ކ. މާލެ
|
10 ޖޫން 2020 | ބުދަ 19:40
ހައުސިން މިނިސްޓަރ އާތިފާ ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީގައި
ހައުސިން މިނިސްޓަރ އާތިފާ ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީގައި
މަޖިލިސް
މިނިސްޓަރ އާތިފާ އިސްތިއުފާ ދެއްވުން
ހައުސިން މިނިސްޓަރ އާތިފާ އިސްތިއުފާ ދެއްވަން ހުށަހަޅުއްވައިފި
 
އަންގާރަ ދުވަހުވެސް އޮފީހަށް ނިކުންނަވާފައިވޭ
 
އިސްތިއުފާ ދެއްވުމަށް ހުށަހެޅުއްވީ ސިއްހީ ހާލުކޮޅު ވަރަށް ބޮޑަށް ގޯސްވުމުގެ ސަބަބުން
 
އިސްތިއުފާ ދެއްވުމަށް ހުށަހަޅުއްވާފައިވަނީ މީގެ ދެ ދުވަސް ކުރިން

ހައުސިން މިނިސްޓަރ އާތިފާ ޝަކޫރު، މިނިސްޓަރުކަމުން އިސްތިއުފާ ދެއްވުމަށް ހުށަހަޅުއްވައިފި އެވެ.

ރާއްޖެ.އެމްވީއަށް އެނގިފައިވާގޮތުގައި މިިސްޓަރ އާތިފާ އިސްތިއުފާ ދެއްވުމަށް ހުށަހަޅުއްވާފައިވަނީ މީގެ ދެ ދުވަސް ކުރިންނެވެ. އަދި އިސްތިއުފާ ދެއްވުމަށް ހުށަހެޅުއްވީ ސިއްހީ ހާލުކޮޅު ވަރަށް ބޮޑަށް ގޯސްވުމުގެ ސަބަބުންކަން އެނގިފައިވެއެވެ.

އިސްތިއުފާ ދެއްވުމަށް ހުށަހެޅުއްވުމަށްފަހު އިއްޔެވެސް މިނިސްޓަރ އާތިފާ، އޮފީހަށް ނިކުންނަވާ މަސައްކަތް ކުރައްވާފައިވެއެވެ.

މިނިސްޓަރު އާތިފާ ވަޒީރުކަމުގެ ހުވާކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފުރަތަމަ ވަޒީރުންގެ މަޖިލީހުގެ މެމްބަރުންގެ ތެރޭގައި 17 ނޮވެމްބަރު 2018 ގަ އެވެ. އެކަމަނާ ވަޒީރުކަމަށް ވަޑައިގެންނެވީ އެމްއާރުއެމްގެ ސްލޮޓެއްގަ އެވެ.

މިނިސްޓަރު އާތިފާއަކީ ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމާއި ގާތްގުޅުމެއް އޮންނަވާ ބޭފުޅެކެވެ. 2018 ވަނަ އަހަރު ރައީސް މައުމޫން ހައްޔަރުކުރެއްވުމުން އެމަނިކުފާނުގެ ދިފާއުގައި ނުކުންނެވި މަދު ބޭފުޅުންގެ ތެރޭގައި މިނިސްޓަރ އާތިފާ ހިމެނިވަޑައިގަނަންވަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
100%
0%
0%
0%
ކޮމެންޓް
10 ޖޫން 2020 | ބުދަ 21:09
ފާންތު މުސްތަފާ
އާތިފާއަކީ ދާއިރާގައި 20 އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން މަސައްކަތް ކުރައްވާފައިވާ ބޭފުޅެއް. އަދި ދާއިރާއިން މަތީ ތަޢުލީމު ޙާޞިލު ކުރެއްވި ބޭފުޅެއް. ގާބިލު ކަމާމެދު ސުވާލު އުފެއްދުމުގެ ޖާގައެއް ނެތް.