ކ. މާލެ
|
10 ޖޫން 2020 | ބުދަ 03:39
ގައުމީ މަރުކާޒީ ބޭންކު އެމްއެމްއޭ އިން ވަނީ ހިދުމަތް ހޯދަން ދާއިރު މާސްކު އެޅުމަށް އިލްތިމާސް ކޮށްފައި
ގައުމީ މަރުކާޒީ ބޭންކު އެމްއެމްއޭ އިން ވަނީ ހިދުމަތް ހޯދަން ދާއިރު މާސްކު އެޅުމަށް އިލްތިމާސް ކޮށްފައި
ގޫގުލް
އެމްއެމްއޭގެ ހިދުމަތް
އެމްއެމްއޭގެ ޚިދުމަތްތައް މިމަހު 16ގައި ފަށަނީ
 
ބޭންކު ހުޅުވާފައި ހުންނާނީ ހޯމަ، އަންގާރަ ބުދަ އަދި ބުރާސްފަތި ދުވަހު
 
މެސެޖްކުރަން ޖެހެނީ 7919292ށް
 
ހިދުމަތް ދެމުންދާނީ ކޮންމެ ހަފްތާއަކު އަންގާރަ އަދި ބުދަ ދުވަހު

މާލެ 'ލޮކްޑައުން' ކުރުމާއި ގުޅިގެން މިހާރު މެދުކެނޑިފައިވާ ކުދި ރުފިޔާ އާއި ޚިދުމަތާއި ވަކި ލާރި ދޫކޮށް ބަލައިގަތުމުގެ ޚިދުމަތް މި މަހުގެ 16 ވަނަ ދުވަހުން ފެށިގެން އަލުން ދިނުމަށް ނިންމާފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.

އެ އިދާރާއިން ނެރެފައިވާ ބަޔާނެއްގައި ބުނީ، ޚިދުމަތް ދެމުންދާނީ ކޮންމެ ހަފުތާއަކު އަންގާރަ އަދި ބުދަ ދުވަހު ކަމަށެވެ. ޚިދުމަތް ހޯދުމަށް ދިޔުމުގެ ކުރިން ނަން، އައިޑީ ކާޑު ނަންބަރު ނުވަތަ ޕާސްޕޯޓް ނަންބަރު، މިހާރު ދިރިއުޅޭ އެޑްރެސް، ގުޅޭނެ މޮބައިލް ނަންބަރު އަދި ބޭނުންވާ ޚީދުމަތް ލިޔުމަށް ފަހު 7919292ށް އެސްއެމްއެސް ނުވަތަ ވައިބަރ މެދުވެރިކޮށް ފޮނުވުމަށް އެމްއެމްއޭއިން އިލްތިމާސް ކުރެއެވެ.

ނަންބަރަށް މެސެޖް ކުރުމުން ފުލުހުންގެ ފަރާތުން ހޯދަންޖެހޭ ހުއްދަ އެމްއެމްއޭއިން ހަމަޖައްސައި ދޭނެ އެވެ. ޚިދުމަތް ހޯދަން ދާއިރު މާސްކު އެޅުމަށް އެމްއެމްއޭއިން ވަނީ އިލްތިމާސްކޮށްފައި ވެއެވެ.

އެމްއެމްއޭ އިން ބުނީ، ޖޫން މަހުގެ 14 އިން 30 ގެ ނިޔަލަށް އެމްއެމްއޭ އަދި ބޭންކުތައް ހުޅުވާފައި ހުންނާނީ ހޯމަ، އަންގާރަ ބުދަ އަދި ބުރާސްފަތި ދުވަހު ކަމަށެވެ. އަދި މި ހަތަރު ދުވަހު ބޭންކުތައް ހުޅުވާފައި ހުންނާނީ ހެދުނު 9:30 އިން ފެށިގެން މެންދުރު ފަހު 2:00 އަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް