ކ. މާލެ
|
5 ޖޫން 2020 | ހުކުރު 19:16
އެންވަޔަރަމެންޓް މިނިސްޓަރ ޑރ. ހުސެއިން ރަޝީދު ހަސަން
އެންވަޔަރަމެންޓް މިނިސްޓަރ ޑރ. ހުސެއިން ރަޝީދު ހަސަން
ޔޫސުފް ސޮފްވާން ރަޝީދު
ތިމާވެށިގެ ދުވަހާއި ގުޅިގެން ދެއްވި ޚިތާބު
އަޅުގަނޑުމެންގެ ވެއްޓާމެދު އޮތް ބުރަބޮޑު ޒިންމާ އުފުލަމާތޯ!
 
ދިރިއުޅުން އަލުން އާރާސްތުކޮށް ކުރިއަށް ވުރެ މޮޅަށް ބިނާކުރުމަށް ލިބޭ ފުރުސަތަކަށް ހަދަން ޖެހޭ: މިނިސްޓަރ

މިއަދަކީ ވެށި ޙިމާޔަތްކޮށް ރައްކާތެރިކުރުމާއެކު ދުނިޔޭގެ ޠަބީޢަތުގެ މަސަލަސްކަން ނުގެއްލޭ ގޮތެއްގެ މައްޗަށް ދިރިއުޅުން އަލުން އާރާސްތުކޮށް ކުރިއަށް ވުރެ މޮޅަށް ބިނާކުރުމަށް ލިބޭ ފުރުސަތަކަށް ހެދުމަށް އެންވަޔަރަމެންޓް މިނިސްޓަރ ޑރ. ހުސެއިން ރަޝީދު ހަސަން ގޮވާލައްވައިފިއެވެ.

ދުނިޔޭގެ ތިމާވެށިގެ ދުވަހުގެ މުނާސަބަތުގައި މިނިސްޓަރ ދެއްވި ޚިތާބުގައި ވިދާޅުވެފައިވަނީ ޖަޒީރާ މާހައުލުގެ ނިޒާމުތައް ދެމެހެއްޓުމަށްޓަކައި ފަރުދީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި ރަށު ފެންވަރުގަޔާއި ގައުމީ ފެންވަރުގައި އަޅާ ފިޔަވަޅުތައް އެޅުމުގައި ފަރުދީގޮތުން ބައިވެރިވުމަކީ ޒިންމާއެއް ކަމަށެވެ. އަދި މުޅި ދުނިޔެއަށް ކުރިމަތިވެފައިމިވާ ބަލި މަޑުކަން، ކޮވިޑް-19 އިން ހަނދާންކޮށްދޭ އެއްކަމަކީ، ވެއްޓަށް ބަރޯސާވާން ޖެހިފައިވާ މިންވަރު ކަމަށެވެ. އެހެންކަމުން މިއީ، ވެށި ޙިމާޔަތްކޮށް ރައްކާތެރިކުރުމާއެކު ދުނިޔޭގެ ޠަބީޢަތުގެ މަސަލަސްކަން ނުގެއްލޭ ގޮތެއްގެ މައްޗަށް ދިރިއުޅުން އަލުން އާރާސްތުކޮށް ކުރިއަށް ވުރެ މޮޅަށް ބިނާކުރުމަށް ލިބޭ ފުރުސަތަކަށް ހަދަން ޖެހޭ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ އިންޑިޔާ ކަނޑުގައި މުރަކައިގެ އަތޮޅުތަކެއްގެ ގޮތުގައި އުފެދިފައިވާ ޤައުމެއްގެ ހައިސިއްޔަތުން ދިރިތިބުމާއި ދިރިތިބުމަށްޓަކައި ކާނާއާއި އާމްދަނީ ހޯދުމަށް ކުރާ މަސްއްކަތްތައް ބިނާވެފައި ވަނީ ދުނިޔޭގެ ތަބީޢަތުގެ މައްޗަށް ކަމަށެވެ. އަދި ޤުދުރަތީ މުއްސަނދިކަމުގެ ވަސީލަތްތަކާއި ވެށީގެ ޚިދުމަތްތަކުގެ މައްޗަށް ކަން ފާހަގަކުރެއްވިއެވެ.

ބޭނުންވާ އިޤްތިޞާދީ ކުރިއެރުން ހޯދުމުގައްޔާއި، ކާބޯތަކެތި ހޯދުމުގައި ބަރޯސާވަނީ އަޅުގަނޑުމެންގެ ވަށައިގެންވާ މުރަކަ ފަރުތަކާއި ސާފު ކަނޑުތަކުން ފޯރުކޮށްދޭ ޤުދުރަތީ މުއްސަނދިކަމާއި ޚިދުމަތްތަކުގެ މައްޗަށް ކަން ވެސް ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ އިޤްތިޞާދުގެ އެންމެ މުހިންމު ދެ ތަނބު ކަމުގައިވާ ފަތުރުވެރިކަމާއި މަސްވެރިކަން ބިނާވެފައިވަނީ ކަނޑުގެ ދިރުންތަކުގެ ދެމެހެއްޓެނެވިކަމުގެ މައްޗަށްކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމުގައްޔާއި ސާފު ބޯފެން ހޯދުމުގައްޔާއި އަތިރިތައް ގިރައިގެން ދިޔަނުދީ ދެމެހެއްޓުމުގައްޔާއި ވެލި އުފެދޭކަން ކަށަވަރުކުރަމުން ދިޔުމުގައްޔާއި ޤުދުރަތީ ކާރިސާތަކުން ރައްކާތެރިވުމުގައި ބަރޯސާވަނީ ވެށީގެ ދިރުންތަކަށާއި ކަނޑުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ މައްޗަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ހުރިހާ ސިޔާސަތުތަކެއް ކަނޑައަޅައި ތަންފީޒުކުރުމުގައިވެސް، ވެއްޓަށްޓަކައި މިންވަރެއްގައި ކަންކަންކުރާކަން ކަށަވަރުކުރަމުން ގެންދަންވާނެކަމަށާއި ޤުދުރަތީ މުއްސަނދިކަން ހަރުދަނާގޮތެއްގައި މެނޭޖުކޮށް ދެމެހެއްޓެނެވި އިޤްތިޞާދީ ތަރައްޤީއަށް އެހީތެރިވެދޭންޖެހޭނެ ކަަންވެސް ފާހަގަކުރެއްވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް