ކ. މާލެ
|
18 މެއި 2020 | ހޯމަ 18:58
އެވަޓަންގެ ސަޕޯޓަރުން: ޓިކެޓް ގަނެފައިވާ ސަޕޯޓަރުންނަށް ރިފަންޑް ދޭން ވަނީ ނިންމާފައި
އެވަޓަންގެ ސަޕޯޓަރުން: ޓިކެޓް ގަނެފައިވާ ސަޕޯޓަރުންނަށް ރިފަންޑް ދޭން ވަނީ ނިންމާފައި
ގެޓީ އިމޭޖަސް
އެވަޓަންގެ ސަޕޯޓަރުންނަށް ރިފަންޑް ދިނުން
އެވަޓަންގެ ސަޕޯޓަރުންނަށް ރިފަންޑް ދެނީ
ޕްރިމިއާ ލީގު އަލުން ފަށައިގެން މެޗުތައް ކުރިއަށް ގެންދާނީ ސަޕޯޓަރުން ނުވައްދައި
މީގެ ކުރިން މެންޗެސްޓާ ސިޓީން ވެސް ވަނީ ސަޕޯޓަރުންނަށް ރިފަންޑް ދޭނެކަން އިއުލާން ކޮށްފައި

އިނގިރޭސި ޕްރިމިއާ ލީގުގައި ވާދަކުރަމުން އަންނަ އެވަޓަންގެ ސަޕޯޓަރުންނަށް ރިފަންޑް ދޭން އެ ކްލަބުން ނިންމައިފި އެވެ.

ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން އިނގިރޭސި ޕްރިމިއާ ލީގު މެދުކަނޑާލާފައިވާއިރު، ޖޫން މަހު ޕްރިމިއާ ލީގު އަލުން ފެށުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. އެކަމަކު ޕްރިމިއާ ލީގުގެމެޗުތައް އަލުން ފަށާނީ ދަނޑަށް ސަޕޯޓަރުން ނުވައްދައި މެޗުތައް ކުޅޭ ގޮތަށެވެ.

އެހެންކަމުން އެވަޓަން އިން ވަނީ ޕްރިމިއާ ލީގުގެ މެޗުތަކަށް ޓިކެޓް ގަނެފައިވާ ސަޕޯޓަރުންނަށް ރިފަންޑް ދޭން ނިންމާފަ އެވެ.

އެވަޓަން އިން ސަޕޯޓަރުންނަށް ރިފަންޑް ދޭން ނިންމިއިރު، މީގެ ކުރިން މެންޗެސްޓާ ސިޓީން ވެސް ވަނީ ސަޕޯޓަރުންނަށް ރިފަންޑް ދޭން ނިންމާފަ އެވެ.

ކޮވިޑް-19 އާ ގުޅިގެން މެދުކަނޑާލާފައިވާ ޕްރިމިއާ ލީގު ޖޫން މަހުގެ އަށްވަނަ ދުވަހު އަލުން ފަށަން މަސައްކަތް ކުރަމުން އަންނައިރު، ޖޫން މަހު އިނގިރޭސިވިލާތުގައި ކުޅިވަރު ހަރަކާތްތައް އަލުންފެށުމުގެ ހުއްދަ ސަރުކާރުން ވަނީ ދީފަ އެވެ.

މި ސީޒަނުގައި ޕްރިމިއާ ލީގުގައި ބާކީ ނުކުޅެ އޮތް 92 މެޗު ކުރިއަށްގެންދާނެ ގޮތަކާ މެދު ކްލަބުތަކާ މީގެ ކުރިން މަޝްވަރާކުރިއިރު، ރިޕޯޓުތައް ބުނާގޮތުން ޕްރިމިއާ ލީގުން މިހާރުހުށަހަޅާފައިވަނީ ތަފާތު 10 ދަނޑެއްގައި މެޗުތައް ކުޅޭށެވެ. އެ ދަނޑުތައް އިޚުތިޔާރުކުރުމުގައި ގޮތެއް ނިންމާނީ ކްލަބްތަކުންނެވެ. މި ގޮތަށް ކުރިއަށްދާއިރު އެއްވެސް ޓީމަކަށް އެ ޓީމުގެ އަމިއްލަދަނޑުގައި މެޗެއް ކުޅުމުގެ ފުރުސަތެއް ނުލިބޭނެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް