ކ. މާލެ
|
5 ޖޫން 2020 | ހުކުރު 19:10
ރ. ވާދޫއަށް ގެނައި އިލެކްޓްރިކް މިނީ ބަސް
ރ. ވާދޫއަށް ގެނައި އިލެކްޓްރިކް މިނީ ބަސް
ފޭސްބުކް
އިއާދަކުރަނިވި ހަކަތަށް ބަދަލުވުން
އިއާދަކުރަނިވި ހަކަތައަށް ބަދަލުވުމުގެ މަޝްރޫއު: ރ. ވާދޫއަށް އިލެކްޓްރިކް މިނީ ބަހެއް ގެނެސްފި
 
ރަށު ރައްޔިތުން ބޭނުން ކުރާ އުޅަނދުތައް ހިލޭ ޗާޖު ކުރެވޭ ގޮތް ހަދައިދިނުމަކީ އަމާޒެއް
 
ޕްރޮޖެކްޓެއް ހިންގުމުގެ މަގްސަދަކީ ވާދޫއަކީ ތިމާވެއްޓާއި ރައްޓެހި ރަށަކަށް ހެދުން

'އިއާދަކުރަނިވި ހަކަތައަށް ރައްޔިތުން ބަދަލުވުމުގެ' މަޝްރޫއުގެ ދަށުން ރ. ވާދޫ އަށް އިލެކްޓްރިކް މިނީ ބަހެއް ގެނެސްފިއެވެ.

މިކަމާއި ގުޅިގެން ވާދޫ ކައުންސިލްގެ ރައީސް، ހުސެއިން އަލީ 'ރާއްޖެއެމްވީ' އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މި މަޝްރޫއުއަކީ ވާދޫގެ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ވާދޫ އެސޯސިއޭޝަން ފޯރ ފިއުޗަރ ޑިވެލޮޕްމެންޓް (ވީއޭއެފްޑީ) އާއި ވާދޫ ކައުންސިލްއާއި ގުޅިގެން ޔޫއެންޑީޕީގެ ދަށުން ހިންގާ މަޝްރޫއުއެއް ކަމަށެވެ.

އޭނާ ވިދާޅުވީ މި ފަދަ ޕްރޮޖެކްޓެއް ހިންގުމުގެ މަގްސަދަކީ ވާދޫއަކީ ތިމާވެއްޓާއި ރައްޓެހި ރަށަކަށް ހަދާ، މުސްތަގުބަލުގައި އެ ރަށު ރައްޔިތުން ބޭނުން ކުރާ އުޅަނދުތައް ހިލޭ ޗާޖު ކުރެވޭ ގޮތް ހަދައިދިނުން ކަމަށެވެ.

ޔޫއެންޑީޕީގެ ސްމޯލް ގްރާންޓްސްގެ ހިލޭ އެހީގައި ހިންގޭ މި މަޝްރޫއުގެ ދަށުން ގާއިމުކުރާ ސޯލަރ ޗަރޖިންގް ސްޓޭޝަން އަށް ބޭނުންވާ ތަކެއްޗާއި އަދި މި ޕްރޮޖެކްޓުގައި ހިމެނޭ ޕަބްލިކް ޓްރާންސްޕޯޓު ނެޓްވަރކްގައި ބޭނުން ކުރާ އިލެކްޓްރިކް މިނީ ބަސް މިހާރު ވަނީ އެރަށަށް ގެނެސްފައެވެ. އަދި މި މަޝްރޫއުގެ ދަށުން ރަށަށް ޒިޔާރާތް ކުރާ ފަރާތްތަކަށް ޚާއްސަކޮށްގެން ކުލީ ބައިސިކަލްތަކެއް ވެސް ބަނދަރުގައި ބެހެއްޓޭނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
100%
0%
0%
0%
0%
ކޮމެންޓް