ކ. މާލެ
|
3 ޖޫން 2020 | ބުދަ 13:50
އެސިސްޓެންޓް ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް ޢަބްދުﷲ ރާބިޢު
އެސިސްޓެންޓް ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް ޢަބްދުﷲ ރާބިޢު
ޕީޖީ އޮފީސް
އެސިސްޓެންޓް ޕްރޮސިކިއުޓަރ ޖެނެރަލް
އެސިސްޓެންޓް ޕީޖީގެ މަޤާމަށް ރާބިޢު އައްޔަންކޮށްފި
 
އެ އޮފީހުގައި މަސައްކަތް ކުރައްވާތާވަނީ 11 އަހަރުވެފައި

އެސިސްޓެންޓް ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމަށް އަލްއުސްތާޛް ޢަބްދުﷲ ރާބިޢު އައްޔަންކުރައްވައިފިއެވެ.

ޕީޖީ އޮފީހުން ބުނީ އެސިސްޓެންޓް ޕީޖީގެ މަގާމަށް އައްޔަނުކުރެވުނު ރާބިޢު މިހާތަނަށް ހުންނެވީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ސީނިއަރ ޕަބްލިކް ޕްރޮސިކިއުޓަރުގެ މަޤާމުގައި ކަމަށެވެ.

އެގޮތުން، އޭނާ ޤާނޫނީ ދާއިރާއިން ޚިދުމަތްކޮށްދެއްވަން ފެއްޓެވީ 18 ފެބްރުވަރީ 2009 ދުވަހު އެސިސްޓެންޓް ޕަބްލިކް ޕްރޮސިކިއުޓަރުގެ މަޤާމުގައި ކަމަށާއި އެ އެއަށްފަހު ގެންދަވަނީ މެދުކެނޑުމެއްނެތި އެ އޮފީހަށް ޚިދުމަށްކޮށްދެއްވަމުން ކަމަށެވެ. އެގޮތުން އެ އޮފީހުގައި މަސައްކަތް ކުރައްވާތާ 11 އަހަރުވެފައިވާކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

ރާބިޢު ފުރަތަމަ ޑިގްރީ ޙާޞިލުކުރައްވާފައިވަނީ، މިޞްރުގެ އަލްއަޒްހަރު ޔުނިވަރސިޓީން، ޝަރީޢަތާއި ޤާނޫނުގެ ދާއިރާއިންނެވެ. އަދި އޭގެ ފަހުން ވިލާ ކޮލެޖުން ޝަރީޢާގެ ދާއިރާއިން މާސްޓާރސް ޑިގްރީ ޙާޞިލްކުރައްވާފައިވާއިރު ޤާނޫނީ ދާއިރާއިން ގިނަ ޢަދަދެއްގެ ސެމިނާރތަކާއި، ޓްރެއިނިންގ ޕްރޮގްރާމްތައް ފުރިހަމަކުރައްވާފައިވެއެވެ. އޭގެތެރޭގައި ފޮރެންސިކް ސައިންސްގެ ދާއިރާއާއި، ޖިންސީ ގޯނާގެ މައްސަލަތައް ތަޙްޤީޤްކުރުމާބެހޭ ދާއިރާއާއި، އިންސާނީ ޙައްޤުތަކާބެހޭ ބައިނަލްއަޤްވާމީ ޤާނޫނާ ގުޅޭ ޓްރެއިނިންގ ޕްރޮގްރާމްތައް ހިމެނެއެވެ.

އެސިސްޓެންޓް ޕްރޮސިކިއުޓަރ ޖެނެރަލުންގެ ގޮތުގައި މިހާރު ތިއްބެވީ އަލްއުސްތާޛް ޢަބްދުﷲ ރާބިޢުގެ އިތުރުން، އަލްއުސްތާޛް ޙުސެއިން ނާޝިދާއި، އަލްއުސްތާޛާ ޖިހާދާ އަނީސްއާއި، އަލްއުސްތާޛާ ޝަމްރާ ޝަމީމްއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
89%
0%
0%
0%
11%
ކޮމެންޓް