ކ. މާލެ
|
7 ޖޫން 2020 | އާދީއްތަ 16:31
ޖަޕާނުން ރާއްޖެ އަށް ދިން އެހީގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން
ޖަޕާނުން ރާއްޖެ އަށް ދިން އެހީގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން
ފޮރިން މިނިސްޓްރީ
ޖަޕާނުން ރާއްޖެ އަށް އެހީ ދިނުން
މެޑިކަލް އިކުއިޕްމަންޓް ގަންނަން ޖަޕާނުން 86.4 މިލިއަން ރުފިޔާގެ އެހީ ދީފި
 
އެހީ ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ޖަޕާނުގެ ސަފީރު ބައިވެރިވެ ވަޑައިގެންނެވި
 
ޖަޕާނުން ވަނީ މީގެ ކުރިންވެސް އެހީދީފައި
 
މިނިސްޓަރު ޝާހިދު ވަނީ ޖަޕާނުން ދިން އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައި

ޖަޕާނުން ރާއްޖެއަށް 600 މިލިއަން ޖަޕަނީޒް ޔެން (86.4 މިލިއަން ރުފިޔާ) ގެ ހިލޭ އެހީ ދިނުމުގެ އެއްބަސްވުމެއް ގައި މިއަދު ސޮއިކޮށްފިއެވެ.

އާދިއްތަ ދުވަހު މެންދުރުފަހު ފޮރިން މިނިސްޓްރީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އެހީގެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއެވެ. އަދި ޖަޕާނުގެ ފަރާތުން ސޮއިކުރެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީއެވެ.

ފޮރިން މިނިސްޓްރީން ބުނީ، އެހީގެ ދަށުން ރާއްޖޭގެ އެކި ރަށްރަށުގެ ސިއްހީ މަރުކަޒުތަކާ ހޮސްޕިޓަލްތަކުގެ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް 10 ބެޑްސައިޑް އެކްސްރޭ މެޝިން، 65 ބެޑްސައިޑް މޮނީޓަރ، 19 ޕޯޓަބަލް އަލްޓްރާ ސައުންޑް އިމޭޖް ސިސްޓަމް، 200 އޮޓޮމޭޓެޑް އެކްސްޓަރނަލް ޑިފިބްރިލޭޓަރސް އަދި 160 ސިރިން ޕަމްޕް ހޯދުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ޖަޕާނުގެ ސަފީރު އަދި ފޮރިން މިނިސްޓަރު -- ފޮޓޯ: ފޮރިން މިނިސްޓްރީ

ކޮވިޑް-19 އާ ދެކޮޅަށް ރާއްޖެއިން މަސައްކަތް ކުރަމުންދާ މި ދަނޑިވަޅުގައި ޖަޕާނުން ރާއްޖެއަށް ދިން ދީލަތި އެހީތެރިކަމަށް މިނިސްޓަރ ޝާހިދު ވަނީ ޝުކުރު އަދާކުރާއްވާފައެވެ. ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޖަޕާނުގެ ސަފީރު ކެއިކޯ ޔަނާއީ ވަނީ ކޮވިޑާ ދެކޮޅަށް ކުރަމުންދާ މަސައްކަތުގައި ބައިނަލްއަޤްވާމީ އެއްބާރުލުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުވާލައްވައި، އެ އެއްބާރުލުން ޖަޕާނުން ލިބޭނެ ކަމަށް ވިދާޅުވެފައެވެ.

މިދިޔަ މަހު ވެސް ޖަޕާނުން ވަނީ ޔުނިސެފް މެދުވެރިކޮށް 5.6 މިލިއަން ރުފިޔާ އަދި މޯލްޑިވްސް ރެޑް ކްރެސެންޓް މެދުވެރިކޮށް 2.9 މިލިއަން ރުފިޔާގެ އެހީވެސް ރާއްޖެއަށް ދީފައެވެ. އަދި ހަމައެއާއެކު ޔޫއެންޑީޕީ މެދުވެރިކޮށް، ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ލިބޭ ގެއްލުންތަކުން އަރައިގަތުމަށް، ކުދި ވިޔަފާރިތަކަށް އެހީވުމަށް 21.5 މިލިއަން ރުފިޔާގެ އެހީވެސް އެ ގައުމުން ވަނީ ރާއްޖެއަށް ދީފައެވެ.

އެ ރަސްމިއްޔާތުގައި ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޝިޔާމާ މުހައްމަދު އާއި، ނޭޝަނަލް ޑިޒާސްޓަރ މެނެޖްމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބައިވެރިވެވަޑައިގަތެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް
9 ޖޫން 2020 | އަންގާރަ 12:34
އަލީ
މިހާރުވެސް ރަށްތަކުގައި މިނިސްޓްރީމީހުން ސާމާނުގެނެސް ފަ އިންސްޓޯލްނުކޮއް އެބަހުރިހަލާކުވަންދެން... އެސްޓީއޯ މެދުވެރިކޮށް ގެންނަތަކެތީގެ ބައިބައިމަދު.... ގެނެސްބޭނުންނުކޮށް 5އަހަރު ވެ ފައިވާ ތަކެތިވެސްހިމެނޭ އިންސްޓަލޭސަން ނުހަދާ... މިކަންމިނިސްޓްރީއިން ނުބަލާކަން އެއީ އެތާތިބިމީހުން ޒިންމާނަގާވަރު
9 ޖޫން 2020 | އަންގާރަ 12:34
އަލީ
މިހާރުވެސް ރަށްތަކުގައި މިނިސްޓްރީމީހުން ސާމާނުގެނެސް ފަ އިންސްޓޯލްނުކޮއް އެބަހުރިހަލާކުވަންދެން... އެސްޓީއޯ މެދުވެރިކޮށް ގެންނަތަކެތީގެ ބައިބައިމަދު.... ގެނެސްބޭނުންނުކޮށް 5އަހަރު ވެ ފައިވާ ތަކެތިވެސްހިމެނޭ އިންސްޓަލޭސަން ނުހަދާ... މިކަންމިނިސްޓްރީއިން ނުބަލާކަން އެއީ އެތާތިބިމީހުން ޒިންމާނަގާވަރު