ކ. މާލެ
|
8 ޖޫން 2020 | ހޯމަ 05:10
ޑރ. ނަޒްލާ: ރަށްރަށުގައި އެންޓިބޮޑީ ހެދޭނެ އިންތިޒާމް ވަރަށް އަވަހަށް ހަމަޖެހިގެންދާނެ ކަމަށް ވިދާޅުވި
ޑރ. ނަޒްލާ: ރަށްރަށުގައި އެންޓިބޮޑީ ހެދޭނެ އިންތިޒާމް ވަރަށް އަވަހަށް ހަމަޖެހިގެންދާނެ ކަމަށް ވިދާޅުވި
އެންއީއޯސީ
ރަށްރަށުގައި އެންޓިބޮޑީ ޓެސްޓު ހެދުން
ރަށްރަށުގައި އެންޓިބޮޑީ ޓެސްޓު ހެދޭނެ އިންތިޒާމް ހަމަޖައްސަނީ
 
އައިޖީއެމް ޕޮޒިޓިވްވާ މީހުންނަށް ރަށަކަށް ނުދެވޭނެ
 
ޓެސްޓު ކުރިޔަށް ދަނީ ޝޯޝަލް ސެންޓަރުގައި
 
ރަށަށް ދިޔުމުގެ ކުރިން އެންޓިބޮޑީ ޓެސްޓު ހަދަން ވަނީ ފަށާފައި

ނޭނގި ކޮވިޑް-19 ޖެހިފައި ތިބި މީހުން ބަލަން ހަދާ ޓެސްޓު (އެންޓިބޮޑީ ޓެސްޓު) ރަށްރަށުގައި ހެދޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އަންގާރަ ދުވަހު ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގް ވިދާޅުވީ، އަތޮޅު ތެރެއަށް އެންޓިބޮޑީ ޓެސްޓުގެ ހިދުމަތް ފުޅާކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ. އެގޮތުން ކޮންމެ އަތޮޅަކުންވެސް އެންޓިބޮޑީ ޓެސްޓު ހެދޭނެ އިންތިޒާމު ހަމަޖެއްސުމުގެ ކަންތައް ކުރިޔަށް ގެންދެވޭތޯ މަސައްކަތް ކުރެވެމުންދާ ކަމަށް ވިދާޅުވި އެވެ.

މާލެ ލޮކްޑައުން ކުރުމާއި ގުޅިގެން ރަށަށް ނުދެވި މާލޭގައި ތާށިވެފައި ތިބި މީހުން ރަށްރަށަށް ފޮނުވުމުގެ ކުރިން އެންޓިބޮޑީ ޓެސްޓު ހަދަން ވަނީ މިހާރު ފަށާފައި އެވެ. އެ މީހުންގެ ޓެސްޓުތައް ހަދަނީ ސޯޝަލް ސެންޓަރުގައި ވަކި ގަޑިތަކެއްގައި އެވެ.

އެންޓިބޮޑީ ޓެސްޓު ގައި ބަލަނީ ދެ އެއްޗަކަށެވެ. އެއީ އައިޖީއެމް އަދި އައިޖީޖީ އެވެ. އައިޖީއެމް އިން ދައްކައި ދެނީ އެ މީހަކަށް ވަރަށް ފަހުން ބަލި ޖެހިފައި ހުރިކަމެވެ. މީހަކަށް ބަލި ޖެހިފައި ރަނގަޅުވެފައި ހުރިއްޔާ އެ މީހަކު އައިޖީޖީ އަށް ޕޮޒިޓިވްވާނެ އެވެ. އެޗްޕީއޭއިން ބުނީ، އައިޖީޖީއެމް ޕޮޒިޓިވްވާ މީހުންނަށް ރަށަށް ދިޔުމުގެ ހުއްދަ ނުދެވޭނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަމަން ހަލީމް
0%
100%
0%
0%
0%
0%
ކޮމެންޓް