ކ. މާލެ
|
5 ޖޫން 2020 | ހުކުރު 23:21
އައްޑޫ ސިޓީގެ މަތިން ނަގާފައިވާ މަންޒަރެއް
އައްޑޫ ސިޓީގެ މަތިން ނަގާފައިވާ މަންޒަރެއް
މިހާރު
ކޮވިޑް-19 އައްޑޫ ސިޓީ
އައްޑޫ ސިޓީ ތެރޭގައި ދަތުރުކުރުމަށް ލުއިތަކެއް
 
ޕިކްނިކް ދިޔުމުން މަނާވާނެ
 
ކޮންމެހެން ދާން ޖެހިގެން މެނުވީ އެއް އަވަށުން އަނެއް އަވަށަށް ދަތުރުނުކުރުމަށް އިލްތިމާސްކުރޭ
 
ކޮންމެ ދުވަހެއްގެ ހެނދުނު 06:00 އިން 18:00 އަށް ހުއްދަ އާއި އެކު ދަތުރުކުރެވޭނެ

ކޮވިޑް-19 އާ ގުޅިގެން އައްޑޫ ސިޓީގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމުގެ ގޮތުން އައްޑޫގެ އެއް އަވަށުން އަނެއް އަވަށަށް ދަތުރުކުރުމުގެ ހުއްދަ ދޭން ފަށައިފި އެވެ.

އައްޑޫ ސިޓީ ކައުންސިލުން އާއްމުކޮށްފައިވާ ބަޔާނެއްގައި ބުނީ، ހޮނިހިރު ދުވަހުން ފެށިގެން ކޮންމެ ދުވަހެއްގެ ހެނދުނު 06:00 އިން 18:00 އަށް އައްޑޫގެ އެއް އަވަށުން އަނެއް އަވަށަށް ފުލުހުންގެ ހުއްދައަކާއި ނުލައި ދަތުރު ކުރެވޭނެ ކަމަށެވެ. އެ ވަގުތުތައް ފިޔަވައި އެހެން ވަގުތުތަކުގައި ޒަރޫރީ ބޭނުންތަކަށާއި ސިއްހީ ފަރުވާ ހޯދުމަށްޓަކައި އެއް އަވަށުން އަނެއް އަވަށަށް ދަތުރުކުރެވޭނީ ފުލުހުންގެ ހުއްދަ ހޯދައިގެން ކަމަށް އައްޑޫ ސިޓީން ބުންޏެވެ.

ހުޅުދޫ އަދި މީދޫ ރައްޔިތުން ގުޅިފައިވާ ރަށްތަކަށް ދަތުރުކުރުމަށް ފެރީގެ ހިދުމަތްދޭން ހަމަޖެހިފައިވާ ގަޑިތައް ސަދަރން ޓްރާންސްޕޯޓް ލިންކް އިން އާއްމު ކުރަމުން ގެންދާނެ ކަމަށް ހުކުރު ދުވަހު އައްޑޫ ސިޓީ ކައުންސިލުން ނެރެފައިވާ ނޫސް ބަޔާނުގައި ބުންޏެވެ.

ލުއި ފަސޭހަތަކެއް ދިން ކަމުގައި ވީނަމަވެސް، ކޮންމެހެން ދާން ޖެހިގެން މެނުވީ އެއް އަވަށުން އަނެއް އަވަށަށް ދަތުރުނުކުރުމަށާއި ގިނަ މީހުން އެއްވާ ތަންތަނަށް އެއްވެ ނުއުޅުމަށް ވަނީ އިލްތިމާސް ކޮށްފަ އެވެ. ސިޓީ ކައުންސިލުން ބުނީ، ލުއި ފަސޭހަތައް މިހެން އޮތްކަމުގައި ވީނަމަވެސް ދަތުރު (ޕިކްނިކް) ދިއުމަކީ މަނާ ކަމެއް ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް