ކ. މާލެ
|
7 ޖޫން 2020 | އާދީއްތަ 18:04
ގުޅިފަޅު ހިއްކުމުގެ މަސައްކަތް ކުރިޔަށް ދަނީ: މުރަކަތަކަށް ކިސަޑުގެ އަސަރުކޮށް މަރުވަމުންދާ ކަމަށް ތިމާވެށި ހިމާޔަތްކުރުމަށް ގޮވާލާ ޖަމިއްޔާތަކުން ވަނީ ހާމަކޮށްފައި
ގުޅިފަޅު ހިއްކުމުގެ މަސައްކަތް ކުރިޔަށް ދަނީ: މުރަކަތަކަށް ކިސަޑުގެ އަސަރުކޮށް މަރުވަމުންދާ ކަމަށް ތިމާވެށި ހިމާޔަތްކުރުމަށް ގޮވާލާ ޖަމިއްޔާތަކުން ވަނީ ހާމަކޮށްފައި
މުހައްމަދު ޝާމް / އިންސްޓަރގްރާމް
ގުޅިފަޅު ހިއްކާ މައްސަލަ
ގުޅިފަޅު ޕްރޮޖެކްޓް މުހިންމު ނަމަވެސް ފަރުތައް ހަލާކު ވިޔަ ދީގެން ނުވާނެ: ރައީސް ނަޝީދު
 
ގުޅިފަޅުން ހިއްކާ ސަރަހައްދުގައި ހުރި މުރަކަތައް ބަދަލުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފަ
 
ނަމަވެސް އޭގެ ސަބަބުން ފަރުތަކަށް ގެއްލުން ލިބިގެން ނުވާނެ
 
ގުޅިފަޅު ޕްރޮޖެކްޓަކީ ނުހަނު ބޭނުންތެރި އަދި މުހިންމު ޕްރޮޖެކްޓެއް

ގުޅިފަޅު ޕްރޮޖެކްޓް މުހިއްމު ނަމަވެސް ނަމަވެސް އެ މަޝްރޫއާ ގުޅިގެން ފަރުތައް ހަލާކުވާން ދޫކޮށްލައިގެން ނުވާނެކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހު ކުރެއްވި ޓްވީޓެއްގައި ރައީސް ނަޝީދު ވިދާޅުވީ، ރައްޔިތުންގެ މަޖިލިހާއި އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގުޅިގެން، ގުޅިފަޅު ބިން ހިއްކާ ސަރަހައްދުގައި ހުރި މުރަކަތައް ހިމާޔަތް ކުރުމަށް އިތުރު ފިޔަވަޅުތަކެއް ހުށައެޅުމަށް ނިންމާފައިވާކަމަށެވެ. އަދި ސަރުކާރުން އެކަންތައް ގަބޫލުކުރާނެ ކަމަށް އުންމީދުކުރައްވާކަމަށް ވިދާޅުވިއެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، ގުޅިފަޅު ޕްރޮޖެކްޓަކީ ނުހަނު ބޭނުންތެރި އަދި މުހިންމު ޕްރޮޖެކްޓެއްކަމަށެވެ. ނަމަވެސް އޭގެ ސަބަބުން ފަރުތަކަށް ގެއްލުން ލިބިގެން ނުވާނެކަމަށާއި އިތުރު ގޮތްތަކެއް ހޯދަން ޖެހޭކަން ޓުވީޓުގައި ވަނީ ފާހަގަކޮށްފައެވެ.

މާލޭގެ ވިޔަފާރި ބަނދަރު ބަދަލުކުރަން ގުޅިފަޅުން ހިއްކާ ސަރަހައްދުގައި ހުރި މުރަކަތައް ބަދަލުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. ގުޅިފަޅު ހިއްކަން ފެށުމާއިއެކު އެ ސަރަހައްދުގައި ހުރި ފަރުތަކަށް އޭގެ ނޭދެވޭ އަސަރުކޮށް، މުރަކަތައް މަރުވަމުންދާ ކަމަށާއި، އެ މަޝްރޫއު މިހާރުން މިހާރަށް ހުއްޓާލުމަށް ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ވަނީ ގޮވާލާފައެވެ.

ގުޅިފަޅުން 16 މިލިއަން ކިއުބިކް މީޓަރު ހިއްކުމުގެ މަސައްކަތް ފަށާފައިވަނީ އެ ސަރަހައްދަށް މާލޭގެ ވިޔަފާރި ބަނދަރު ބަދަލުކުރުމަށެވެ. މި މަޝްރޫއާ ގުޅިގެން ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ އިރު، މިހާރު އަޅާފައިވާ މިޓިގޭޝަން ފިޔަވަޅުތައް މިހާރަށް ވުރެ ވަރުގަދަ ކުރަން ޖެހޭ ކަމަށް އީޕީއޭއިން ވަނީ ހާމަކޮށްފައެވެ. ރައްޔިތުންގެ މަޖިލިހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީން ވެސް މި މައްސަލަ ބަލަން ފަށާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
100%
0%
0%
ކޮމެންޓް