ކ. މާލެ
|
5 އޭޕްރިލް 2017 | ބުދަ 22:56
ޑާކާ އަބަހާނީ ކޮޅަށް ލަނޑުޖެހުމަށްފަހު މޯހަން ބަގާންގެ ކުޅުންތެރިން އުފާފާޅު ކުރަނީ
ޑާކާ އަބަހާނީ ކޮޅަށް ލަނޑުޖެހުމަށްފަހު މޯހަން ބަގާންގެ ކުޅުންތެރިން އުފާފާޅު ކުރަނީ
ގޫގުލް
އޭއެފްސީ
ޑާކާ އަބަހާނީ ބަލިކޮށް މޯހަން ބަގާން ގްރޫޕުގެ ދެވަނައަށް
ގްރޫޕް އީގެ އެއްވަނައިގައި އޮތޯ ބެންގަލޫރު އެފްސީ

އޭއެފްސީ ކަޕުގެ ގްރޫޕް އީގައި ބަންގްލަދޭޝްގެ ޑާކާ އަބަހާނީ ލަނޑެއް ޖަހާފައި ވަނިކޮށް ފަހަތުން އަރައި 3-1 ލަނޑުން މެޗު ކާމިޔާބުކޮށް ގްރޫޕްގެ ދެ ވަނަ މަގާމް އިންޑިއާގެ މޯހަން ބަގާން ކުރިއަށް ޖެހިލައިފި އެވެ.

މި ގްރޫޕަކީ ރާއްޖޭގެ މާޒިޔާ ވެސް ހިމެނޭ ގްރޫޕެވެ. މާޒިޔާ ވަނީ އިންޑިއާގެ ބެންގަލޫރު އެފްސީއާ ވާދަކޮށް ފަހު ވަގުތު ބެންގަލޫރުން ކާމިޔާބުކުރި ލަނޑާއެކު 0-1 އިން ބަލިވެފަ އެވެ. 

ޑާކާ އަބަހާނީ އާއި މޯހަން ބަގާން ބައްދަލުކުރި މެޗުގައި ދެޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައީ މޮޅު ކުޅުމެކެވެ. އެގޮތުން މެޗުގައި ފެނިގެންދިޔަ ފުރަތަމަ ލަނޑު 21 ވަނަ މިނެޓުގައި ކާމިޔާބުކުރީ ޑާކާ އަބަހާނީ އިންނެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބިދޭސީ ކުޅުންތެރިޔާ ޖޮނަތަން ބުރައުން އެވެ. އެހެން ނަމަވެސް މެޗުގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން މޯހަން ބަގާންގެ ޖޭޖޭ ލާލް ޕެކްލުއާ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. 

މި ނަތީޖާގައި އޮވެ ފުރަތަމަ ހާފު ނިމުނު އިރު ދެވަނަ ހާފު ފެށިގެން 48 ވަނަ މިނެޓުގައި ބަލްވަންތު ސިންހު ވަނީ އިތުރު ލަނޑެއްޖަހައި މޯހަން ބަގާން އަށް މެޗުގެ ލީޑު ނަގާދީފަ އެވެ.

މި މެޗުގައި އެޓީމުން ކާމިޔާބުކުރި ތިންވަނަ ލަނޑު މެޗުގެ ފަހު ވަގުތުކޮޅުގެ ތެރޭގައި ކާމިޔާބު ކޮށްދިނީ ސޯނީ ނޯޑޭ އެވެ.

ގްރޫޕް އީގައި ކޮންމެ ޓީމެއް ވެސް ޖުމްލަ ދެ މެޗު ކުޅެފައިވާ އިރު، ގްރޫޕްގެ އެއްވަނައިގައި އޮތީ ބެންގަލޫރު އެފްސީ އެވެ. އެ ޓީމު ވަނީ ދެ މެޗުން ހަ ޕޮއިންޓް ހޯދާފަ އެވެ. ގްރޫޕްގެ ދެ ވަނަ މަގާމްގައި އޮތީ މޯހަން ބަގާން އެވެ. އެޓީމަށް ދެ މެޗުން ތިން ޕޮއިންޓް ލިބިފައި ވާއިރު މާޒިޔާއަށް ވެސް ވަނީ ދެ މެޗުން ލިބިފައި ވަނީ ތިން ޕޮއިންޓެވެ. އެހެން ނަމަވެސް މޯހަން ބަގާން އަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ.  

މިގްރޫޕްގެ ފުލުގައި އޮތް އަބަހާނީ އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް