ކ. މާލެ
|
5 ޖޫން 2020 | ހުކުރު 19:07
ވެންޓިލޭޓަރ އުފެއްވި ޒުވާނާ
ވެންޓިލޭޓަރ އުފެއްވި ޒުވާނާ
ފެނަކަ ކޯޕަރޭޝަން
ފެނަކަ ކޯޕަރޭޝަންއިން ވަޒީފާގެ
ވެންޓިލޭޓަރ އުފެއްދި ޒުވާނާއަށް ފެނަކައިން ވަޒީފާގެ ފުރުސަތު ދީފި
 
ނައިބު ރައީސްވެސް ވަނީ އަޝްހަމްގެ މަސައްކަތައް ތައުރީފް ކުރައްވާފައި
 
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ހުނަރުވެރި ގާބިލް ޒުވާނުންނަށް ފެނަކައިން ފުރުސަތު އޮންނާނެ
 
ކުންފުނީޣެ މެނޭޖިންގް ޑިރެކްޓަރ ވަނީ އަޝްހަމްގެ މަސައްކަތައް ތައުރީފް ކުރައްވާފައި

އަމިއްލަ ވެންޓިލޭޓަރެއް އުފެއްދި ށ. ގޮއިދޫއަށް ނިސްބަތްވާ އުމުރުން 19 އަހަރުގެ އަހްމަދު އަޝްހަމް އަށް ފެނަކަ ކޯޕަރޭޝަނުން ވަޒީފާގެ ފުރުސަތު ދީފިއެވެ.

މިކަން ހާމަކޮށް ފެނަކަ ކޯޕަރޭޝަންއިން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ، އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ އަހުމަދު ސައީދު އަޝްހަމް އަށް ފޯނުން ގުޅުއްވައި ވެންޓިލޭޓަރ އުފެއްދިކަމަށްޓަކައި އޭނާގެ ހުނަރުވެރި މަސައްކަތައް ތަޢުރީފްކުރައްވައި މަރުހަބާ ކިޔާފައިވާކަމަށެވެ. އަދި މިފަދަ މަސައްކަތް ކުރުމަށް ހިއްވަރުދެއްވައި، އެ ކުންފުނިން ވަޒީފާގެ ފުރުސަތު ދެއްވާފައެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ހުނަރުވެރި ގާބިލް ޒުވާނުންނަށް ފެނަކައިން ފުރުސަތު އޮންނާނެކަމަށް އެ ކުންފުނިން ކޮށްފައިވާ ޓުވީޓުގައި ވަނީ ފާހަގަކޮށްފައެވެ.

އަޝްހަމްގެ މި މަސައްކަތަށް ގިނަ ބައެއްގެ ތައުރީފް އޮހެމުން އަންނައިރު، ނައިބު ރައީސް ފައިސަލް ނަސީމްވެސް ވަނީ އަޝްހަމްއަށް ފޯނުން ގުޅުއްވާ އޭނާގެ މަސައްކަތްތަކަށް ތައުރީފްކުރައްވައި ހިއްވަރުދެއްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
100%
0%
0%
0%
0%
ކޮމެންޓް