ކ. މާލެ
|
11 ޖޫން 2020 | ބުރާސްފަތި 14:45
ފެލިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަޒުލް ރަޝީދު (ކ)
ފެލިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަޒުލް ރަޝީދު (ކ)
މަޖިލިސް
ފަޒުލްގެ ޤަރާރެއް ބޭރެއް ނުކުރޭ
ފަޒުލް ހުށަހެޅުއްވި ޤަރާރު ބޭރެއް ނުކުރޭ، މަޖިލީހުގައި އެބައޮތް: މަޖިލީހުގެ އިދާރާ
 
އިދިކޮޅު ކޯލިޝަނުން ވަނީ މަޖިލިސް ބޮއިކޮޓް ކޮށްފައި
 
މަޖިލީހުގެ އިދާރާއިން ބުނަނީ، އެޤަރާރު ބޭރު ނުކުރާކަމަށާޢި މަޖިލީހުގައި އެބައޮތް ކަމަށް
 
ޕީޕީއެމް-ޕީއެންސީން ބުނަނީ ފަޒުލް ހުށަހެޅުއްވި ޤަރާރު މަޖިލީހުން ބޭރުކޮށްލާފައިވާ ކަމަށް

އިދިކޮޅު ޕީއެންސީ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރު، އަދި ފުލިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަޒުލް ރަޝީދު ހުށަހެޅުއްވި ޤަރާރު ރައްޔިތުންގެ މަޖިލީހުން ބޭރު ނުކުރާ ކަމަށް މަޖިލީހުގެ އިދާރާއިން ބުނެފި އެވެ.

މަޖިލީހުގެ އިދާރާއިން ބުނީ، ފުލިދޫއަށް ދިމާވެފައިވާ ރަށް ގިރުމުގެ މައްސަލައާ ގުޅިގެން ފެލިދޫ ދާއިރާގެ މެންބަރު ފަޒުލް ހުށަހެޅުއްވި ޤަރާރު މަޖިލީހުން ބޭރެއް ނުކުރައްވާ ކަމަށާއި، އެ ޤަރާރު މަޖިލީހުގައި އޮތް ވާހަކަ ދަންނަވާ ކަމަށެވެ.

މަޖިލީހުގެ އިދާރާއިން މިހެން ބުނީ، އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން، ފަޒުލް ހުށަހެޅުއްވި ޤަރާރު މަޖިލީހުން ބޭރުކޮށްލާފައިވާ ކަމަށްބުނެ، ކަންބޮޑުވުން ފާޅުކޮށް، ބުރާސްފަތި ދުވަހު ބަޔާނެއް ނެރުއްވާފައި ވަނިކޮށެވެ.

ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހަށް ފަޒުލް ހުށަހެޅުއްވި ގަރާރު ކުއްލި ގޮތަކަށް އެޖެންޑާކުރުމަށްފަހު މަޖިލީހުން ބޭރުކޮށްލުމަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ރައްޔިތުންނާ މެދު އެއްވެސް މިންވަރެއްގެ އިހްތިރާމެއް ނުބަހައްޓަވާ ކަމުގެ ހެއްކެއް ކަމަށެވެ. އަދި ރައްޔިތުންގެ ހައްގުގައި އިދިކޮޅު ޕާޓީތަކުން މަސައްކަތްކުރި ނަމަވެސް، މަޖިލީހުގެ ތެރެއިން އެކަންކަމަށް ހުރަސް އަޅަމުންދާ ކަމުގެ ތުހުމަތުކޮށް، މި ބަޔާނުގައި ވަނީ، އެ ގަރާރު ކުއްލި ގޮތަކަށް މަޖިލީހުގައި އެޖެންޑާކުރުމަށް ފަހު، ބޭރުކޮށްލި ސަބަބާ މެދު ސުވާލު އުފެދޭ ކަމަށެވެ.

އެގަރާރު މަޖިލީހަށް ހުށަހަޅުއްވާފައިވީނަމަވެސް، ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ވަނީ މަޖިލީހުގެ ޖަލްސާތައް ބޮއިކޮޓް ކޮށްފަ އެވެ.

އިދިކޮޅު ކޯލިޝަނުން މަޖިލީހުގެ ޖަލްސާތައް ބޮއިކޮޓް ކޮށްފައިވަނީ، ކޮވިޑް-19 ރޯގާ އާގުޅިގެން ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ފަސްކުރަން ޖެހުމުން، މިހާރު ހިނގަމުންދާ ކައުންސިލްތަކުގެ ދައުރު ދިގުދައްމާލަން ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބިލް މަޖިލީހުން ފާސްކުރަން ބޭއްވި ޖަލްސާގެ ނިޒާމު ގެއްލި، ހިނގި ހަމަނުޖެހުންތަކާ ގުޅިގެން، ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނާއިބު ރައީސް އަހުމަދު ޝިޔާމުގެ ނަން އިއްވައި، މަޖިލީހުގެ ޖަލްސާއިން ނެރުމުގައި ޝިޔާމަށް އަނިޔާކޮށްފައިވާ ކަމަށް ބުނާ މައްސަލާގަ އެވެ.

ފަޒުލްއަށް ނުވަތަ އިދިކޮޅު ކޯލިޝަނަށް އެގަރާރު މަޖިލީހުގެ ޖަލްސާއަށް ހުށަހެޅުއްވޭނީ، މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެގެން ނެވެ. މަޖިލީހަށް ހުށަހަޅާ ބިލްތަކާއި ޤަރާރު އަދި ކުއްލި މައްސަލަތައް މަޖިލިހުގެ ޖަލްސާއަށް ހުށަހަޅަން ޖެހެނީ އެ ބިލެއް ނުވަތަ އެޤަރާރެއް ނުވަތަ އެ ކުއްލި މައްސަލައެއް މަޖިލީހަށް ހުށަހެޅުއްވި މެމްބަރެކެވެ. ނަމަވެސް މަޖިލީހުގެ ޖަލްސާއަށް އެމައްސަލައެއް އެޖެންޑާ ކުރާ ދުވަހު، އެމެމްބަރު މަޖިލީހުގެ ޖަލްސާގައި ނެތްނަމަ، އެމެމްބަރުގެ ފަރާތުން އެހެން މެމްބަރަކަށް އެބިލެއް ނުވަތަ އެ ޤަރާރު ހުށަހެޅުމުގެ ފުރުސަތު ލިބެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް