ކ. މާލެ
|
6 ޖޫން 2020 | ހޮނިހިރު 18:07
ކޮމިއުނިކޭޝަންސް، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު
ކޮމިއުނިކޭޝަންސް، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު
ރާއްޖެއެމްވީ
އިތުރު ސަބްމެރިން ކޭބަލް އެޅުން
އިންޑިއާ އާއި ރާއްޖެއާއި ދެމެދު އިތުރު ސަބްމެރިން ކޭބަލްއެއް އެޅުން އަވަސް ކުރުވާނަން: މަލީހު
 
އެންމެ ޒަމާނީ ކޭބަލް އެޅުމުން އެކަމުގެ މަންފާ ދިވެހިރާއްޖެއަށް ކުރާނެ: މަލީހު

އިންޑިއާ އާއި ރާއްޖެއާއި ދެމެދު އަޅާފައިވާ ކޭބަލް ވަނީ އައުޓްޑޭޓްވެފައި ކަމަށާއި އިތުރު ސަބްމެރިން ކޭބަލް އެއް އިންޑިއާ އާއި ރާއްޖެއާޢި ދެމެދު އެޅުން އަވަސް ކުރުވާނެ ކަމަށް ކޮމިއުނިކޭޝަންސް، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެ އެވެ.

އުރީދޫ އަދި ދިރާގު ސަބްމެރިން ކޭބަލް މިއަހަރުގެ ފަހުކޮޅު އަޅާ ނިމޭނެ ކަމަަށް ބުނެފައިވާއިރު މިނިސްޓަރ މިކަމާއި ގުޅިގެން ކުރެއްވި ޓުވީޓުުގައި ވަނީ އެންމެ ޒަމާނީ ކޭބަލް އެޅުމުން އެކަމުގެ މަންފާ ދިވެހިރާއްޖެއަށް ކުރާނެ ކަމަށެވެ.

ސަބްމެރިން ކޭބަލްގެ މަސައްކަތް ވާވޭ އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް އާއި ހަވާލުކޮށްފައިވާއިރު އެ ކުންފުނީގެ ދަށުން ހިންގާ "ވާވޭ މެރައިން" އިން ވަނީ މި ކޭބަލް އެޅުމަށް ކުރަން ޖެހޭ ކަނޑުގެ ދިރާސާތައްކޮށްފައެވެ. އެގޮތުން އެކުންފުނިން ބުނެފައިވަނީ ދިރާގާއި އުރީދޫ ގުޅިގެން ރާއްޖެ އާއި ސްރީލަންކާއާ ދެމެދު އަޅަން ނިންމާފައިވާ ސަބްމެރިން ކޭބަލް މި އަހަރު ފަހުކޮޅު އަޅައި ނިންމޭނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
100%
0%
0%
ކޮމެންޓް