ކ. މާލެ
|
27 މެއި 2020 | ބުދަ 20:19
އާސެނަލުން ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިން: ޖޫން 19 ގައި ޕްރިމިއާ ލީގު ފަށަން އަންނަނީ މަސައްކަތް ކުރަމުން
އާސެނަލުން ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިން: ޖޫން 19 ގައި ޕްރިމިއާ ލީގު ފަށަން އަންނަނީ މަސައްކަތް ކުރަމުން
ގެޓީ އިމޭޖަސް
ކޮންޓެކްޓް ވެވޭ ގޮތަށް ފަރިތަކުރުން
ކުޅުންތެރިން ކޮންޓެކްޓް ވެވޭ ގޮތަށް ފަރިތަކުރަން ޕްރިމިއާ ލީގުގެ ކްލަބުތަކުން ފާސްކޮށްފި
އިނގިރޭސިވިލާތުގެ ސަރުކާރުން ވަނީ ހޯމަ ދުވަހު ކުޅުންތެރިން ކޮންޓެކްޓް ވެވޭ ގޮތަށް ފަރިތަކުރަން ހުއްދަ ދީފައި
މިދިޔަ ހަފުތާގައި ވަނީ ކުދި ގްރޫޕުތައް ހިމެނޭ ގޮތަށް ފަރިތަކުރަން ހުއްދަ ދީފައި
ޖޫން މަހުގެ 19 ވަނަ ދުވަހު ޕްރިމިއާ ލީގު އަލުން ފަށަން އަންނަނީ މަސައްކަތް ކުރަމުން

ކުޅުންތެރިން ކޮންޓެކްޓް ވެވޭ ގޮތަށް ފަރިތަކުރަން އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބުތަކުން ފާސްކޮށްފި އެވެ.

ޕްރިމިއާ ލީގު އަލުން ފަށަން މަސައްކަތް ކުރަމުން އަންނައިރު، މިދިޔަ ހޯމަ ދުވަހު އިނގިރޭސިވިލާތުގެ ސަރުކާރުން ވަނީ ކުޅުންތެރިން ކޮންޓެކްޓް ވެވޭ ގޮތަށް ފަރިތަކުރަން ހުއްދަ ދީފައެވެ. އެއާއެކު ބުދަ ދުވަހު ޕްރިމިއާ ލީގުގެ ކްލަބުތަކުގެ މެދުގައި ވަނީ އެކަމަށް ވޯޓަށް އަހާފައެވެ. މި ވޯޓުގައި ކްލަބުތަކުން ވަނީ ކުޅުންތެރިން ކޮންޓެކްޓް ވެވޭ ގޮތަށް ފަރިތަކުރަން ފާސްކޮށްފައެވެ.

ކޮންޓެކްޓް ވެވޭ ގޮތަށް ފަރިތަކުރަން އިނގިރޭސިވިލާތުގެ ސަރުކާރުން ހޯމަ ދުވަހު ހުއްދަ ދީފައިވަނީ ހާއްސަ އުސޫލުތަކެއް ކަނޑައެޅުމަށްފަހު އެވެ. އެގޮތުން ކުޅުންތެރިން ކޮންޓެކްޓްވެ ޓެކުލް ކުރެވުނު ނަމަވެސް، ސިއްހީ ގިނަ ކަންތައްތަކަށް ބޯލެނބުމަށް ވަނީ އިރުޝާދުދީފައެވެ.

ކޮންޓެކްޓް ވެވޭ ގޮތަށް ފަރިތަކުރަން ޕްރިމިއާ ލީގުގެ ކްލަބުތަކުން ފާސްކުރިއިރު، މީގެ ކުރިން މިދިޔަ ހަފުތާގައި ވަނީ ކުދި ގްރޫޕްތައް ހިމެނޭ ގޮތަށް ފަރިތަކުރުންތައް ކުރިއަށް ގެންދަން ޕްރިމިއާ ލީގުގެ ކްލަބުތަކުން ފާސްކުރިއެވެ.

ޕްރިމިއާ ލީގު އަލުން ފަށަން ތައްޔާރުވަމުން އަންނައިރު، މީގެ ކުރިން ޕްރިމިއާ ލީގުން އަށް މީހަކު ވަނީ ކޮރޯނާވައިރަސް (ކޮވިޑް-19) ށް ޕޮޒިޓިވް ވެފައެވެ. ޕްރިމިއާ ލީގު އަލުން ފެށުމަށް ތައްޔާރުވަމުން އަންނާތީ ކްލަބުތަކުގެ ކުޅުންތެރިންނާއި އޮފިޝަލުން ކޮވިޑް-19ށް ޓެސްޓު ކުރަމުން އަންނައިރު، މިހާތަނަށް ދެ ބުރެއްގެ މަތިން ހުރިހާ ކްލަބެއްގެ ކުޅުންތެރިންނާއި އޮފިޝަލުން ވަނީ ޓެސްޓު ކޮށްފައެވެ.

ދެ ބުރުން ޖުމްލަ އަށް މީހަކު ޕޮޒިޓިވް ވިއިރު، ޓެސްޓު ކުރުމުގެ ތިންވަނަ ބުރެއްވެސް ކުރިއަށްގެންދާނެ ކަމަށް ޕްރިމިއާ ލީގުން ވަނީ ހާމަކޮށްފައެވެ.

ޕްރިމިއާ ލީގުގެ މެޗުތައް ސަޕޯޓަރުން ނުވައްދާ ކުޅޭ ގޮތަށް ޖޫން މަހުގެ 19 ވަނަ ދުވަހު ފަށަން މަސައްކަތް ކުރަމުން އަންނައިރު، ލީގު ކުރިއަށްގެންދިޔުމަށް ހުރިހާ ކްލަބުތަކުން މިހާރު ވަނީ އެއްބަސްވެފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް