ކ. މާލެ
|
8 ޖޫން 2020 | ހޯމަ 10:20
ކޮމެޓީން ކުރިން ބޭއްވި ބައްދަލުވުމެއްގައި ސީއެސްސީގެ މެމްބަރުން: ފާތިމަތު އާމިރާ (ވ-2)، އާއެކު ސީއެސްސީގެ 5 މެމްބަރުން އެކުގައި ވަކިކުރުމުގެ މަސައްކަތް ދަނީ ކުރިއަށް
ކޮމެޓީން ކުރިން ބޭއްވި ބައްދަލުވުމެއްގައި ސީއެސްސީގެ މެމްބަރުން: ފާތިމަތު އާމިރާ (ވ-2)، އާއެކު ސީއެސްސީގެ 5 މެމްބަރުން އެކުގައި ވަކިކުރުމުގެ މަސައްކަތް ދަނީ ކުރިއަށް
ރައްޔިތުންގެ މަޖިލިސް
ސީއެސްސީން އާމިރާ ވަކިކުރުން
ސީއެސްސީގެ މެންބަރު އާމިރާ ވަކިކުރުމުގެ މައްސަލަ ކޮމެޓީއަށް ފޮނުވައިފި
ސީއެސްސީގެ މެމްބަރުންގެ ގިނަ މައްސަލަތަކެއް ފެންތިވެ، މަޖިލީހުން ބަލާފައިވެސްވޭ
މީގެކުރިން ސީއެސްސީގެ 4 މެމްބަރުން ވަކިކުރަން ކޮމެޓީން ނިންމި
އެ 4 މެމްބަރުންނާއެކު އާމިރާގެ މެމްބަރުކަމުގެ މަގާމުން ވަކިކުރަން ކޮމެޓީން ދަނީ މަސައްކަތް ކުރަމުން

ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ)ގެ މެންބަރު ފާތިމަތު އާމިރާ މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް ފޮނުވައިފި އެވެ.

ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހަޅާ ކަންކަމުގެ އެޖެންޑާގެ ދަށުން، ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ)ގެ މެންބަރަކު މަޤާމުން ވަކިކުރުމުގެ މައްސަލަ، މަޖިލީހުގެ ޤަވާއިދުގެ 210 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން މަޖިލީހުގައި އިޢުލާނުކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފޮނުވާފައިވާ މައްސަލަ، އިއްވުމަށް ފަހު، މި މައްސަލަ ދިރާސާ ކުރެއްވުމަށް މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް ފޮނުވާ ކަމަށް މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވަނީ އިޢުލާނު ކުރައްވާފަ އެވެ.

މިމަހުގެ 2 ވަނަ ދުވަހު މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ބޭއްވި ބައްދަލުވުމުގައި ވަނީ ސިީއެސްސީގެ މެންބަރު އާމިރާގެ ނަން ތަޅުމަށް ފޮނުވުމަށް ނިންމާ، އެ ކޮމިޝަނުގެ 5 މެންބަރުން އެކީ ވަކި ކުރުމަށް ނިންމާފަ އެވެ.

ވެލިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޝަފީގު ހުށަހެޅުއްވި މި ހުށަހެޅުއްވުން ފާސްވީ ކޮމެޓީގެ 6 މެންބަރުންގެ ވޯޓާއެކުގަ އެވެ. ނުފެންނަ ކަމަށް 5 މެންބަރުން ވޯޓުދެއްވާފައި ވެއެވެ.

މީގެކުރިން މަޤާމުގެ ޒިންމާ އަދާ ނުކުރެވޭކަމަށް ޤަބޫލު ކުރެވޭތީ ސިވިލް ސަރވިސް ކޮމިޝަނުގެ 4 މެންބަރަކު ވަކި ކުރުމަށް، އެ ކޮމެޓީން މާރޗު މަހުގެ 1 ވަނަ ދުވަހު ފާސްކުރި އެވެ. ކޮމިޓީން މަޤާމުން ވަކިކުރުމަށް ނިންމާފައި ވަނީ ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމާއި، ކޮމިޝަންގެ ނައިބު ރައީސް ޝަހީދު މުހައްމަދާއި، މެންބަރު އިބްރާހިމް ޝަހީގުގެ އިތުރުން ޒަކަރިއްޔާ ޙުސައިނެވެ. އެހެންނަމަވެސް، ކޮމިޝަނުގެ 4 މެންބަރުން ވަކިކުރުމުގެ މައްސަލަ ކޮމިޓީން ނިންމިގޮތުގެ ރިޕޯޓު ވަނީ ކޮމިޓީއަށް އަނބުރާ ފޮނުވާލާފަ އެވެ.

ސީއެސްސީގެ މެންބަރުން ވަކި ކުރުމުގެ މައްސަލާގައި ގޮތެއް ނުނިންމި ދިގުލައިގެންދާކަން ފާހަގަކޮށް ކޮމެޓީގެ މެންބަރުން ވަނީ އެ މައްސަލައިގެ ރިޕޯޓު ވީހާވެސް އަވަހަކަށް ނިންމައިދިނުމަށް އެދިވަޑައިގެންފަ އެވެ. އަދި މަޖިލީހުގެ ބައެއް ޖަލްސާތަކުގައި ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުން އިސްތިޢުފާ ދެއްވުމަށްވެސް ގޮވާލައްވާފައި ވެއެވެ.

ސީއެސްސީގެ ރައީސް ޝަމީމަކީ، ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީނުގެ ކެމްޕެއިންގައި ޙަރަކާތްތެރިވި ކަމުގެ ތުހުމަތު ކުރެވޭ ބޭފުޅެކެވެ. އޭރު ބައެއް ފޮޓޯތަކާއި ޚަބަރުތައްވެސް ދައުރުވެފައި ވެއެވެ. އަދި ސީއެސްސީގެ ނައިބު ރައީސް ޝަހީދަކީ ޤާނޫނާ ޚިލާފަށް އެކޮމިޝަނަށް ޢައްޔަނު ކުރައްވާފައިވާ މެންބަރެކެވެ. އެކަން ކޮށްފައިވަނީ ރައީސް ޔާމީނުގެ ވެރިކަމުގައި ނިމިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހުން ނެވެ.

މީގެއިތުރުން ސީއެސްސީގެ ގިނަ މައްސަލަތަކެއް ފެންމަތިވެ، ކޮމިޝަނުގެ މަސައްކަތްތައް އެކަށީގެންވާ ގޮތެއްގައި ކުރެވެމުން ނުދާތީ، ގިނަ މައްސަލަތަކެއް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް ހުށަހަޅާފައި ވެއެވެ.

- ކޮމެންޓް