ކ. މާލެ
|
7 ޖޫން 2020 | އާދީއްތަ 21:37
ދަނގެތި ދާއިރާގެ މެމްބަރު ނާޒިމްގެ ފަރާތުން ޓެކްސީ ޑްރައިވަރުންނަށް ޕީޕީއީ ހަވާލު ކުރުމުގެ ތެރެއިން
ދަނގެތި ދާއިރާގެ މެމްބަރު ނާޒިމްގެ ފަރާތުން ޓެކްސީ ޑްރައިވަރުންނަށް ޕީޕީއީ ހަވާލު ކުރުމުގެ ތެރެއިން
ފޭސްބުކް
ނާޒިމްއަފާ ފައުންޑޭޝަންގެ އެހީ
ނާޒިމްއަފާ ފައުންޑޭޝަނުން ޓެކްސީ ޑްރައިވަރުންނަށް 6000 ޕީޕީއީ ހަދިޔާކޮށްފި
 
ނާޒިމްގެ ގާތް ރަހުމަތްތެރިންވެސް ވަނީ ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދީފައި
 
ސެނެޓައިޒާ އަދި ފޭސްކު މާސްކު ހިމެނޭ

ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނަޒީމް (ކާނަލް ނާޒިމް) އަދި އަނބިކަނބަލުން އަފާފް އަބްދުލްމަޖީދުގެ ''ނާޒިމްއަފާ ފަައުންޑޭޝަން'' ގެ ފަރާތުން ދިވެހި ޑްރައިވަރުންގެ އެސޯސިއޭޝަނަށް، 6000 ޕަރސަނަލް ޕްރޮޓެކްޓިވް އިކުއިޕްމެންޓް (ޕީޕީއީ) ހަދިޔާ ކުރައްވައިފިއެވެ.

ނާޒިމްގެ ޓްވިޓަރ އެކައުންޓުގައި ފޮޓޯއެއް ހިއްސާކުރައްވަމުން ވިދާޅުވީ، ޕީޕީއީގެ އައިޓަމްސް ތެރޭގައި ސެނިޓައިޒަރ ފުޅި، ފޭސް މާސްކް އަދި އަންގި ހިމެނޭ ކަމަށެވެ. ނާޒިމްއަފާފް ފައުންޑޭޝަނުން ދަނީ ދަނގެތީގެ ރައްޔިތުންނަށް ވެސް އެކި ގޮތް ގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

މެމްބަރު ނާޒިމްގެ ގާތް ރަހުމަތްތެރިއެއް ކަމަށްވާ މެލޭޝިޔާގެ މަޝްހޫރު ލިންބާގް ހޯލްޑިންގެ ފައުންޑަރ ވިރާ ލިންގ ކާ ޗޮކް ވެސް ވަނީ ދާދި ފަހުން 1000 ޕީޕީއީ ސެޓް ރާއްޖެ އަށް ހަދިޔާކުރައްވާފައެވެ. އަދި އެ ކުންފުނިން ވަނީ މީގެ ކުރިން 60،000 މާސްކު ވެސް ރާއްޖެ އަށް ހަދިޔާކޮށްފައެވެ. އެތަކެތި ޑިޒާސްޓާ މެނެޖްމެންޓް އޮތޯރިޓީއާ ހަވާލުކުރެއްވީ މެމްބަރު ނާޒިމްއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަމަން ހަލީމް
100%
0%
0%
0%
0%
0%
ކޮމެންޓް