ކ. މާލެ
|
7 ޖޫން 2020 | އާދީއްތަ 19:29
ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު: ކުރީ ސަރުކާރުން އަޅާފައިވާ ފްލެޓްތަކަށް އެމަނިކުފާނު ވަނީ ފާޑު ވިދާޅުވެފައި
ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު: ކުރީ ސަރުކާރުން އަޅާފައިވާ ފްލެޓްތަކަށް އެމަނިކުފާނު ވަނީ ފާޑު ވިދާޅުވެފައި
ރައްޔިތުންގެ މަޖިލިސް
ހިޔާ މަޝްރޫއުގެ ފްލެޓްތައް
ހިޔާ މަޝްރޫއު އެޕާޓްމެންޓުތަކުގެ ކުލި ދެކޮޅު ނުޖެހޭ، އެއީ ދަރަނީގެ ދަންތުރައެއް: ރައީސް ނަޝީދު
 
ހައްގުވެރިންނަށް ފްލެޓް ދިނުމަކީ ސަރުކާރުގެ ވައުދެއް
 
ފްލެޓްތަކުގެ ކުއްޔަށް 11،000 ކަމަށް އެޗްޑީސީން ވަނީ ބުނެފައި
 
''ދަރަނީގެ ދަންތުރައެއް'' ކަމަށް ވިދާޅުވި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ފްލެޓްތަކުގެ ކުލި ދެކޮޅު ނުޖެހޭ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ފާޑު ވިދާޅުވެއްޖެއެވެ.

ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ ފްލެޓެއްގެ ފޮޓޯ އެއް ޓްވިޓަރ ގައި ހިއްސާކުރެއްވުމަށް ފަހު ނަޝީދު ވިދާޅުވީ، އެއީ ދަރަނީގެ ދަންތުރައިގެ ފޮޓޯއެއް ކަމަށެވެ. އެމަނިކުފާނު ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ބޯހިޔާވަހިކަން ފޯރުކޮށް ދިނުމުގެ ގޮތުން އަޅާފައިވާ ހިޔާ ފްލެޓްތަކަކީ ކުދި ކޮތަރު ކޮށިތަކެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

ހިޔާ މަޝްރޫއުގެ ފްލެޓްތަކުގެ އެޕާޓްމަންޓަކަށް މަހު ކުލީގެ ގޮތުގައި ގާތްގަނޑަކަށް 11،000 ރުފިޔާ ދައްކަން ޖެހޭނެ ކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަނީ މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނެފިއެވެ. ކުލީގެ ގޮތުގައި އެ އަދަދު ޖެހޭއިރު ''ދެން މި ކިހިނެއް ދެކޮޅު ޖައްސާނީ'' ކަމަށް ވިދާޅުވެ ރައީސް ނަޝީދު ފާޑު ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި އަޅާފައިވާ ފްލެޓްތަކެއް

ރައީސް ޔާމީންގެ ސަރުކާރުގައި ހުޅުމާލެ ފޭސް 2 ގައި 7000 ފްލެޓް އިމާރާތްކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. ނަމަވެސް، މި ފްލެޓްތައް ދިނުމުގައި ބޭއިންސާފުން ކަންކަން ކޮށްފައިވާކަމަށާއި، ޝަރުތު ހަމަނުވާ ގިނަ ބަޔަކަށް ފްލެޓް ލިބުނުއިރު، ހައްގުވެރިންނަށް ފްލެޓް ނުލިބޭ ކަމަށް ބުނެ ބައެއް ފަރާތްތަކުން ވަނީ ޝަކުވާކޮށްފައެވެ.

ހައްގުވެރިންނަށް ފްލެޓްތައް ހަވާލުކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. ފްލެޓްތަކުގެ މައްސަލަ ބަލަން ސަރުކާރުން ވަނީ ފްލެޓް ކޮމިޓީއެއްވެސް އެކުލަވާލާފައެވެ. ދާދި ފަހުން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީ ބައްދަލުވުމުގައި ހައުސިންގ މިނިސްޓަރ އައިމިނަތު އާތިފާ ވިދާޅުވީ، ރައީސް ސޯލިހުގެ ވިސްނުންފުޅާ އެއްގޮތަށް، މި އަހަރު ނިމުމުގެ ކުރިން ފްލެޓްތަކުގެ މަސައްކަތް ނިމި ފްލެޓްތައް ހަވާލުކުރެވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
80%
0%
20%
ކޮމެންޓް
8 ޖޫން 2020 | ހޯމަ 14:11
ސާއިމަަ
އަހަރުންގެ ބަނޑަށް ދަރިންކޮޅު ރާއްޖެތެރޭގައި މަރުވެއެޅޭްިރުވެސް މާލެ ފުލެޓުއުޅުމާ ބިންހިއްކުމުގަ. ލަދުވެސް ނުގަންނަނީތަ؟ ވޯޓު ކައިރިވީމަ ތިތަނުން ހޮސްޕިޓަލެއްވެސް ބޮލައްލައިގެން މިފަހަރު އަންނަންވާނީ މެނިފެސްޓޯ ގެންނަހެން