ކ. މާލެ
|
7 ޖޫން 2020 | އާދީއްތަ 15:54
މޯލްޑިވިއަން ފްލައިޓެއްގައި މީގެ ކުރިން ވެސް ދިވެހިން ރާއްޖެ ގެނެސްދީފައިވޭ
މޯލްޑިވިއަން ފްލައިޓެއްގައި މީގެ ކުރިން ވެސް ދިވެހިން ރާއްޖެ ގެނެސްދީފައިވޭ
މޯލްޑިވިއަން
ލަންކާގައި ތިބި ދިވެހިން ގެނައުން
ލަންކާގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް މިމަހުގެ 10 ގައި ފަށާނެ: ފޮރިން މިނިސްޓްރީ
 
ފްލައިޓްގައި ޖާގަ ހުރި މިންވަރަކުން އިތުރު މީހުންނަށް ޖާގަ ދެވޭނެ
 
ކޯސް ނިމިފައި ތިބި ދަރިވަރުންނަށް ވެސް އިސްކަން ދޭނެ
 
ބޭސްފަރުވާއަށް ގޮސް އަނބުރާ ރާއްޖެ ނާދެވި ތިބި މީހުންނަށް އިސްކަން ދޭނެ

ސްރީލަންކާގައި ތިބި ރާއްޖެއަށް އަންނަން ބޭނުންވާ ދިވެހިން ގެނައުމުގެ މަސައްކަތް މިމަހުގެ 10 ގައި ފަށާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ ސްރީލަންކަން އެއަރލައިންސްއިން އޮޕަރޭޓް ކުރާ ފުރަތަމަ ފްލައިޓްގައި ރާއްޖެއަށް އަންނާނީ ލަންކާއަށް ބޭސްފަރުވާއަށް ގޮސް އަނބުރާ ރާއްޖެ ނާދެވި ތިބި ފަރާތްތަކާއި، ފަތުރުވެރިންގެ ގޮތުގައި ލަންކާއަށް ގޮސް ނާދެވި ތިބި ފަރާތްތަކާއި، ކިޔަވާ ދަރިވަރުންގެ ތެރެއިން ކޯސް ނިމި އެހެން ނަމަވެސް ރާއްޖެއަށް އަނބުރާ ނާދެވި ތިބި ފަރާތްތަކާއި، ސިއްހީ ސަބަބުތަކަށްޓަކައި އަނބުރާ އަންނަން ބޭނުންވާ ފަރާތްތައް އަދި ދިރިއުޅުމުގެ ހާލަތު ހުރި ގޮތުން އެނބުރި އަންނަން ބޭނުންވާ ފަރާތްތައް ކަމަށެވެ.

ފޮރިން މިނިސްޓްރީން ބުނީ ފްލައިޓްގައި ޖާގަ ހުރި މިންވަރަކުން އިތުރު ފަރާތްތަކަށް ވެސް ޖާގަ ދެވޭނެ ކަމަށެވެ. އަދި ފްލައިޓްގެ ސީޓިންގ ކެޕޭސިޓީއަކީ ލިމިޓެޑް ކެޕޭސިޓީއެއް ކަމުން އަންނަން ބޭނުންވާ ހުރިހާ ފަރާތްތަކަށް ފުރަތަމަ ފްލައިޓުން ޖާގަ ނުލިބުމަކީ އެކަށީގެންވާ ކަމެއް ކަމަށް މިނިސްޓްރީން ބުނެއެވެ.

ފޮރިން މިނިސްޓްރީން ބުނީ ކުރިއަށް އޮތްތަނުގައި އިތުރު ފްލައިޓްތައް ކޮލޮމްބޯއިން މާލެއަށް ބާއްވާނެ ކަމަށާއި، ލަންކާގެ އިތުރުން ދިވެހިން ތިބި އެހެން ގައުމުތަކުގައި ތިބި ދިވެހިންގެ ތެރެއިން ކޮންމެހެން ރާއްޖެ އަންނަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ފަހިކޮށްދިނުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށެވެ.

މި މަސައްކަތުގައި ކޮވިޑް-19ގެ ސަބަބުން ކަމާ ބެހޭ ފަރާތްތަކުން ކަނޑައަޅާފައިވާ އުސޫލުތަކަށާއި، ހާލަތާއި ގުޅޭ ގޮތުން އުސޫލުތަކަށް އަންނަ ބަދަލުތަކަށް ރިއާޔަތް ކުރެވޭނެއެވެ. ބޭރު ގައުމުތަކުން ރާއްޖެ އަންނަ ދިވެހިން ހެލްތު ޕްރޮޓެކްޝަން އެޖެންސީއިން ކަނޑައަޅާ އުސޫލެއްގެ މަތިން، ކަނޑައަޅާ މުއްދަތަކަށް ކަރަންޓީން ކުރާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަމަން ހަލީމް
0%
100%
0%
0%
0%
0%
ކޮމެންޓް
7 ޖޫން 2020 | އާދީއްތަ 22:22
މިނިސްޓްރީ ގެ މުވައްޒަފުންގެ އާއިލާ އަށް އިސްކަން ދެނީ.