ކ. މާލެ
|
5 ޖޫން 2020 | ހުކުރު 13:08
އިސްލާމީ މަރުކަޒު، މިއަދުގެ ޚުތުބާގެ މައުޟޫއަކީ އެއްމުސްލިމަކު އަނެއް މުސްލިމަކަށް އަދާކުރަންޖެހޭ ހައްގުތައް
އިސްލާމީ މަރުކަޒު، މިއަދުގެ ޚުތުބާގެ މައުޟޫއަކީ އެއްމުސްލިމަކު އަނެއް މުސްލިމަކަށް އަދާކުރަންޖެހޭ ހައްގުތައް
މޯލްޑިވްސް އިންޑިޕެންޑެންޓް
މުސްލިމުން އަދާ ކުރަންޖެހޭ ހައްގުތައް
އަތާއަތް ޖޯޑުކޮށް ސަލާމް ކުރުމަކީ ލޯބި އިތުރުވާ ކަމެއް، ނަމަވެސް މިހާރު އަނގަބަހުން ކުރާ ސަލާމުން ފުއްދާލާ: ޚުތުބާ
 
މުޖުތަމައުގެ ގުޅުންތައް ހަރުދަނާ ކުރުމަށް ހައްގުތައް އަދާ ކުރަން ޖެހޭ
 
ސަލާމަކީ، ތިމާގެ ފަރާތުން އަނެކާއަށް އުނދަގުލެއް ތުރާލެއް ނުލިބޭނެކަމުގެ މައްޗަށް ވެވޭ އަޙުދެއް
 
ސަލާމުގެ ޖަވާބު ދިނުމަކީ ދެފަރާތަށް ވެސް އަމާންކަން ލިބިގެންވާ ކަމުގެ މެސެޖެއް

އަތާއަތް ޖޯޑުކޮށް ސަލާމް ކުރުމަކީ ލޯބި އިތުރުވާ ކަމެއް ނަމަވެސް މިއަދު ހަމަ އެކަނި އަނގަބަހުން ކުރާ ސަލާމުން ފުއްދާލުމަށް ހުކުރު ޚުތުބާގައި އިލްތިމާސް ކޮށްފިއެވެ.

''އެއްމުސްލިމަކު އަނެއް މުސްލިމަކަށް އަދާކުރަން ޖެހޭ ޙައްޤުތައް'' މި މައުޟޫއަށް އިއްވި ހުކުރު ޚުތުބާގައި ބުނީ އެއްމުސްލިމަކު އަނެއް މުސްލިކަމަށް އަދާކުރަން ޖެހޭ ހައްގުތަކެއްވާ ކަމަށެވެ.

ޚުތުބާގައި ބުނީ މުސްލިމުންގެ މެދުގައި ސަލާމް ބަދަލުކުރުމަކީ، ލޯބި އިތުރުވާ ކަމެއް ކަމަށާއި، ސަލާމް ކުރުމާއި ސަލާމުގެ ޖަވާބު ދިނުމަކީ ދެފަރާތަށް ވެސް އަމާންކަން ލިބިގެންވާ ކަމުގެ މެސެޖެއް ކަމަށެވެ. އަދި ސަލާމަކީ، ތިމާގެ ފަރާތުން އަނެކާއަށް އުނދަގުލެއް ތުރާލެއް ނުލިބޭނެކަމުގެ މައްޗަށް ވެވޭ އަޙުދެއް ކަމަށް ޚުތުބާގައި ވެއެވެ.

މުސްލިމަކަށް އަދާކުރަން ޖެހޭ ޙައްޤުތައް ފަހެކެވެ. އެހެން ރިވާޔަތެއްގައި ހައެއް ކަމަށްބަޔާންވެގެން ވެއެވެ." ދެންނެވުނެވެ. އޭ މާތް ﷲ ގެ ރަސޫލާ އެވެ! އެ ޙައްޤުތަކަކީ ކޮބައިތޯ އެވެ؟ ޙަދީޘް ކުރެއްވި އެވެ. "މުސްލިމަކާ ބައްދަލުވެއްޖެ ނަމަ ސަލާމް ކުރާށެވެ. އަދި ދައުވަތެއް ދީފިނަމަ އެ ދައުވަތަކަށް އިޖާބަ ދޭށެވެ. އަދި ކިނބިއްސެއް އެޅޭ ހިނދު މާތް ﷲ އަށް ޙަމްދުކޮށްނަމަ، އޭނާއަށްޓަކައި ހެޔޮދުޢާ ކުރާށެވެ. އަދި ބަލިވެއްޖެ ނަމަ އޭނާއަށް ޒިޔާރަތް ކުރާށެވެ. އަދި މިދުނިޔެ ދޫކޮށްފިނަމަ އޭނާގެ ޖަނާޒާގައި ބައިވެރިވާށެވެ." މިއެވެ.
ހުކުރު ޚުތުބާ

ޚުތުބާގައި ބުނީ ޙައްޤުތައް އަދާ ކުރުމުގައި މިއަދުގެ ޙާލަތަށް ރިޢާޔަތް ކުރުމަށް ފަހު އަތާއަތް ޖޯޑުކޮށް ސަލާމް ކުރުމަކީ ލޯބި އިތުރުވާ ކަމެއް ނަމަވެސް މިއަދު ހަމަ އެކަނި އަނގަބަހުން ކުރާ ސަލާމުން ފުއްދާލަން ޖެހޭ ކަމަށެވެ. އަދި ޖަނާޒާގައި ބައިވެރިވުމާއި، ބަލި މީހުންނާއި ގާތް ތިމާގެ މީހުންގެ ގާތަށް ޒިޔާރަތް ކުރުމަކީ މުހިންމު ކަމެއް ނަމަވެސް ފޯނާއި ސޯޝަލް މީޑިއާގެ ވަޞީލަތްތައް މެދުވެރިކޮށް، މިފަދަ ޒިޔާރަތް ތަކާއި، ބައްދަލުވުންތައް، ނުހަނު ފުރިހަމައަށް ބޭއްވޭނެ ކަމަށެވެ. މާލީ އެހީތެރިކަމެއް ފޯރުކޮށްދޭން ބޭނުން ވިޔަސް ބޭންކިން މެދުވެރިކޮށް އެ ޚިދުމަތް ވެސް ފޯރުކޮށްދެވޭކަން ޚުތުބާގައި ފާހަގަކޮށްފައި ވެއެވެ.

މީގެ އިތުރުން ޚުތުބާގައި ބުނީ ކަމާބެހޭ އިދާރާތަކުގެ ލަފަޔާއި، އިރުޝާދާ އެއްގޮތަށް، ސައިބޯނި ލައިގެން އަތްދޮވުމާއި، ބޭރުން ގެންނަ ތަކެތި ބުލީޗު ސޮލޫޝަން ބޭނުން ކޮށްގެން ޑިސް އިންފެކްޓުކުރުމާއި، އެ ތަކެތީގައި ހިފައި އުޅޭ އިރު އަންގި ލުމާއި، އަންގި ފަދަ ތަކެތި ބޭނުން ކުރުމަށްފަހު ރައްކާތެރިކަމާއެކު ނައްތާލުމަށް އެދޭ ކަމަށެވެ.

ޚުޠުބާގައި ބުނީ މުޖުތަމަޢުގެ ގުޅުންތައް ހަރުދަނާ ވެގެންދާނެ ކަންތަކުގެ ތެރޭގައި އެކަކު އަނެކަކަށް ޒިޔާރަތް ކުރުމާއި، ހިތާމަތަކާއި، އުފަލުގައި ބައިވެރިވުން ހިމެނޭ ކަމަށެވެ. އެހެންކަމުން ޙާލާތަށް ރިޢާޔަތްކޮށް އެޒިންމާ ނެގޭނެ އެންމެ ޒިންމާދާރު ގޮތަކަށް އެކަން ކުރުމަށް ޚުޠުބާގައި ވަނީ ގޮވާލާފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް