ކ. މާލެ
|
11 ޖޫން 2020 | ބުރާސްފަތި 13:09
ކޮވިޑް-19އާއި ގުޅިގެން މާލެސިޓީގެ މިސްކިތްތައް ބަންދުކޮށްފައި
ކޮވިޑް-19އާއި ގުޅިގެން މާލެސިޓީގެ މިސްކިތްތައް ބަންދުކޮށްފައި
ރާއްޖެއެމްވީ
ޖަމާއަތުގައި ނަމާދު ކުރުން
ޖޫން މަހުގެ 15 ވަނަ ދުވަހު މާލެ ސިޓީ ފިޔަވައި ހުރިހާ ރަށެއްގައި ޖަމާއަތުގައި ނަމާދު ކުރެވޭނެ: އިސްލާމިކް މިނިސްޓަރ
 
މާލެ ސިޓީގައި މިސްކިތް ހުޅުވުމާއި ބެހޭ ގޮތުން ދަނީ މަޝްވަރާ ކުރަމުން
 
ނ. މަނަދޫވެސް 15 ޖޫންގައި ޖަމާއަތުގައި ނަމާދު ކުރެވޭނެ
 
ށ. ނަރުދޫގައި 13 ޖޫންގައި ޖަމާއަތުގައި ނަމާދު ކުރެވޭނެ

މި ހިނގާ ޖޫން މަހުގެ 15 ވަނަ ދުވަހުން ފެށިގެން މާލެސިޓީގެ ރަށްތައް ފިޔަވައި ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ޖަމާއަތުގައި ނަމާދު ކުރެވޭނެކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.

ރާއްޖެޓިވީގެ ފަަލަސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް މެދުކަނޑާލުމަށްފަހު ހާލަތު ބަދަލުވުމުން، އަލުން ހުއްދަ ދިން އިރު މޮނީޓަރިންގް ހާލަތު އުވާލިތާ 14 ދުވަސް ހަމަ ނުވާ ރަށްތަކުގައި އެ މުއްދަތު ހަމަވުމުން މެނުވީ ހުއްދަ ނުދިނުމަށް ލަފާ ދީފައިވާކަމަށެވެ. އެގޮތުން، އެ މިންގަޑުތަކަށް ނުފެތޭ 7 ރަށެއް އެއިރު އޮތް ނަމަވެސް މިހާރު ހުއްދަ ނުދީ އޮންނާނީ މާލެ ސިޓީ (މާލެ، ހުޅުމާލެ އަދި ވިލިމާލެ)ގެ އިތުރުން ށ. ނަރުދޫ އަދި ނ. މަނަދޫ ކަމަށެވެ. މިނިސްޓަރ ވިދާޅުވީ ށ. ނަރުދޫގެ މޮނީޓަރިނގް ހާލަތު އުވާލިތާ 14 ދުވަސް, 13 ޖޫންގެ ނިޔަލަށް ހަމަވާނެކަމަށާއި ނ. މަނަދޫވެސް 15 ޖޫންގައި 14 ދުވަސް ހަމަވެ ޖަމާއަތުގައި ނަމާދު ކުރެވޭނެކަމަށެވެ.

އިތުރަށް ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ލުޔެއް ލިބިގެން، މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުމަށް ހުއްދަ ދިނުމާއި ގުޅޭ ގޮތުން މިހާރު ޢިލްމުވެރިންނާއި މަޝްވަރާ ކުރަމުން ދާކަމަށެވެ. އެގޮތުން، ގައިދުރުކަން ބަހައްޓައިގެން ޖަމާއަތުގައި ނަމާދު ކުރެވޭނެ ގޮތާއި އަދި ޖަމާއަތުގައި ނަމާދު ނުކުރެވުނުނަމަވެސް މިސްކިތްތައް ހުޅުވާލުމަށް މަޝްވަރާ ކުރަމުންދާކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ރައްކާތެރިކަމުގެ ފިޔަވަޅެެއްގެ ގޮތުން މިސްކިިތަށް އަންނައިރު ގެއިން ވުޟޫކޮށްގެން އައުމާއި އުމުރުން ދުވަސްވީ މީހުން މިސްކިތަށް ނުދިއުމަށާއި ރޯގާގެ އަލާމާތްތައް ހުންނަ ފަރާތްތައް މިސްކިތައް ނައުމަށް އިސްލާމިކް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ގެއިން އަންނައިރު މުސައްލަ ހިފައިގެން ދިއުމަށް ޑޮކްޓަރުން ވަނީ އިރުޝާދު ދީފައެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިސްކިތްތައް ހުޅުވާލުމުގައި ސަމާލުކަން ދިނުމަށް ފާހަގަ ކޮށްފައިވާ ކަންކަމަކީ މިހާރުގެ ޙާލަތަށް ރިޢާޔަތް ކުރެވިގެން، ބަޔާން ކުރެވިފައިވާ ކަންތައްތަކަށް ވެފައި މިސްކިތްތައް ހުޅުވާލާއިރު ލުއި ދިނުމުގައި ކުރު ޙަލާތަކަކަށް ބަހާލެވިގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާތީ، މިހާރުގެ ޙާލަތު ރަގަޅުވަމުންދާ ކަމަށް އެޗްޕީއޭއިން ކަޑައަޅައިފި ޙާލަތެއްގައި ޖަމާއަތުގައި ނަމާދު ކުރުމާއި ގުޅޭގޮތުން އިތުރު ލުއިތައް ދެމުން ދާނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
10%
60%
10%
20%
0%
0%
ކޮމެންޓް