ކ. މާލެ
|
10 ޖޫން 2020 | ބުދަ 22:08
ކޮވިޑް-19 ގެ ސާމްޕަލް އެއް ޓެސްޓު ކުރުމަށް ގެންދަނީ
ކޮވިޑް-19 ގެ ސާމްޕަލް އެއް ޓެސްޓު ކުރުމަށް ގެންދަނީ
ހެލްތު ޕްރޮޓެކްޝަން އެޖެންސީ
ކޮވިޑް-19، ރާއްޖޭގެ ހާލަތު
އިތުރު 20 މީހަކު ކޮވިޑް-19 ށް ޕޮޒިޓިވްވެ، 111 މީހަކު ބަލިން ފަސޭހަވެއްޖެ
 
ރާއްޖެއިން ކޮވިޑް-19ށް ޕޮސިޓިވް ވި މީހުންގެ އަދަދު ވަނީ 1962ށް އަރާފައި

އިތުރު 20 މީހަކު ކޮވިޑް-19ށް ޕޮޒިޓިވްވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާލާއިރު، 20 މީހަކު ވަނީ ކޮވިޑް-19 ށް ޕޮޒިޓިވްވެފައެވެ. މީގެ ތެރޭގައި ހިމެނެނީ 16 ދިވެހިންނާއި 4 ބަންގްލަދޭޝް މީހުންނެވެ. މިއާއި އެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 1962 ށް އަރާފައެވެ.

މީގެ އިތުރުން، އިތުރު 111 މީހަކު ވަނީ މި ބަލިން ފަސޭހަވެފައެވެ. މިއާއި އެކު މުޅި ޖުމްލަ 1121 މީހުން ބަލިން ފަސޭހަވެ، ފަރުވާ ހޯދަމުންދާ މީހުންގެ އަދަދު ވަނީ 825 ށް އަރާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
14%
43%
14%
0%
29%
0%
ކޮމެންޓް
11 ޖޫން 2020 | ބުރާސްފަތި 11:11
ތިޔަ ކޮރޯނާ ޑްރާމާ ހުއްޓާލީމް އިތުރު މީހަކު ޕޮޒިތިވް ނުވާނެ!!!