ލޯ ފަރމްއާއި ލީގަލް ޕްރެކްޓިސް ދަފުތަރު ކުރުމާ ބެހޭ ގަވާއިދަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ގަވާއިދު ޖޫން 10 ވަނަ ދުވަހު ވަނީ ގެޒެޓް ކޮށްފައެވެ.

ލޯ ފަރމްއާއި ލީގަލް ޕްރެކްޓިސް ދަފުތަރު ކުރުމާ ބެހޭ ގަވާއިދުގައި ކުރިން ބުނެފައިވާ ގޮތުން، ޤާނޫނީ ޚިދުމަތް ދިނުމަށްޓަކައި ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގަމުންގެންދާ ހުރިހާ ލޯ ފަރމްތަކާއި، ލީގަލް ޕްރެކްޓިސްތައް، 15 ޖޫން 2020 ގެ ކުރިން، ބާ ކައުންސިލުގައި ދަފުތަރު ކުރުމަށް ހުށަހަޅަންވާނެ ކަމަށެވެ.

ނަމަވެސް ކޮވިޑް-19 ރޯގާ އާގުޅިގެން، މިގަވާއިދަށް އިސްލާހު ގެނެސް މިހާރު މިވަނީ، ހުރިހާ ލޯ ފަރމްތަކާއި ލީގަލް ޕްރެކްޓިސް، ދަފުތަރު ކުރުމަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހެޅުމަށް 3 މަސް ދުވަހުގެ ފުރުސަތެއް ދީފައެވެ.

މިއީ، ފަރުދީގޮތުން މަސައްކަތްކުރަން ބޭނުންވާ ޤާނޫނީ ވަކީލުންނަށާއި، ޤާނޫނީ ވަކީލުން ގުޅިގެން ދިވެހިރާއްޖޭގައި ޤާނޫނީ ޚިދުމަތް ދިނުމުގެ މަސައްކަތްކުރާ ފަރާތްތައް ދިވެހިރާއްޖޭގެ ބާ ކައުންސިލުގައި ދަފުތަރުކުރުމާ ގުޅޭ އުސޫލުތައް ކަނޑައެޅުމަށްޓަކައި، ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނުގެ 65 ވަނަ މާއްދާއިން ބާރު ލިބިގެން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

ބާ ކައުންސިލަކީ، މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، މިދިޔަ 2019 ވަނަ އަހަރުގެ ޖޫން 27 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވި، ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނުގެ ދަށުން އެކުލަވާލެވިފައިވާ ކައުންސިލެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް