ކ. މާލެ
|
5 ޖޫން 2020 | ހުކުރު 15:48
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އޮފީސް
ގުދުރަތީ ވެށި ރައްކާތެރި ކުރުން
މިސަރުކާރުން ގުދުރަތީ ވެށި ރައްކާތެރި ކުރުމަށް އަބަދުވެސް ވަކާލާތު ކުރާނެ: ރައީސް ސޯލިހު
 
ތަރައްގީއަށް ހިންގާ މަޝްރޫއުތައް ވެސް ކުރިއަށް ގެންދާނީ ތިމާވެއްޓަށް ގެއްލުން ނުވާ ގޮތަށް
 
މިއަހަރުގެ ތިމާވެށީގެ ދުވަހުގެ ޝިޢާރަކީ "ޓައިމް ފޮރ ނޭޗަރ"
 
ތިމާވެށި ހިިމާޔަތް ކުރުމަށް ކުރެވެން ހުރި މަސައްކަތްތައް ކުރާނެ

ގުދުރަތީ ވެށި ރައްކާތެރި ކުރުމަށް މި ސަރުކާރުން އަބަދުވެސް ވަކާލާތު ކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ހުކުރު ދުވަހަކީ ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރަމުން އަންނަ ތިމާވެށީގެ ދުވަސްކަމަށްވުމާއެކު، ދުވަހާއި ގުޅުވައިގެން ރައީސް ސޯލިހު ވިދާޅުވީ ތިމާވެށި ދުވަސް ފާހަގަކުރަމުންދާއިރު، މިހާރު ދިމާވެގެން އުޅޭ ކޮވިޑް-19ގެ ބަލިމަޑުކަމުން އަރައިގަންނަން މަސައްކަތް ކުރުމާއެކު ތިމާވެށި ހިމާޔަތް ކުރުމަށް ވެސް ޚާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ ތިމާވެށި ހިިމާޔަތް ކުރުމަށް ކުރެވެން ހުރި މަސައްކަތްތައް ކުރުމުގައި މިސަރުކާރުން ޚާއްސަ ސަމާލު ކަމެއްދޭނެ ކަމަށެވެ.

މިސަރުކާރުން ގުދުރަތީ ވެށި ރައްކާތެރި ކުރުމަށް އަބަދުވެސް ވަކާލާތު ކުރާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވެފައިވާއިރު، ސަރުކާރުގައި ތަރައްގީއަށް ހިންގާ މަޝްރޫއުތައް ވެސް ކުރިއަށް ގެންދާނީ ތިމާވެއްޓަށް ގެއްލުން ނުވާނެ ފަދަ ގޮތަށް ކަމަށް މިސަރުކާރުން ބުނެއެވެ.

މިއަހަރުގެ ތިމާވެށީގެ ދުވަހުގެ ޝިޢާރަކީ "ޓައިމް ފޮރ ނޭޗަރ" އެވެ. އަދި މިއަހަރު އަލިއަޅުވާލުމަށް ނިންމާފައި ވަނީ ދިރޭތަކެއްޗަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް
5 ޖޫން 2020 | ހުކުރު 17:36
ސީދާ
ވަރަށް ރަނގަޅުކަމެއް !