ކ. މާލެ
|
8 ޖޫން 2020 | ހޯމަ 05:08
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ - ވީހާވެސް ގިނަ ރައްޔިތުންގެ ހިޔާލު ހޯދުމަށް ވަނީ ހުށައަޅާފައި
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ - ވީހާވެސް ގިނަ ރައްޔިތުންގެ ހިޔާލު ހޯދުމަށް ވަނީ ހުށައަޅާފައި
އައްޑޫ ސިޓީ ކައުންސިލް
އަައްޑޫ ސިޓީގެ ވިޔަފާރިކުރާ ގަޑިތައް
އައްޑޫ ސިޓީގެ ވިޔަފާރި ގަޑިތަކާއި ގުޅޭގޮތުން ހިޔާލު ހޯދުމުގެ ސަރވޭ އެއް ފަށައިފި
 
އައްޑޫގެ ވިޔަފާރިތަކަށް ވަނީ ލުއިތަކެއް ދީފައި
 
ސަރވޭ ކުރިޔަށް ދަނީ ނުވަ ޖޫންގެ ނިޔަލަށް
 
ވިހާވެސް ގިނަ ބަޔަކު ސަރވޭގައި ބައިވެރިވުމަށް ކައުންސިލުން އެދޭ

ރާއްޖޭގެ އެންމެ ބޮޑު ސިޓީ، އައްޑޫ ސިޓީގައި ވިޔަފާރި ގަޑިތަކާއި ގުޅޭ ގޮތުން ހިޔާލު ހޯދުމުގެ ސަރވޭ އެއް ފަށައިފި އެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ، އެ ސިޓީގައި ވިޔަފާރިތައް ހުޅުވާފައި ހުންނަ ގަޑިތަކަށް ބަދަލު ގެނައުމާއި ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ ގޮތުން ޖޫން މަހުގެ ހަތް ވަނަ ހަޔަކުން ނުވަޔަކަށް ސަރވޭ އެއް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށެވެ. ސަރވޭގައި ވިހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް ކައުންސިލުން ވަނީ އެދިފަ އެވެ.

ކޮވިޑް-19 އިން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އައްޑޫގެ ފިހާރާތައް ބަންދު ކުރެވިފައި އޮތް އޮތުމަށް ބަދަލުގެނެސް ކޮންމެ ދުވަހެއްގެ ހެނދުނު 06:00ން ހަވީރު 18:00ށް ފިހާރަތައް ހުޅުވުމުގެ ހުއްދަ ވަނީ ދީފައެވެ. އަދި ކެފޭ ރެސްޓޯރެންޓްތައް ހުޅުވައިގެން ޚިދުމަތް ދެވޭނީ ކޮންމެ ދުވަހެއްގެ ހެނދުނު 06:00ން 22:00ށް ކަމަށް ސިޓީ ކައުންސިލުން ވަނީ ކަނޑައަޅާފައި އެވެ.

ނަމަވެސް، 24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދަ ލިބިފައިވާ ވިޔަފާރިތަކަށް 24 ގަޑިއިރު ހިދުމަތް ދެވޭނެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް