ކ. މާލެ
|
23 މެއި 2020 | ހޮނިހިރު 13:35
ވަޓްފޯޑުގެ ކޯޗު ނިގެލް ޕިއާސަން: އިތުރު ދެ ކުޅުންތެރިއަކު ސެލްފް-އައިސޮލޭޝަނަށް ބަދަލުކޮށްފައިވާކަން ވަނީ ހާމަކޮށްފައި
ވަޓްފޯޑުގެ ކޯޗު ނިގެލް ޕިއާސަން: އިތުރު ދެ ކުޅުންތެރިއަކު ސެލްފް-އައިސޮލޭޝަނަށް ބަދަލުކޮށްފައިވާކަން ވަނީ ހާމަކޮށްފައި
ގެޓީ އިމޭޖަސް
ވަޓްފޯޑުގެ ކުޅުންތެރިން އައިސޮލޭޝަނަށް
ވަޓްފޯޑުގެ އިތުރު ދެ ކުޅުންތެރިއަކު ސެލްފް-އައިސޮލޭޝަނަށް
ވަޓްފޯޑުގެ ޑިފެންޑަރު މަރިއަޕާ އިތުރުން އެ ކްލަބުގެ ދެ މުވައްޒަފަކު ވަނީ ކޮވިޑް-19 ށް ޕޮޒިޓިވް ވެފައި
މަރިއަޕާގެ ހާލު ރަނގަޅު ކަމަށް އެ ކްލަބުގެ ކޯޗު ވަނީ ބުނެފައި

ކޮރޯނާވައިރަސް (ކޮވިޑް-19) ށް ވަޓްފޯޑުން ޕޮޒިޓިވްވި މީހުންނާ ކޮންޓެކްޓްވި އިތުރު ދެ ކުޅުންތެރިއަކު ސެލްފް-އައިސޮލޭޝަނަށް ބަދަލުކޮށްފައިވާ ކަމަށް އެ ކްލަބުގެ ކޯޗު ނިގެލް ޕިއާސަން ބުނެފި އެވެ.

އިނގިރޭސި ޕްރިމިއާ ލީގު އަލުން ފަށަން ތައްޔާރުވަމުން އަންނައިރު، މިދިޔަ ހަފުތާގައި 19 ކްލަބެއްގެ ކުޅުންތެރިންނާއި އޮފިޝަލުން ވަނީ ކޮވިޑް-19 ށް ޓެސްޓު ކޮށްފައެވެ. އެގޮތުން 748 މީހަކު ޓެސްޓު ކުރިއިރު، ތިން ކްލަބަކުން ހަ މީހަކު ވައިރަހަށް ޕޮޒިޓިވް ވެފައިވާ ކަމަށް ޕްރިމިއާ ލީގުން ވަނީ ހާމަކޮށްފައެވެ. އޭގެ ތެރޭގައި ވަޓްފޯޑުގެ ތިން މީހަކު ހިމެނެއެވެ.

މީގެ ކުރިން ވަޓްފޯޑުން ވަނީ އެ ކްލަބުން ޕޮޒިޓިވްވީ ކުޅުންތެރިއަކާއި ދެ މުވައްޒަފުންކަން ހާމަކޮށްފައެވެ. އެ ކްލަބުން ކޮވިޑް-19 ށް ޕޮޒިޓިވްވި ކުޅުންތެރިއަކީ ޑިފެންޑަރު އޭޑްރިއަން މަރިއަޕާ އެވެ.

ވަޓްފޯޑުގެ ކޯޗު ނިގެލް ޕިއާސަން ބުނީ ވައިރަހަށް ޕޮޒިޓިވްވި މީހުންނާ ކޮންޓެކްޓްވި އިތުރު ދެ ކުޅުންތެރިއަކު މިހާރު އައިސޮލޭޝަނަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި ވައިރަހަށް ޕޮޒިޓިވްވި ޑިފެންޑަރު މަރިއަޕާގެ ހާލު ރަނގަޅު ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

ޕްރިމިއާ ލީގުގެ ކްލަބުތަކަށް ކުދި ގްރޫޕުތައް ހިމެނޭ ގޮތަށް ފަރިތަކުރަން މިދިޔަ ހަފުތާގައި ހުއްދާ ދީފައިވީ ނަމަވެސް، މީގެ ކުރިން ވަޓްފޯޑުގެ ކެޕްޓަން ޓްރޯއި ޑީނީ ވަނީ ފަރިތަކުރުންތަކަށް ނުކުންނަން ދެކޮޅު ހަދާފައެވެ. މިދިޔަ ހަފުތާގައި ވަޓްފޯޑުގެ ފަރިތަކުރުންތަކަށް ނުކުތް އެ ކްލަބުގެ ކުޅުންތެރިންގެ އަދަދު ޕިއާސަން ހާމަކޮށްފައެއް ނުވެއެވެ.

ކޮވިޑް-19 ށް ވަޓްފޯޑުގެ މަރިއަޕާ އާއި އެ ކްލަބުގެ ދެ މުވައްޒަފުން ޕޮޒިޓިވްވިއިރު، ބާންލީގެ އެސިސްޓަންޓް ކޯޗު އިއަން ވޯން ވެސް ވައިރަހަށް ޕޮޒިޓިވް ވެފައިވާކަން އެ ކްލަބުން ވަނީ ހާމަކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް