ކ. މާލެ
|
6 ޖޫން 2020 | ހޮނިހިރު 15:30
މޯލްޑިވްސް ރެސިލިއަންޓް ރީފްސް ޕްރޮޖެކްޓުގެ ފަރާތުން ހިއްސާކޮށްފައިވާ ފޮޓޯއެއް
މޯލްޑިވްސް ރެސިލިއަންޓް ރީފްސް ޕްރޮޖެކްޓުގެ ފަރާތުން ހިއްސާކޮށްފައިވާ ފޮޓޯއެއް
ޓްވިޓަރ
ފަރުތައް ހިމާޔަތްކުރުން
މޯލްޑިވްސް ރެސިލިއަންޓް ރީފްސް ޕްރޮޖެކްޓުގެ ފަރާތުން އާ ކެންޕޭނެއް ލޯންޗުކޮށްފި
 
ންޕޭނުގެ މަގްސަދަކީ ރާއްޖޭގެ ފަރުތަކުގައި އުޅޭ ދިރުންތަކުގެ ތެރެއިން، ހިފައި ހުސްކުރުމުގެ ނުރައްކާ ބޮޑު ބާވަތްތައް ދެނެގަތުން
 
ކެންޕޭނު 4 ހަފުތާއަށް ދެމިގެންދާނެ
 
ހިފައި ހުސްވުމުގެ ނުރައްކާ ބޮޑުވެފައިވާ މަސްމަހާމެހި ނުދަންނަ އެތައް ބަޔަކު އުޅޭ

ދުނިޔޭގެ މާސިންގާ ކަނޑުތަކުގެ ދުވަސް، ފާހަގަކުރުމަށްޓަކައި މޯލްޑިވްސް ރެސީލިއަންޓް ރީފްސް ޕްރޮޖެކްޓުގެ ފަރާތުން#FishForTomorrow"މާދަމާއަށް ބަލައިގެން" ނަމުގައި ކެމްޕެއިންއެއް ލޯންޗުކޮށްފިއެވެ.

މިކަމާއި ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކެންޕޭނުގެ މަގްސަދަކީ ރާއްޖޭގެ ފަރުތަކުގައި އުޅޭ ދިރުންތަކުގެ ތެރެއިން، ހިފައި ހުސްކުރުމުގެ ނުރައްކާ ބޮޑު ބާވަތްތައް ދެނެގަތުމަށް ދިވެހީން ފަރިތަކުރުން ކަމަށެވެ. އަދި ޒިންމާދާރު ގޮތުގައި މަސްވަރިކަން ކުރުމަށް ފަރިތަކޮށް 'މާދަމާއަށް ބަލައިގެން' މަސްވެރިކަން ކުރާކަން" ކަށަވަރުކުރުން ކަމަށެވެ.

ކޮވިޑް-19 އާއި ގުޅިގެން ގިނަ ބައެއްގެ ވަޒީފާ ގެއްލިފައިވާ މި ދަނޑިވަޅުގައި އާމްދަނީ ހޯދުމަށާއި ކައިބޮއެ އުޅެވޭނެ ގޮތެއް ހޯދުމަށްޓަކައި ފަރުމަސްވެރިކަމަށް ގިނަ ބަޔަކުދާއިރު, ހިފައި ހުސްވުމުގެ ނުރައްކާ ބޮޑުވެފައިވާ މަސްމަހާމެހި ނުދަންނަ އެތައް ބަޔަކު އުޅޭކަން ވަނީ ފާހަގަކޮށްފައެވެ.

މިކަމާއި ގުޅިގެން، މޯލްޑިވްސް ޕްރޮޖެކްޓް މެނޭޖަރ ޝާހާ ހާޝިމް ވިދާޅުވީ "ރާއްޖޭގައި ކޯވިޑް-19ގެ ފިޔަވަޅުތައް އަޅަންފެށި ތާ ކައިރީގައި ގިނަ ބައެއްގެ މަސް ދަތުރުތަކުގެ ފޮޓޯތައް ސޯޝަލް މީޑިޔާގައި އާއްމުވިކަމަށާއި ބައެއް ފޮޓޯތަކުގައި 30 ގާހަކަ ނުވަތަ 20 ލަނޑާ އެއްފަހަރާ ބާނާފާހުރިތަން ފެނުނުކަމަށެވެ. މިގޮތައް މަސްވެރިކަން ކުރުމުން މަސްވެރިކަން ފަނާވެ ފަރުތަކަށް ގެއްލުން ލިބޭނެކަމަށް އޭނާ ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން ލާމު ރިސަރޗް އެސިސްޓަންޓް އަލީ ޝަރީފު ވިދާޅުވީ މަސްވެރިކަމަކީ ދިވެހިންގެ ލެޔާ ގުޅިފައިވާ ކަމެއްކަމަށާޢި އެކަމަކު ރަނގަޅުގޮތުގައި ނުކުރެވިއްޖެނަމަ ރަށްތަކަށް ހިމާޔަތްދީ ކާނާއާއި އާމްދަނީގެ އަސްލުކަމުގައިވާ ފަރުތަކަށް އިޔާދަނުކުރެވޭހާ ގެއްލުންތަކެއް ލިބިދާނެކަމަށެވެ.

މިކެންޕޭނު 4 ހަފުތާއަށް ދެމިގެންދާއިރު، ހިފައި ހުސްވުމުގެ ނުރައްކާ ކުރިމަތިވެފައިވާ މަސްމަހާމެހި ހެދިބޮޑުވާ ގޮތުގެ މައުލޫމާތާއި މާދަމާއަށް ބަލައިގެން މަސްވެރިކަންކުރަންވީ ސަބަބުތައް ހިއްސާކުރެވޭނެއެވެ.

މޯލްޑިވްސް ރެސީލިއަންޓް ރީފްސް ޕްރޮޖެކްޓަކީ އިނގިރޭސި ވިލާތުގެ ބްލޫ މެރިން ފައުންޑޭޝަނުން ދިވެހިރާއްޖޭގައި ހިންގާ ޕްރޮޖެކްޓެވެ. މި ޕްރޮޖެކްޓުގެ އަމާޒަކީ ދިވެހިންނާއި ރާއްޖޭގެ ތިމާވެށި އަދި އިގުތިސާދުގެ ރައްކާތެރިކަމަށްޓަކައި މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް ބޭނުންވާ ފަރުތަކުގެ ދުޅަހެޔޮކަން ދެމެހެއްޓުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި