ކ. މާލެ
|
7 ޖޫން 2020 | އާދީއްތަ 15:52
ފުލުހުން މަގުމަތި ބަލަހައްޓަނީ- ފުރަބަންދު އަމުރާ ޙިލާފުވާ ފަރާތްތައް ޖޫރިމަނާ ކުރަނީ 1000ރ. އިން
ފުލުހުން މަގުމަތި ބަލަހައްޓަނީ- ފުރަބަންދު އަމުރާ ޙިލާފުވާ ފަރާތްތައް ޖޫރިމަނާ ކުރަނީ 1000ރ. އިން
ޕޮލިސް
މާލެސިޓީގެ ފުރަބަންދުގެ ޙާލަތު
ފުރަބަންދު އަމުރާ ހިލާފުވެގެން ޖޫރިމަނާގެ ގޮތުގައި 8 މިލިއަން ރުފިޔާ!
 
ލޮކްޑައުން އަމުރާ ޚިލާފުވެގެން މިހާތަނަށް 7937 މީހުން ޖޫރިމަނާކޮށްފައިވޭ
 
އެ ފަރާތްތަކުން ދައުލަތަށް 7،937،000ރ ދައްކަން ޖެހޭ
 
މިހާތަނަށް ހައްޔަރުކޮށްގެން ގެންގޮސްފައިވަނީ 448 މީހެއް

ކޮވިޑް-19 ފެތުރުން ހުއްޓުވުމުގެ ގޮތުން މާލެ ސިޓީގައި އިއުލާނު ކޮށްފައިވާ ފުރަބަންދުގެ އަމުރާ ޚިލާފުވެގެން ހޮނިހިރު ދުވަހު ޖުމުލަ 262 މީހަކު ޖޫރިމަނާ ކޮށް، އިތުުރު 11 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްއިން އާންމުކޮށްފައިވާ ތަފާސްހިސާބު ތަކަށް ބަލާއިރު، ހޮނިހިރު ދުވަހު މާލެއިން 244 މީހަކު، ހުޅުމާލެއިން 12 މީހަކު އަދި ވިލިމާލެއިން 6 މީހުންނާއި އެކު މާލެ ސިޓީން ޖުމުލަ 262 މީހަކު ޖޫރިމަނާ ކޮށްފައިވެއެވެ.

އެއާއެކު ފުރަބަންދު އަމުރާއި ޚިލާފުވެގެން މިހާތަނަށް ޖޫރިމަނާ ކުރި މީހުންގެ ޖުމުލަ ޢަދަދަކީ 7،937 އެވެ. މި އަދަދުތަކާއެކު މިހާތަނަށް ޖޫރިމަނާ ކޮށްފައިވާ ފަރާތްތަކުން ދައުލަތަށް ދައްކަން ޖެހޭ ފައިސާގެ އަދަދަކީ 7،937،000ރ. (ހަތް މިލިއަން ނުވަ ލައްކަ ތިރީސް ހަތް ހާސް) އެވެ. ފުރަބަންދު އަމުރާއިި ޚިލާފުވެގެން ޖޫރިމަނާ ކުރާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ.

ފުރަބަންދު އަމުރާ ޚިލާފުވާ ފަރާތްތައް ޖޫރިމަނާ ކުރަނީ 1000ރ. އިންނެވެ. މި އަމަލު ތަކުރާރު ކުރާނަމަ، ޤާނޫނުލް އުޤޫބާތުގެ 533 ވަނަ މާއްދާގެ (ހ) ދަށުން ހައްޔަރު ކުރުމުގެ ބާރު ފުލުހުންނަށް ލިބެއެވެ.

މީގެ އިތުރުން ޖޫން މަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް ޖުމުލަ 448 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި މާލެއިން ހައްޔަރު ކުރި 405 މީހުންނާއި، ހުޅުމާލެއިން ހައްޔަރު ކުރި 40 މީހުންނާއި، ވިލިމާލެއިން ހައްޔަރު ކުރި 03 މީހަކު ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް