ކ. މާލެ
|
3 ޖޫން 2020 | ބުދަ 08:39
ފުވައްމުލައް ސިޓީ
ފުވައްމުލައް ސިޓީ
ސޯޝަލް މީޑިއާ
ފުވައްމުލައް ސިޓީ ނަރުދަމާގެ މައްސަލަ
ފުވައްމުލައް ސިޓީގެ ނަރުދަމާ ނިޒާމަށް ދިމާވާ މައްސަލަތަކަކީ، ފަރުވާ ކުޑަކޮށް ކަންކުރުމުގެ ނަތީޖާ: ފެނަކަ
 
ތަކެތި ހޯދުމުގެ މަސައްކަތް ވަނީ ފަށާފައި
 
މައްސަލަތައްޙައްލު ކުރުމަށް ބޮޑެތި ހޭދަތަކާއި މަސައްކަތްތަކެއް ކުރަންޖެހޭ
 
އެ މަސައްކަތް ކުރި ފަރާތުން ނިންމަންޖެހޭ ގިނަ މަސައްކަތްތައް ނުނިމޭ

ފުވައްމުލައް ސިޓީގެ ނަރުދަމާ ނިޒާމަށް ދިމާވާ މައްސަލަތަކަކީ، ފަރުވާ ކުޑަކޮށް އެ ކަންކުރުމުގެ ނަތީޖާކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.

ފެނަކަ ކޯޕަރޭޝަނުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ފުވައްމުލައް ސިޓީގެ ނަރުދަމާ ނިޒާމަށް ދިމާވާ މައްސަލަތަކަކީ، އެ ނިޒާމު ފެނަކައާއި ޙަވާލުކުރެވުނުއިރު ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކޮށްފައި ނުވުމާއި، ނިޒާމު ޤާއިމްކުރުމަށް ބޭނުންކޮށްފައިވާ މުހިއްމު ގިނަ ތަކެތީގެ ފެންވަރު ދައްވުމުގެ ސަބަބުން ދިމާވާ މައްސަލަތަކެއް ކަމަށެވެ. އަދި ނިޒާމު ޤާއިމްކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި އިހުމާލުވެ ފަރުވާކުޑަކޮށް މަސައްކަތް ކޮށްފައިވާކަމަށާއި ޤާއިމް ކުރުމަށްފަހު ހިންގަން ފެށުމުގެ ކުރިން ކުރަންޖެހޭ ޓެސްޓްތައް ނުކޮށް، ފުރިހަމަ ނޫން ނިޒާމަކަށް ގެތަކުން ނަރުދަމާ ހޮޅި ގުޅައި ބޭނުންކުރަން ފެށުމުން ގިނަ މައްސަލަތަކެއް ދިމާވާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

2018 ސެޕްޓެމްބަރ 13 ވަނަ ދުވަހު އެ ނިޒާމު ފެނަކައާއި ޙަވާލުކުރެވުނުއިރު، އެއްބަސްވުމުގެ ތެރެއިން މަސައްކަތްކުރި ފަރާތުން ނިންމަންޖެހޭ ގިނަ މަސައްކަތްތައް ނިންމާލެވިފައި ނުވާކަން ވަނީ ފާހަގަކޮށްފައެވެ. އަދި 2018 ޑިސެމްބަރ 18 ވަނަދުވަހު އާ މެނޭޖްމަންޓުން ކުންފުންޏާޙަވާލުވެ، ކަމާގުޅޭ އެންމެހައި ފަރާތްތަކާއެކު، މައްސަލަތައް ދެނެގަނެ ޙައްލު ހޯދުމަށް ކުރި މަސައްކަތްތަކުން ޙައްލެއް ލިބޭ ގޮތް ނުވުމުގެ ސަބަބުން، 2019 ވަނަ އަހަރުގެ ނޮވެމްބަރ މަސްތެރޭ ކުންފުނިން އިސްނަގައިގެން ކަމާގުޅޭ ފަންނީ ތަޖުރިބާކާރުންނާއި އެ ނިޒާމުގެ ވެކިއުމް ސިސްޓަމް އުފެއްދި ފަރާތާއެކު އަލުން ދިރާސާތައް ފަށައި، ހޯދުނު ހޯދުންތަކުގެ އަލީގައި، ނިޒާމަށް ދިމާވެފައިވާ މައްސަލަތައް ވަނީ ދެނެގަނެވިފައެވެ.

މައްސަލަތަކަކީ ބޮޑެތި މައްސަލަތަކެއް ކަމަށްވެފައި، އެ މައްސަލަތައްޙައްލު ކުރުމަށް ބޮޑެތި ހޭދަތަކާއި މަސައްކަތްތަކެއް ކުރަންޖެހޭ އިރު، ގިނަ ޢަދަދެއްގެ ތަކެތި ރާއްޖެއިންނާއި ރާއްޖެއިން ބޭރުން ހޯދައި، ލަސްކުރުމެއް ނެތި އަމަލީ މަސައްކަތް ކުރަމުން އަންނަކަން ފެނަކައިން ފާހަގަކޮށްފައިވެއެވެ. އަދި މި މަސައްކަތްތަކަށް ބޭނުންވާ އިތުރު ބައެއް ތަކެއްޗަކީ ވެކިއުމް ސިސްޓަމް އުފެއްދި ޖަރުމަނު ކުންފުންޏަށް އޯޑަރދީގެން ހޯދަންޖެހޭ ތަކެތި ކަމަށް ވާތީ، އެ ތަކެތި ހޯދުމުގެ މަސައްކަތް ވަނީ ފަށާފައިވާކަމަށް ފެނަކައިން ވަނީ ބުނެފައެވެ.

މުޅި ދުނިޔެއަށް ދިމާވެފައިވާ ދަތި އުނދަގޫ މި ޙާލަތުގައި އެ މަސައްކަތްތަކަށް ލަސްކަމެއް އައި ނަމަވެސް، މެދުކެނޑުމެއް ނެތި މައްސަލަތައް ޙައްލުކުރުމުގެ މަސައްކަތް ކުރަމުން ދާކަމުގެ ޔަޤީންކަން ފެނަކައިން ވަނީ ފުވައްމުލައް ސިޓީގެ ރައްޔިތުންނަށް އަރުވާފައެވެ.

ފެނަކައިން އިތުރަށް ބުނެފައިވަނީ ފުވައްމުލައް ސިޓީގެ ނަރުދަމާގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދައި، ރައްޔިތުންނަށް ދެމެހެއްޓެނިވި ގޮތެއްގައި އިތުބާރާއެކު ނަރުދަމާގެ ޚިދުމަތް ކަށަވަރުކޮށްދެވޭނެ ފަންނީ ޤާބިލްކަމާއި ތަޖުރިބާ އެ ބަހުރިކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް