ކ. މާލެ
|
8 ޖޫން 2020 | ހޯމަ 22:21
ސާމްޕަލް ނެގުމުގައި އެޗްޕީއޭގެ ޓީމަކުން ހަރަކާތްތެރިވަނީ
ސާމްޕަލް ނެގުމުގައި އެޗްޕީއޭގެ ޓީމަކުން ހަރަކާތްތެރިވަނީ
ރާއްޖެއެމްވީ
ރާއްޖޭގެ ކޮވިޑް-19 ގެ ހާލަތު
ރާއްޖޭގެ ކޮވިޑުގެ ހާލަތު: މިއަދު ޕޮޒިޓިވްވީ 13 މީހުން، 98 ރިކަވަރީ
އެކްޓިވް ކޭސްގެ އަދަދު 981ށް
ޕޮޒިޓިވްވި މީހުންގެ އަދަދު 1916ށް ވަނީ އަރާފައި
8 މީހަކު ވަނީ ބަލިޖެހިގެން ނިޔާވެފައި

ރާއްޖެއިން އިތުރު 13 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ ބަލިން ފަސޭހަވާ މީހުން އަދަދު ގިނަވެ ޖުމްލަ ރިކަވަރީ 925ށް އަރައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހޯމަ ދުވަހުގެރޭ އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 1916ށް އަރާފައެވެ. ފާއިތުވި 24 ގަޑިއިރަށް ބަލާއިރު، ބަލިން ފަސޭހަވެފައިވަނީ 98 މީހެކެވެ. މި ވަގުތު އެކްޓިވް ކޭސްތަކުގެ އަދަދު އުޅެނީ 981 ގައެވެ.

ބަލި ޖެހިގެން މަރުވީ މީހުންނަށް ބަލާއިރު، މިހާތަނަށް ކޮވިޑު ޖެހިގެން މަރުވީ މީހުންގެ އަދަދަކީ 8 އެވެ. ބަލި ޖެހުނު މީހުންގެ ނިސްބަތުން މަރުވި މީހުންގެ އަދަދު ނުވަތަ މޯޓާލިޓީ ރޭޓަށް ބަލާއިރު، މިއީ 0.42 އިންސައްތައެވެ. މިއީ ދުނިޔޭގެ ގިނަ ގައުމުތަކާއި އަޅާބަލާއިރު، ދަށް އަދަދެކެވެ.

- ކޮމެންޓް