ކ. މާލެ
|
5 ޖޫން 2020 | ހުކުރު 23:28
ރާއްޖޭގައި ތިބި އިންޑިއާ މީހުން ބަލާއައި މަނަވަރު މާލޭގައި ބަނދަރުކޮށްފައި
ރާއްޖޭގައި ތިބި އިންޑިއާ މީހުން ބަލާއައި މަނަވަރު މާލޭގައި ބަނދަރުކޮށްފައި
އިންޑިއާ އިން މޯލްޑިވްސް
އިންޑިއާ މީހުން ފުރުވާލުން
އިންޑިއާގެ އިތުރު 719 މީހަކު މަނަވަރުގައި ފުރުވާލައިފި
 
އެންމެންވެސް ކަރަންޓީނުގެ މުއްދަތު ފުރިހަމަ ކުރަން ޖެހޭ
 
171 މީހަކު ވަނީ ބުރާސްފަތި ދުވަހު ފުރުވާލާފައި
 
719 މީހަކު ވަނީ ފުރާފައި

ރާއްޖޭގައި ތާށިވެފައި ތިބި އިންޑިއާގެ ރައްޔިތުން އަނބުރާ ގެންދިޔުމަށް، އިންޑިއާ ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހުކުރު ދުވަހު 719 މީހަކު ފުރުވާލައިފި އެވެ.

އިންޑިއާގެ 719 ރައްޔިތުން އަނބުރާ ގައުމަށް ގޮސްފައިވަނީ އެމީހުން ބަލައި ރާއްޖެ އައި އިންޑިއާގެ އަސްކަރިއްޔާގެ މަނަވަރު ޖަލަޝްވާ ގައެވެ. މިއީ އިންޑިއާ މީހުން ބަލާ އަސްކަރިއްޔާގެ މަނަވަރު އައި ހަތަރުވަނަ ފަހަރެވެ.

އިންޑިއާގެ މަނަވަރު ދަތުރުކުރާނީ މާލެއިން ޓުޓިކޮރިން އަށެވެ. ދަތުރުކުރާ އެންމެން ވެސް އިންޑިއާ އަށް ދިޔުމަށް ފަހު 14 ދުވަހުގެ ކަރަންޓީނުގެ މުއްދަތު ފުރިހަމަ ކުރަން ޖެހެ އެވެ.

ބުރާސްފަތި ދުވަހު ވެސް ރާއްޖޭގައި ތިބި އިންޑިއާގެ އިތުރު 171 މީހަކު ވަނީ ގޮސްފައެވެ. އިންޑިއާގެ ހައި ކޮމިޝަނުން ބުނީ، ރާއްޖޭގައި މަސައްކަތްކުރާ އިންޑިއާގެ ރައްޔިތުން ފުރުވާލާފައިވަނީ ހައި ކޮމިޝަނުން ހަމަޖެއްސި އިންޑިގޯގެ ހާއްސަ ފްލައިޓެއްގައި ކަމަށެވެ.

އިންޑިއާގެ ރައްޔިތުން އެ ގައުމަށް އަނބުރާ ގެންނަން ފަށާފައިވާ އޮޕަރޭޝަންގެ ތެރެއިން ދުނިޔޭގެ އެކި ކަންކޮޅުތަކުން 14،000ށް ވުރެ ގިނަ ރައްޔިތުން އެންމެ ފުރަތަމަ ހަފުތާގެ ތެރޭގައި ވެސް އަނބުރާ ގައުމަށް ގެނެސްފައި ވެއެވެ. އޭގެ ފަހުން ގަލްފް ސަރަހައްދުން އެކަނިވެސް 30،000ށް ވުރެ ގިނަ ރައްޔިތުން ވަނީ އަނބުރާ އިންޑިއާ އަަށް ގެންގޮސްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް