ކ. މާލެ
|
6 އޭޕްރިލް 2017 | ބުރާސްފަތި 02:24
މިނިވަން ޗެމްޕިއަންޝިޕާއި މާލޭ ލީގުގެ ސްޕޮންސަރަކަށް އެސްޓީއޯ ހަމަޖެއްސުމަށްފަހު
މިނިވަން ޗެމްޕިއަންޝިޕާއި މާލޭ ލީގުގެ ސްޕޮންސަރަކަށް އެސްޓީއޯ ހަމަޖެއްސުމަށްފަހު
އެފްއޭއެމް
އެފްއޭއެމްގެ މުބާރަތްތައް
މިނިވަން ޗެމްޕިއަންޝިޕާއި މާލޭ ލީގުގެ ސްޕޮންސަރަކަށް އެސްޓީއޯ
އެސްޓީއޯ އާއެކު އެއްބަސްވެވުނީ މާލޭ ލީގާއި މިނިވަން ޗެމްޕިއަންޝިޕަށް
ގިނަ ކްލަބުތަކަށް ވެސް ވަނީ ކުންފުނިތައް ހަމަޖައްސާފަ

މިހާރު ކުރިއަށްދާ މިނިވަން ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތާއި، މާލޭ ލީގުގެ މެއިން ސްޕޮންސަރަކަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ހަމަޖައްސައި އެގްރިމެންޓްގައި ސޮއިކޮށްފި އެވެ.

ބުދަ ދުވަހު ހަވީރު އެފްއޭއެމް ހައުސްގައި ބޭއްވި ކުރު ހަފްލާއެއްގައި މި އެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ޝަހީރެވެ. އަދި އެފްއޭއެމްގެ ފަރާތުން ސޮއިކުރެއްވީ އެ އިދާރާގެ ރައީސް ބައްސާމް އަދީލް ޖަލީލެވެ.

އެފްއޭއެމުން ހިންގާ ބޮޑު ދެ މުބާރާތަކަށް ސަރުކާރު ހިއްސާވާ ކުންފުންޏެއް ކަމަށްވާ އެސްޓީއޯ އިން މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެއްބަސްވުމަކަށް އައިސްފައިވާ އިރު، ފުރަތަމަ ޑިވިޝަނާއި ދެވަނަ ޑިވިޝަންގައި ވާދަކުރާ ކްލަބުތަކަށް ވެސް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުންފުނިތަކާއި ވަނީ ހަވާލުކުރެވިފަ އެވެ. އަދި މީގެ ތެރެއިން ފުރަތަމަ ޑިވިޝަންގައި ވާދަކުރާ ބައެއް ކްލަބުތަކާއެކު މިހާރު ވަނީ އެއްބަސްވުމަކަށް ވެސް އައިސް އެގްރިމެންޓުގައި ސޮއި ވެސް ކޮށްފަ އެވެ.

ރާއްޖޭގެ ކްލަބުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެފްއޭއެމުން ގެންގުޅޭ ސިޔާސަތުގެ ދަށުން އަތޮޅު ތެރެއިން މާލެ އަންނަ ކްލަބުތަކަށް ވެސް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ނިންމާފަ އެވެ.

އެގޮތުން މިނިވަން ޗެމްޕިއަންޝިޕް ނިންމައި އަތޮޅު މުބާރާން ޗެމްޕިއަންކަން ހޯދުމަށްފަހު ޕްރެމިއަރ ލީގަށް ކޮލިފައިވާ ހަތަރު ޓީމުގެ ކޮންމެ ޓީމަކަށް 1.5 މިލިއަން ރުފިޔާ ދިނުމަށް ވެސް ނިންމާފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް