ކ. މާލެ
|
11 ޖޫން 2020 | ބުރާސްފަތި 09:06
އެމްއޭސީއެލްގެ މުވައްޒަފަންތަކެއް ރަންވޭ ސަރަހައްދުގައި ހަރަކާތްތެރިވަނީ
އެމްއޭސީއެލްގެ މުވައްޒަފަންތަކެއް ރަންވޭ ސަރަހައްދުގައި ހަރަކާތްތެރިވަނީ
އެމްއޭސީއެލް
އެމްއޭސީއެލް މުވައްޒަފުންގެ މުސާރާ
އެމްއޭސީއެލްގެ މުވައްޒަފުންގެ މުސާރަ ރުފިޔާއިން ދޭން ނިންމައިފި
 
މާލީ ގެއްލުންތަކުން އަރައިގަތުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުން: އެމްއޭސީއެލް

ކޮވިޑް-19 އާ ގުޅިގެން މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަށް ލިބެމުންދާ މާލީ ދަތިތަކުގެ ސަބަބުން ޖޫން މަހުން ފެށިގެން ދިވެހި ރުފިޔާއިން މުސާރަ ދޭން ނިންމާފައިވާ ކަމަށް އެކުންފުނިން ބުނެފި އެވެ.

އެމްއޭސީއެލުން މުވައްޒަފުންނަށް ފޮނުވާފައިވާ ސާކިއުލާއެއް ގައި ބުނީ، ކޮވިޑް-19 ގެ ސަބަބުން ކުންފުންޏަށް ލިބެމުންދާ މާލީ ގެއްލުންތަކުން އަރައިގަތުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ. އެގޮތުން ކުންފުންޏަށް ދިމާވެފައިވާ މާލީ ދަތިކަމާއި، ބޭރު ފައިސާ ލިބުމުގެ ދަތިތައް ހުރުމާއިއެކު، ކުންފުނީގެ ބޯޑުގެލަފާގެ މަތީން، މި މަހުން ފެށިގެން މުވައްޒަފުންގެ މުސާރަ ދިނުމަށް ހަމަޖެހިފައިވަނީ ދިވެހި ރުފިޔާއިން ކަމަށެވެ.

ކޮވިޑް-19 ގެ ބިރުވެރިކަން ބޮޑުވެ ރާއްޖޭގެ ބޯޑަރުތައް ވަނީ ބަންދުކޮށްފަ އެވެ. އޭގެ އަސަރު ރާއްޖޭގެ އިގްތިސާދަށް ދަނީ ކުރަމުންނެވެ.

ރާއްޖޭގެ އިގްތިސާދު އެންމެ ބޮޑަށް ބަރޯސާވަނީ ފަތުރުވެރިކަމަށްވާއިރު، އެ ސިނާއަތަށް އައި ލޮޅުމުގެ އަސަރު ދަނީ މުޅި ރާއްޖެއަށް ކަހަލަ ގޮތަކަށް ކުރަމުންނެވެ. ކޮވިޑާއި ގުޅިގެން ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ސަރުކާރުގެ އެކި އިދާރާތަކުގެ މުވައްޒަފުންގެ މުސާރަ އަށް ވަނީ ބަދަލު ގެނެސްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް